އެއްމާބަނޑު ހަތަރު ކުދިންގެ ފޮޓޯ - ފޮޓޯ: އަހުމަދު ޝުރާއު / އަވަސް
އެއްމާބަނޑު ހަތަރު ކުދިންގެ ފޮޓޯ - ފޮޓޯ: އަހުމަދު ޝުރާއު / އަވަސް

އޭޑީކޭ ހޮސްޕިޓަލަށް މިދިޔަ މަސް ތެރޭގައި ވިހެއި އެއްމާބަނޑު ހަތަރު ކުދިންގެ ފޮޓޯއެއް އެ ކުދިންގެ އާއިލާއިން އާންމުކުރުމުން ގިނަ ބަޔެއްގެ ލޯބި ލިބިއްޖެއެވެ.

"މޯލްޑިވްސް ކުއަޑްރޫޕްލެޓްސް" ގެ ނަމުގައި ހިންގަމުންދާ ފޭސްބުކް ޕޭޖެއްގައި އާންމުކުރި މި ފޮޓޯގައި ފެނިގެންދަނީ އެއްމާބަނޑު ހަތަރު ކުދިން ހުދު ކުލައިގެ ހެދުމުގައި އެއްކޮށް އޮއްވައެވެ. މިފޮޓޯގައި އެކުދިންގެ ލޯބި ކަމުގެ ވާހަކަ ގިނަ ފަރާތްތަކުން ދައްކަމުން ދާއިރު ބައެއް ފަރާތްތަކުން އެކަން ފާޅު ކުރަނީ "މާޝާﷲ" ފޮޓޯއަށް ކޮމެންޓު ކުރަމުންނެވެ.

ސިޒޭރިއަން ހަދައިގެން ނެގި ތިން އަންހެން ކުދިންނާއި ފިރިހެން ކުއްޖަކު ލިބުނީ ފާތުމަތު ސުމީތާ އަށާއި އަހުމަދު އަޝްފާގު އަށެވެ. މިއީ، އެ ދެމަފިރިންގެ އަލަތު ދަރިންނެވެ. މިއީ ދިވެހި އާއިލާއަކަށް ހަތަރުކުދިން ލިބުނު ފުރަތަމަ ފަހަރު ކަން ފާހަގަ ކޮށްލެވެއެވެ.

އެއްމާބަނޑު ހަތަރު ކުދިންނައް ދީފައިވާ ނަންތައްވެސް ހަމަ އެހާމެ ރީއްޗެވެ. އެކުދިންނަށް ދީފައިވާ ނަންތަކަކީ އަޒީން ބިން އަޝްފާގް، އުނައިޒާ ބިންތް އަޝްފާގް، އުމެއިރާ ބިންތް އަޝްފާގް އަދި އުމެއިމާ ބިންތް އަޝްފާގް އެވެ.

ADS BY SHEESHA

އެއްމާބަނޑު ދެކުދިންނަށްވުރެ ގިނައިން ކުދިން ލިބުމަކީ ރާއްޖޭގައި ވަރަށް އާދައާއި ހިލާފު އަދި މަދުން ހިނގާ ކަމެކެވެ. އެހެން ކަމުން މި ކުދިިން ވިހެއުމުން ވަރަށް ގިނަ ދިވެހިންގެ ސަމާލުކަމާއި ލޯބި މި ކުދިންނައް ވަނީ ލިބިފައެވެ.

16 ކޮމެންޓް

 1. މާޝާﷲ?

 2. މީޑިއާއަށް ތިމާގެ ދަރިންގެ ފޮޓޯ ލުން އެހާ ރަނގަޅެއްނޫން
  ﷲ ތިއާއިލާއަށް ތަނަވަސްކަން އިތުކޮށްދެވާ މީހުންގެ އެސްފީނާއިން ސަލާމަތް ކުރައްވާށި
  އާމިން

 3. މާޝާ ﷲ

 4. މަރިޔަމް ބިންތި

  ނަންތައް މާޝާﷲ އޭ ކޮބައިތަ؟

 5. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ/ގދ.ގައްދޫ

  ތިޔަކުދިންގެ ފޮޓޯ ތިޔަގޮތަށް އިސްތިހާރު ކުރުމަށްވުރެ ރަނގަޅީ އެކަން ނުކުރުމެވެ. މިކަމަށް ދަންނަބޭކަލެއްގެ މަޝަވަރާ ހޯދާށެވެ. ޢިލްމުވެރިޔަކާއި ސުވާލުކޮށްލާށެވެ.

  • އެއޮތީ ބިންތި ކިޔާފައެއްނުން ؟ ދެންރަނގަޅުވާނެ ކޮށްމެގޮތަކަށް އުޅުނަސް

 6. މާޝާަﷲ

 7. ސަޅި

 8. އަލްޙަމްދުލިﷲ

 9. ލޯބިވާ މަންމަ

  4 ކުދިންނަކީ ވެސް އަޝްފާގު ގެ ކުދިން!މަންމަ ގެ ނަމެއް ނެތް

 10. "ނަންތައްވެސް ހަމަ އެހާ މާޝާﷲ އެވެ." މި ޖުމްލަ ހީވަނީ ޖޯކެއްހެން...

 11. މީ ކޮން ބަހުރުވައަކުން ލިޔެފަވާ ޚަބަރެެއް! ".... ހަތަރު ކުދިން ހުދުކުލައިގެ ހެދުމުގައި އެއްކޮށް އޮއްވައެވެ." "... ނަންތައްވެސް ހަމަ އެހާމެ މާޝާﷲ އެވެ"
  ހަމަ ޔަގީނުންވެސް އެކުދިން "އޮތީ އެއްކޮށް" ނެއް ނޫން. ތިބީ ވަކިވަކިން. އިންޝާﷲ. ދެން އޮތީ "ނަންތައް މާޝާﷲ" މީ ކީކޭތަ މިކިޔަނީ. މާޝާﷲ ކިޔަނީ ކިހިނެެއް ވީމަކަމާއި އެބުނަނީ ކީކޭކަން ނޭނގެންޏާ ބަހުގެ ހަމަތަކާ ޚިލާފަށް މިފަދަ ގޮތްގޮތަށް ބޭނުން ނުކުރުން މާރަނގަޅެއްނު

 12. މިދެން ހަބަރެއްތަ އަޅެ؟؟

 13. މާޝަﷲ ވ ލޯބި 4 ބޭބީވެސް. ކުދިންގެ މައިންބަފައިންނަށް ބުނެލަން. ދަރިން ލިބުމުން މަޙްރޫމްވެފައުވާ ކިތައްމެ ބަޔަކު އުޅޭ. އެމީހުނަށް ތުއްތު ކުދިންގެ ފޮޓޯތަކުން ވ އަސްރުކުރާނެ. މި މައުސޫމް ކުދިން ގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮއްނުލައްވާ. ދަރިން ނުލިބޭ މީހުނަށް އެކަން ބޮޑަށް އިހްސާސްވާނީ. ދެމަފިރިން 4 ކުދިން ބެލެހެއްޓުމުގައި ތިޔަ ދައްކާ ހީވާގި ކަމަށް ސާބަސް....

 14. އުމެއިރާ ނުކިޔަ ޖުމެއިރާ ކީނަމަ!! ހަހަހަ