އެލެން ޑިޖެނެރަސް އޭނާގެ ނަން ކިޔައިގެން ކުރިއަށް ގެންދާ ޓީވީ ޝޯވ "އެލެން" ހުއްޓާލަން ނިންމައިފިއެވެ.

އެލެން ބުނީ އޭނާގެ ނަމަށް ނިސްބަތްކޮށް ކުރިއަށް ގެންދާ ޝޯވ 19 ވަނަ ސީޒަނަށް ފަހު އެއްކޮށް ހުއްޓާލާނެ ކަމަށެވެ. މިހާރު ދައްކަމުން ގެންދަނީ އެޝޯގެ 18 ވަނަ ސީޒަރެވެ.

2003 ވަނަ އަހަރު ދައްކަން ފެށި ޝޯވ، އެލެން ހުއްޓާލަން އުޅޭ ވާހަކަ ދެކެވޭތާ މިހާރު ދެތިން އަހަރު ވެއްޖެއެވެ. މިޝޯވ ހުއްޓާލަން މިނިންމީ ޝޯވ ގެނެސްދިނުމުގެ މަސައްކަތް ކުރާ އެތައް މުވައްޒަފުންނަކަށް ވަޒީފާގެ މާހައުލުގައި ގަނާ ކުރުމާއި، ފުރައްސާރަ ކުރުމުގެ އެތައް އަމަލެއް ހިންގަމުން ގެންދާކަން ބޭޒާރުވިތާ އަހަރެއްހާ ދުވަސް ފަހުންނެވެ.

އެލެން ޝޯގައި ކުރިން މަސައްކަތް ކުރި އެތައް ބަޔަކު ވަނީ މިދިޔަ އަހަރު އާއްމުންގެ ތެރެއަށް ނިކުމެ އެމީހުންނަށް ކުރިމަތިވި ކަންތައްތައް ކިޔައިދީފައެވެ. އެއާއިއެކު ބޮޑެތި ފާޑުކިޔުންތަކެއް އެލެންއަށް ވެސް އަމާޒުވިއެވެ. އެލެން ވަނީ އެފަދަ ކަންކަން ހިނގާފައިވާކަމަށް އެއްބަސްވެ، އެކަންކަމަށް ފިޔަވަޅު އަޅަން ވައުދުވެފައެވެ.

މިދިޔަ އަހަރު ހިނގި ކަންތައްތަކަށް ފަހު އެލެންގެ ޝޯ ބެލުން މިލިއަނެއްހާ މީހުން ހުއްޓާލި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެލެން ބުނީ އޭނާގެ ޝޯވ ހުއްޓާލަނީ މިދިޔަ އަހަރު އޭނާ އަށް ކުރިމަތިވި ފާޑުކިޔުންތަކުގެ ސަބަބުން ނޫން ކަމަށާއި ޝޯވ ހުއްޓާލަނީ އޭނާ އަކީ އަބަދުވެސް ޗެލެންޖްތަކާއި ކުރިމަތިލާ ހިތްވާ މީހަކަށް ވާތީ ކަމަށެވެ. މިހާރު އެލެން ޝޯ ގެނެސްދިނުން ޗެލެންޖަކަށް ނުވާކަމަށް އެލެން ބުނެއެވެ.

އެލެންގެ ޝޯގައި ވަނީ އެމެރިކާގެ ކުރީގެ ރައީސް ބުޝް، އޮބާމާ، ޓްރަމްޕް ފަދަ ބޭފުޅުން ބައިވެރިވެފައެވެ. އަދި މިޝޭލް އޮބާމާ އާއި ހިލަރީ ކްލިންޓަންގެ އިތުރުން އެމެރިކާއާއި ދުނިޔޭގެ ނަން މަޝްހޫރު އެތައް ތަރިންނެއް އެޝޯގައި ބައިވެރިވެފައިވެއެވެ. ނަމަވެސް އެންމެ ފާހަގަކޮށްލެވޭ ކަމަކީ ވަރަށް ހާލުގައި އުޅޭ މީހުންނަށް ޝޯއިން ބޮޑެތި ފައިސާގެ އިނާމުތަކާއި، އެހެނިހެން ތަކެތި ހަދިޔާ ކުރާތީ އެކަމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހިތާމަ

    އެލެން ކައިރީ އަހާލަންބޭނުން އިންނާނެ ފިރިހެނަކު ނުވީތޯ. އޭނައަށް ސަޕޯޓު ކުރުން ހުއްޓާލީ އެ ސަބަބާހުރެ. ރަނގަޅު މަގު ދައްކަވާ ފާ ދޭވެ. އާމީން..

    9
    7
    • އިންސާނީ ނަސްލު

      އޭނަ "އިނދެގެން" އުޅޭ މީހާ އާއިވެސް މައްސަލަޖެހި ވަކިވެފައި ވަނީ.

      1
      4
  2. އެމަންޖެ

    އުފާވެރިކަންހުރި މިހާރު ތިކަން ކުރަން މާލަސްވެސް ވެއްޖެ.

    9
    5
  3. ކޮރަލް

    އޭނަ އިންނާނެ އަންހެނަކު ހޯދައިފި އެވެ.