މަޝްހޫރު ފަންނާނުންނާއި، ހައި ޕްރޮފައިލް މީހުން އަންނަނީ ސޯޝަލް މީޑިއާގައި ފަލަސްތީނުގެ ދިފާއުގައި އަޑު އުފުލަމުންނެވެ. އެގޮތުން މަޝްހޫރު މޮޑެލް، ބެލާ ހަދީދް އާއި އިނގިރޭސި ލަވަކިޔުންތެރިޔާ ޑުއާ ލިޕާ އަދި ޖީޖީ ހަދީދް ހިމެނެއެވެ. މީގެ އިތުރުން ވެސް މަޝްހޫރު ގިނަ ފަންނާނުން ތަކެއް ފަލަސްތީނާއި އެކުގައި ތިބިކަން ވަނީ ހާމަކޮށްފައެވެ.

މި ފަންނާނުން ވަނީ އިސްރާއިލުން ގަދަކަމުން ފަލަސްތީނުގެ އާއިލާތައް ގެދޮރުން ނެރެ، އެމީހުންގެ ގެދޮރުތައް ފޭރިގަނެ ހަމަލާތައް ދެމުން އަންނަ މި ދަނޑިވަޅުގައި ފަލަސްތީނާއި ޣައްޒާގެ ދިފާއުގައި ވާހަކަ ދައްކާ އަޑު އުފުލަމުންނެވެ.

ޖީޖީ ހަދީދް އާއި ބެލާ ހަދީދް ވަނީ އިންސްޓަގްރާމުގައި ވަރުގަދަ ބަސްތަކަކުން ފަލަސްތީނާއި އެކުގައި ތިބިކަމަށް ބުނެފައެވެ. ބެލާ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ފަލަސްތީނުގެ އަޒުމު ގުޑުވައި ނުލެވޭނެ ކަމަށެވެ. ކާބަފައިންގެ ދަތި އިހުސާސްވާ ކަމަށާއި، ފަލަސްތީނާއި ޣައްޒާގައި ތިބި އަހުންނާއި އުހްތުންނަށްޓަކައި ކަރުނައަޅަައި ރޮވޭ ކަމަށް ބެލާ ބުނެފައިވެއެވެ. އަދި އެމީހުންގެ އަމާންކަން ގެއްލުވާލައި، ދެމުންގެންދާ ބިރުވެރި ހަމަލާތަކުގެ ސަބަބުން ދެރަވާ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

ޑުއާ ލިޕާ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އަނިޔާއާއި ދެކޮޅަށް ހުރިހާ ގައުމަކުން ތެދުވުމަށް ގޮވާލައިފައެވެ.

މީގެ އިތުރުން ވެސް މޮޑެލިންގްގެ ދާއިރާއިންނާއި، މިއުޒިކްގެ ދާއިރާއިން ކުރިއަރައި މީހުންގެ ލޯބި ހޯދާފައިވާ އެތައް ފަންނާނުންނެއް އަންނަނީ އިސްރާއިލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް، އެކަން ހުއްޓުވުމަށް މަސައްކަތް ކުރުމަށް މުޅި ދުނިޔެއަށް ގޮވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލޮލް

    ދަންނަ އެކަކުވެސް ނެތް

    5
    11
  2. މަރީނާތު

    ބެެެއްލާ ހަދީދް އަދި ޖީޖީ ހަދީދްގެ ބައްޕައަކީ ފަލަސްތީން މީހެއް. ދުޢާ ލިޕާ އަކީ މުސްލިމް އާއިލާއެއްގެ މީހެއް އަދި ރައްޓެހިވެގެން އުޅެނީ ބެއްލާ އަދި ޖީޖީގެ ކޮއްކޮ އަންވަރު ހަދީދްއާ. މިކަމާ ގުޅުމެއް ނެތިވެސް ފަލަސްތީނާއެކުވާ ސެލެބްރިޓީންގެ ނަން ގެނެސްދީ

    16
    1
  3. ފަޒީލް

    މިކަމުގައި އަޑުއުފުލައި ވާހަކަ ދައްކަން ޖެހެނީ ފަންނާނުންނެއްނޫން.. މުސްލިނު ރައްޔިތުން ދިރިއުޅޭ ގައުމުތަކާއި އެގައުމުތަކުގެ ވެރީންނާއި އަސްކަރީ ކޮމާންޑަރުން. އެތިބަ ސައުދީ އާއީ ގަތަރާއި ޔޫއޭއީއާއި އެމީހުންގެ އަސްކަރިއްޔާތަކުން ކުރަނީ ކޮންކަމެއް. ޝަހީދުކޮއް ނެތި އެކޮއްލަނީ ކިތައް ކިތައް ލޮބުވެތި މުސްލިމް އާއިލާ. މިތާ އުޅޭ ވެރިމީހާވެސް އެއްޗެއް ބުނެލާފަ އެއޮންނަނީ އޮސްޓުރިޗެއްހެން ބޯވަތައްލައިގެން ފިލާފަ. އަމިއްލަ ލޯކުރިމަތީ އަމިއްލަ އަނބިދަރީން މަރާލާތަން ބަލަނަ ކެލޭމެންގެ ތެރެއިން ކިތައް މީހުންނައް ކެތްކުރެވޭނެ.؟ އެއީ ގާޒާގެ އަހަރެމެންގެ އަަޚުންނާއި އުޚުތުން ތަހައްމަލް ކުރަމުންދާ ބިރުވެރިކަން. ހިތައް އެއްޗެއް އަރާތަ. ..؟

    20
  4. އިރޭ

    ތިޔަ ތިން މީހުންނަކީވެސް މުސްލިމް އާއިލާ ތަކުގެ މީހުން. ޑުއަލިޕާ އަކީ ކޮސޯވޯ މީހެއް. އަދި ހާއްސަކޮށް ބެލާ އާ ޖީޖީ އަކީ ފަލަސްތީނު މީހުން.