ބޮލީވުޑުގެ ކިންގް ޚާނަކީ އޭނާގެ އެކްޓު ކުރުމުގެ ހުނަރެކޭ އެއްފަދައިން އެހެން މީހުންނަށް އިހުތިރާމު ކުރުމުގައި ވެސް ފާހަގަ ކޮށްލެވޭ ފަންނާނެކެވެ. ވަކީން ހާއްސަކޮށް އަންހެނުންނަށް އިހުތިރާމު ކުރުމަކީ ޝާހުރުކް ޚާނުގެ ރީތި ސިފައެކެވެ.

އަންހެނުންނަށް އިހުތިރާމު ކުރުމުގެ ގޮތުން އަމިއްލަ ގޭގައި އުޅޭއިރު އަންހެނުންނަށް ނުކުރެވޭ ކަންތައް ފިރިހެނުން ނުކުރުމަށް ވެސް ޝާހުރުކް ޚާން ބާރުއަޅައެވެ.

މިގޮތުން ޝާހުރުކް ޚާންގެ ފިރިހެން ދަރިިފުޅު އާރްޔާން ޚާން ގޭގައި އުޅޭ އިރު ޓީޝާޓު ނުލައި އުޅުމަކީ މަނާ ކަމެކެވެ. ޝާހު ބުނާގޮތުގައި މަންމައާއި އަންހެން ދައްތަ އަދި ކޮއްކޮއާއި އަދި އަންހެން ރަހުމަތްތެރިން ޓީޝާޓު ނުލައި އުޅުމުން ފިރިހެންވެރިންނަށް ގަބޫލު ނުކުރެވޭ ކަމަކަށް ވާއިރު ފިރިހެންވެރިން ޓީޝާޓު ނުލައި އުޅުމުން މަންމަމެންނާއި ދައްތަ އަދި ކޮއްކޮމެންނަށް އެކަން ގަބޫލު ކުރެވޭނީ ކިހިނެއްތޯއެވެ.

2017 ވަނަ އަހަރު ޝާހުރުކް ޚާން ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އޭނާގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔާން ގޭގައި ޓީޝާޓު ނުލައި އުޅުން މަނާކޮށްފައިވާނެ ކަމަށެވެ. މަންމަ ގައުރީއާއި ކޮއްކޮ ސުހާނާ އަދި ގެއަށް އަންނަ އަންހެން ރަހުމަތްތެރިންގެ ކުރިމަތީގައި ޓީޝާޓު ލައިގެން އުޅުމަށް އަބަދުވެސް ބުނެދޭ ކަމަށެވެ.

އަންހެން ކުއްޖެއްގެ ސަމާލުކަން ހޯދުމަށް ކުރެވިދާނެ ކަމަކީ ކޮބައިތޯ، މި އަހަރުގެ މާރޗު މަހު ޝާހުރުކް ޚާނާއި ކުރެވުނު ސުވާލެއްގެ ޖަވާބުގައި އޭނާ ބުނެފައިވަނީ އެއީ އަންހެނުންނަށް އިހުތިރާމު ކުރުން ކަމަށެވެ.

ފިލުމީ މަސައްކަތަށް ބަލާއިރު ޝާހުރުކް ޚާން މިހާރު ދަނީ ދީޕިކާ ޕާޑުކޯންއާއި ޖޯން އަބްރަހަމްއާއި އެކު ފިލުމު ޕަތަން ގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މައިލާ

    ދެން ވަޓް ޝުޑް އައި ޑޫ؟؟

    11
    1
  2. ާއަޖާއިބުވެއްޖެ

    މަންމަ ގައުރީއާއި ކޮއްކޮ ސުހާނާ އަދި ގެއަށް އަންނަ އަންހެން ރަހުމަތްތެރިންގެ ކުރިމަތީގައި ޓީޝާޓު ނުލައި އުޅުމަށް އަބަދުވެސް ބުނެދޭ ކަމަށެވެ

    17
  3. Anonymous

    ބްރޯ ސްޓުޕިޑެސްޓް ރީޒަން އެވަރ ލޮލް

  4. ޅޮލް

    މަންމަ ގައުރީއާއި ކޮއްކޮ ސުހާނާ އަދި ގެއަށް އަންނަ އަންހެން ރަހުމަތްތެރިންގެ ކުރިމަތީގައި ޓީޝާޓު ނުލައި އުޅުމަށް އަބަދުވެސް ބުނެދޭ ކަމަށެވެ.