ދިވެހި ފިލްމީ ދާއިރާއިން މީހުންގެ މަގްބޫލުކަން ހޯދާފައިވާ މަރިޔަމް އައްޒައާއި އިސްމާއިލް ޖުމައިހުގެ ދަރިފުޅު އީތަންއާއި އައްޒަ ބައިސްކޯފުން ގެނެސްދޭ ޑްރާފްޓް ޖރ ޕްރޮގްރާމުގައި ބައިވެރިވެ، އެތައް ވާހަކައެެއް ހިއްސާކުރިއެވެ.

އެ ޕްރޮގްރާމްގައި އީތަން އައްޒަ ދެކެ ލޯބިވާވަރު ބަޔާން ކޮށްދިނުމަށް ބުނެފައިވަނީ 'މިލިއަން ޕަސެންޓު' ކަމަށެވެ. އެހެން ބުނުމަށް ފަހު އީތަން ވަނީ އަނެއްކާ ވެސް އަދަދު އިތުރުކޮށް 'ފަސް މިލިއަން' ޕަސެންޓަށް ބަދަލު ކޮށްފައެވެ. މިއީ އީތަން މަންމަ ދެކެ ލޯބިވާ މިންވަރު ބަޔާން ކޮށްދިން ގޮތެވެ.

އީތަން އާއި އައްޒަ

އައްޒަ ބުނީ އީތަން ބޮޑަށް ވައްތަރުވާނީ އީތަންގެ ބައްޕައާއި ކަމުގައި ވިޔަސް، އުޅުން ހުންނާނީ އައްޒަގެ އުޅުން ކަމަށެވެ. އީތަން އަކީ ބަސްއަހާ ކިޔަމަންތެރި، އެހެން މީހުންނާއި މެދު ވިސްނާ އޯގާތެރި ކުށްޖެއް ކަމަށް އައްޒަ ބުނެއެވެ. އަދި އެއީ އޭނާ ވަރަށް އުފާވާ ކަމެއް ކަމަށް ބުނެއެވެ.

އައްޒަ ބުނެފައިވަނީ އީތަން ކުރާ ބައެއް ކަންކަމުގެ ސަބަބުން ވަރަށް އުފާވެ، ވަރަށް ހާއްސަ މީހެއްގެ އިހުސާސް ވާ ކަމަށެވެ. އެގޮތުން އައްޒަ ބުނީ މަސައްކަތް ނިންމާލުމަށް ފަހު ގެއަށް އަންނަ އިރު އީތަންގެ ފަރާތުން މަންމަ ދެކެ ވަރަށް ލޯބިވާކަމަށް ބުނެ ސިޓީ ލިބެމުން ދާ ކަމަށެވެ. ގޭތެރޭ ކަންކަމުގައި ވެސް އީތަން އެހީވާ ކަމަށް ބުނެއެވެ.

އީތަން ބުނީ އައްޒައަކީ މަޝްހޫރު މީހަކަށް ވާތީ އެކަމާ އުފާވާ ކަމަށެވެ. މަންމަ އާއި ދަރިފުޅު އެކުގައި ހޭދަކޮށްފައި ހުރި ވަގުތުތަކަށް ބަލައި، ޑްރާފްޓް ޕްރޮގްރާމުގެ ތެރެއިން އީތަން ބުނެފައިވަނީ އައްޒަ އީތަންގެ ގާތުގައި ނުހުންނަ އިރު އެންމެ ހަނދާން ވަނީ ދެމީހުން އެކުގައި މަޖާ ކުރާ ހަނދާނާއި، ޖޯކު ކިޔައި ހަނދާން ކަމަށެވެ.

"އީތަން ދެކެ މަންމަ ލޯބިވާ ވަރަށް ވުރެ މާ ބޮޑަށް އީތަން މަންމަ ދެކެ ލޯބިވޭ" މިއީ އީތަން ނިދަން ދިއުމުގެ ކުރިން ކޮންމެ ރެޔަކު ވެސް އައްޒަ ކައިރި ބުނާ ޖުމްލައެއް ކަމަށް އައްޒަ ބުނެފައި ވެއެވެ.

އައްޒަ ބުނީ އީތަން އަކީ އައްޒަގެ މުޅި ދުނިޔެ ކަމަށާއި، އީތަން ދެކެ ވަރަށް ލޯބިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަންނި

    އައްޒާ އަހަރެން އައްޒަދެކެ ލޯބިވާވަރު ރާއްޖެއާ ޖަރުމަނާ ދޭތެރޭ މިހުރީ.

    44
    11
  2. ބީތާ

    މިދެންކާކުތަ....ކޮންމެ މީހަކުވެސް އެމީހެއްގެ ދަރިންދެކެ ލޯބިވާނެ...ދެން ކޮންމެހެން މުޅި ހަތަރު އަވަށުގަ ގޮވަމުން ނުހިންގިޔަކަސް...

    72
  3. ބަކުރުބެ

    ދަރި އެއްލާލާފަ ބެންކޮކައް ކިތައް ފަހަރުތަ ދިޔައީ

    61
    5
  4. Anonymous

    ދަރިން ދެކެ ލޯބިވުމަކީ އެދަރިން ދުނިޔެއާއި އާޚިރަތުގައިވެސް ކާމިޔާބު މީހުންނަށް ހެދުން.
    ނަރަކައިގެ އަލިފާނުން އަނބިދަރިންނާއި ޢާއިލާ ސަލާމަތް ކުރަން އަންގަވާފައިވޭ. އީތަންގެ ހިތަށް ނާރާނެ ބާ މާމަ ބުރުގާ އަޅާފައި ހުންނަނީ ކީއްވެބާ އޭ. މަންމަމެން ބުރުގާ ނާޅާ ނިވާނުވާ ހެދުން ލައިގެން ދެފައިގެ ދޮންކަން ދައްކައިގެން މިއުޅެނީ ކީއްވެ ބާއޭ. އީތަން މާލަދުގަނެ ދެރަވާނެ. ދީނުގައި އޮންނަގޮތަށް ހެދުން އަޅާލާ އައްޒާ. ޒީނަތްތެރި ކަމަކީ ފިރިމީހާއަށްޓަކައި ދައްކަން އޮތްކަމެއް. އިސްލާމް ދީނުގައި އަންހެނާ ގެ ޙައްޤުތައްވަނީ ވަރަށް ބޮޑަށް ރައްކާތެރި ކުރައްވާފައި. ވަގުތު ފާއިތު ނުވަނީސް އިސްލާޙް ވޭ އައްޒާ.

    54
    2
  5. Anonymous

    އައްޒައަކީ ވ. ރީތި ކުއްޖެއް.
    އެކަމަކު އުނގޫޅާފައި ހުންނަ ދަވާދުގެ ސަބަބުން މީހާ ބަލާލަން ލޮލަށް އުނދަގޫ.
    ވ. ހިތްހެޔޮ އެކަމަކު ދީނުގެ ވާގޮތަށް ހެދުން އަޅާލާ އުޅުން އިސްލާޙް ކޮށްލާ މުސްލިމު ކަނބަލުން ގޮތަށް އުޅެމާ.

    60
    4
  6. މުޙައްމަދު ނަޝީދު

    އަންނި ކަލޭ މިތާގަ ވެސް ދޯ