މީހަކު ހުންނަ ސިފައަކަށް މަލާމާތްކޮށް ފުރައްސާރަ ކުރުމަކީ ކިތަންމެ ގޯސްކަމެއް ނަމަވެސް އެއީ ވަރަށް ގިނަ މީހުންގެ ކިބައިގައި ހުރި ނުރަނގަޅު ސިފައެކެވެ.
ޔޫޓިއުބްގައި މަޝްހޫރު ޗެނަލެއް ކަމަށްވާ "ޖަސްޓް އީޓް ލައިފް" ހިންގާ ދެމީހުން ކަމަށްވާ ޖެން ހެނޮމޮރާޓް އާއި އޭނާގެ ލޯބިވެރިޔާ ލިއޯ ސަމަނަމުޑް އެންގޭޖްވެ ލިއޯ، ޖެންގެ އަތުގައި އެޅުވި އަނގޮޓީގެ ފޮޓޯއެއް އިންސްޓަގްރާމްގައި އާންމު ކުރުމާއި އެކު ދެމީހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ގިނަ މީހުން ފާޑުކިޔާ ތަފާތު ކޮމެންޓްތައް ކުރަމުން ގެންދަނީ ޖެންގެ އަތުގައި އަޅާފައިވާ އަނގޮޓި މާކުޑަކަމަށް ބުނެއެވެ.
ކޮމެންޓް ކުރި އެކަކު ބުނެފައި ވަނީ މިއީ އޭނާ އަށް ހަޔާތުގައި ވެސް ފެނުނު އެންމެ ކުޑަ އަނގޮޓި ކަމަށެވެ. އެހެން މީހަކު ބުނެފައި ވަނީ "އޯވ ވަރަށް ރީތި. ކޮބާތަ އަނގޮޓި؟"
ގިނަ އަދަދެއްގެ ނެގެޓިވް ކޮމެންޓްތައް ލިބިފައި ވީނަމަވެސް ޖެންގެ ދިފާޢުގައި ވެސް ބައެއް މީހުން ވަނީ ވާހަކަދައްކާފައެވެ.
ޖެންގެ ދިފާޢުގައި ކޮމެންޓް ކުރި މީހަކު ބުނީ ބައެއް މީހުން އުޅެނީ ޖެން ދެކެ ހަސަދަވެރިވެގެން ކަމަށެވެ. އެހެން މީހަކަށް އުފަލެއް ލިބުމަކީ ބައެއް މީހުންނަށް ހަޖަމް ކުރަން ދަތިވާ ކަމެއް ކަމަށް އޭނާ ބުންޏެވެ.
ކުރިމަތިވެފައިވާ ފާޑުކިޔުންތަކާއި ގުޅިގެން ޖެން ވެސް އަދި ލިއޯ ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ޖެން އާއި ލިއޯ އެންގޭޖްވި ނަމަވެސް އެދެމީހުން ކައިވެނި ކުރާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ.
މިއީ ރާއްޖޭގެވެސް ހާލަތު...