ސެންޓަކީ ދިވެހިންގެ ހިތްތަކުގައި ބޮޑު ޖާގައެއް ދެވިފައި އޮންނަ އެއްޗެކެވެ. މީރުވަސްދުވާ ސެންޓެއް ހޯދުމަށް ގިނަ މީހުން އަބަދުވެސް ބޭނުންވެއެވެ.

ދުނިޔޭގެ އެކި ގައުމު ތަކުގައި އުފައްދަމުންދާ މަޝްހޫރު އެކި ވައްތަރުގެ ސެންޓް ދިވެހި ރާއްޖޭއިން ވެސް ލިބެން ހުރެއެވެ. އަހަރެމެންގެ ތެރޭގައި ގިނަ މީހުންނަކީ އަބަދުވެސް އާވައްތަރެއްގެ ސެންޓަކަށް ބަލަބަލާ ތިބޭ މީހުންނެވެ. އާންމުކޮށް ވަޒީފާގައި އުޅެމުންދާ ޒުވާނުންގެ ކޮޓަރި ފަޅު ފިލުވައި ދެނީ އަގުބޮޑު އެކި ވަސް ތަކުގެ ސެންޓުތަކުންނެވެ.

ކޮންމެ ކަމެއްގައި ވެސް ރަނގަޅު ގޮތާއި ނުރަނގަޅު ގޮތް އޮންނަ ފަދައިން އަހަރުމެން އަގުބޮޑު ކޮށް ގަނެގެން ގެންގުޅޭ ސެންޓުގައި އެ ގެންގުޅެން ޖެހޭ ގޮތް ތަކެއް ހުރެއެވެ. ގިނަ މީހުން އެމިހުންގެ ސެންޓުތައް ބޭނުންވަނީ ފާހާނާގައި ބެހެއްޓުމަށް ނޫނީ ނިދާ ކޮޓަރީގައި ފެންނަ ގޮތަށް ބެހެއްޓުމަށެވެ. ނަމަވެސް މިއީ ސެންޓުތަށް ބަހައްޓަން ރަނގަޅު ތަންތަނެއް ނޫނެވެ.

ސްޕޭސް ސްޓޭޝަންގެ މާކެޓިން މެނޭޖަރ ވުލަޓްކާ ލޭކް ބުނެފައިވަނީ ސެންޓުތަކުގައި ހުންނަ ވަސް ގިނަ ދުވަސް ވަންދެން ހުންނާނެ އެންމެ ރަނގަޅު ގޮތަކީ ސެންޓް އައިސްއަލަމާރި ގައި ބެހެއްޓުން ކަމަށެެވެ.

އޭނާ އަދި އިތުރަށް ބުނެފައިވަނީ ގިނަފަހަރަށް އަގުބޮޑު ކޮށް ގަނެފައި ހުންނަ ސެންޓުތަށް ރީތި ވާ ލޯގަނޑު ކައިރީގައި އާއި ކޮޓަރީގެ އެކިތަންތާނގަ ބެހެއްޓުމުގެ ސަބަބުން އޭގެ ހުންނަ ވަސް ކަނޑައިގެން ދާނެ ކަމަށެވެ.

ސަބަބަކީ ސެންޓުގައި ހުންނަ ތެލުގެ ބާރު ހޫނު ވުމުގެ ސަބަބުން ކަނޑައިގެންދާ ކަމުގައިވެސް އޭނާ ބުނެފައި ވެއެވެ.

އެހެންކަމުން އަހަރެމެން އަގު ބޮޑު ކޮށް ގަނެފައި ހުންނަ ސެންޓުތަކަށް މިފަދައިން ކަންތައްކޮށް މިކަމުގެ އަޖުމަ ބަލާލުން މިއީ ވަރަށް ބުއްދިވެރި ގޮތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނޫނާ

    ޓޭހަންގ ވެސް އޭނާގެ ކޮސްމެޓިކްސް ގެންގުޅެނީ އައިސްއަލަމާރީގައި 💜

    9
    8
    • TAETAE💜

      Ikr😌

      2
      1