ފިލްމީ ދާއިރާއިން އެންމެ އުހުގައި ގުނާލެވޭ ފަންނާނުން ތަކުގެ ތެރެއިން ފާޠިމަތު އާޒިފާ (އާޒޫ) އަދި އަހުމަދް ސައީދު އަކީ ލޯބި ދެމީހުންނެވެ. މިދެތަރިން ކައިވެނި ކުރީ 2016 ވަނަ އަހަރުއެވެ. މި ދެމަފިރިން ވަނީ ބައިސްކޯފުން ގެނެސްދޭ 'ޑްރާފްޓް' ޕްރޮގްރާމުގައި ބައިވެރިވެ، ބެލުންތެރިން އަޑު އަހާހިތްވާނެ، ދެމީހުންނަށް ތާއީދު ކުރާ މީހުން އެނގެން ބޭނުންވާނެ ވާހަކަތަކެއް ހިއްސާ ކޮށްފައެވެ.

ދެމީހުން ދިމާވި ގޮތުން ފެށިގެން އެކުގައި ހޭދަވެފައި ހުރި ދުވަސްތަކުގެ ތެރެއިން ހާއްސަ ހަނދާން ތަކުގެ ވާހަކަ ދައްކާފައިވެއެވެ.

އެންމެ ފުރަތަަމަ ދިމާވި ދުވަހުން ފެށިގެން ވެސް އަޒޫއަށް ސައީދު ސިފަވެފައިވަނީ ވަރަށް ރަނގަޅު މީހެއްގެ ގޮތުގައެވެ. ދެމީހުންގެ 'ލޯބި' ސިފަ ކޮށްދެމުން ސައީދު ބުނީ ދެމީހުންގެ ގުޅުމަކީ ވަރަށް 'ސަޅި' ގުޅުމެއް ކަމަށެވެ. ހަޔާތުގެ ބައިވެރިޔާގެ އިތުރުން އެކަކު އަނެކަކަކީ އެންމެ ގާތް އެެކުވެރިޔާ ކަމުގައި ދެކި، ދިރިއުޅުމުގެ ހުރިހާ ވާހަކައެއްވެސް ހިއްސާ ކުރެވޭ ކަމަށް ބުނެއެވެ. މިއީ ވަރަށް ލޯބި ގުޅުމެއް ކަމަށް ބުނަމުން އަޒޫ މި ގުޅުން ސިފަ ކޮށްފައިވަނީ އެކަކު އަނެކަކުގެ އިހުސާސްތައް ދަންނަ ލޯތްބެއްގެ ގޮތުގައެވެ.

ސައީދު ދެކެ އަޒޫ ލޯބިވާ ވަރު ބަޔާންކޮށްދިނުމަށް ޕްރޮގްރާމުގެ ތެރެއިން އަޒޫ ވަނީ ހިންދީ ލަވައެއް ވެސް ކިޔާލަދީފައެވެ. އެ ލަވައިގެ ދިވެހި މާނައިގައި ބުނެފައިވަނީ "އަހަންނާއި އެކު ތިބާ ވާނަމަ، އަހަރެންނަށް އިތުރު އެއްވެސް ކަމެއް އުނި ނުވޭ. ލޯބިވާ ވަރު ބުނެދޭން ނޭންގުނަސް، ތިބާޔާ ނުލައި އަހަންނަށް ނޫޅެވޭނެކަން އިނގޭ" މިހެންނެވެ.

ދެމީހުންގެ އެތައް ވާހަކައެއް ހިއްސާ ކުރަމުން، ދަރިޔަކު ލިބެން އުޅޭކަން އެނގުނު ވަގުތުގެ ހަނދާންތައް ވެސް ވަނީ އާކޮށްލައިފައެވެ. އަޒޫއަށް ދަރިޔަކު ލިބެން އުޅޭކަން ސައީދު ބުނެދިނީ ސަޕްރައިޒް ކޭކަކުންނެވެ. އަޒޫ ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން، ބޭސް ދިނުމުގެ ކުރިން އާންމުކޮށް ޓެސްޓުތައް ހަދާ އުސޫލުން، ޕްރެގްނަންސީ ޓެސްޓު ކުރީ ކަމަށާއި އަޒޫއަށް ވުރެ ކުރިން ޓެސްޓުގެ ނަތީޖާ ފެނުނީ ސައީދުއަށް ކަމަށް ބުންޏެވެ. އަޒޫއަށް ބަނޑުބޮޑުކަން އެނގުނީ ސައީދު ސައިޕްރައިޒް ކޭކަކާއި އެކު އެކަން ހާމަކުރުމުންނެވެ.

މިއީ އަޒޫ ބޭނުންވި ގޮތެއް ނޫނެވެ. އަޒޫ ބުނީ އަލަތު ދަރިޔަކު ލިބޭ ނަމަ އެ ހަބަރު ސައީދުއަށް ދޭން ބޭނުންވީ ސަޕްރައިޒް އެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް، ސަޕްރައިޒް ލިބިފައިވަނީ އޭނާއަށް ކަމަށެވެ.

އެކުގައި ފަސް އަހަރެއްހައި ދުވަސް ހޭދަކުރެވިފައި ވާއިރު، ދެމަފިރިންގެ ދެމެދުގައި މައްސަލަ ޖެހުނު ކަމުގައި ވިޔަސް ގުޅުން ރޫޅޭ ހިސާބަށް މައްސަލަ ގޯސްވި ވަރުގެ ކަމަކާއި އަދި ދިމާ ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަންނި

    ވަރަށް ލޯބި ޖަރުމަނުން އާދެވުނީމަ ވާނެ އަޒޫ ކޮފީއަކައް އަރާލަން.

    38
    17
    • މުޙައްމަދު ނަޝީދު

      އަޅުގަނޑު ހިއެއް ނުކުރަން ރާއްޖޭގެ ހާލަތު މިވަރަށް ވެއްޓިދާނެ ކަމަކައް. އަޅުގަނޑާއި ދޭތެރޭ ތިޔަ ބޭފުޅާޔަށް ތި ދެކެވުނީ އަދި ގޯސް ކޮށް! ބަލިހާލު ހުރި ގޮތުން ބޯ ހަމަޖައްސާލަން ކިޔާލި ހަބަރު ގައި ވެސް މިހުރީ އިތުރަށް ބަލިހާލު ބޮޑުވާނެ ކަންކަން.

      37
      9
      • ...

        ތީ އަސްލު "މުހައްމަދު ނަޝީދު" އެއް ނޫން ދޯ

    • ކިކިކި

      މި ފޭކު "އަންނި" އަކީ މިނޫހުގަ ރީތި އަންހެނަކު އިންނަ ފޮޓޯއެއް ހުރި ލިޔުމެއް ފެންނައިރަށް އެއަންހެނަކަށް އައި ލަވް ޔޫ ނޫނީ އެޒާތު ކޮންމެވެސް ބަހެއް ލިޔެ އަބަދު ކޮމެންޓު ކުރަމުން ދާ މީހެއް ..ހީވަނީ ލޯބި ގުޅިތައް ފުރިގެން ބަންޑުންވާތީ އެވެސް ބަހަމުން ދުވާ މީހެއް ހެން..މިކަން ވ.ބޮޑަށް ފާހަނގަކުރެވޭތީ ބުނެލީ..

      23
      8
      • އަންނި

        ސޮރީ ލޯބީ

        22
        3
        • ކިކިކި

          ހާހާހާހާހާ...ހާހާހާހާ..ލާނެއް މީހެއް ހުވާ..

          17
          1
      • މުޙައްމަދު ނަޝީދު

        އަޅުގަނޑު އާންމު ހާލަތަށް ރުޖޫޢަ ވޭތޯ ދުޢާ ދަންނަވާ... 😌

        13
        4
  2. Anonymous

    ރަނގަޅު. އެ ކަމަ ކު ހުރިހާ އެންމެންވެސް ހަނދާން ބަހައްޓަންވީ ﷲ އަށް އޮންނަ ލޯބި އެވަރަށް ނާރަންޏާ އެއްޗަ ކަށް ނުވާނެ ކަން

    39
    3
  3. ލަޚީޝޮރޮކޮ

    މިކުއްޖާ މިހެން ލަވަ ލިޔާނެ އަދި ބައިވަރު މީހުން އުޅޭނެ. އަހަރުމެން ދަންނަ ވައްތަރެއްނޫން އަންހެނުން ފިރިހެނުން ފަހަތުން ފަރިހި ކިޔަމުން ދުވުމަކީ

    15
    8
    • އައިސިސް

      ކަލޭ ހަރުކަށި ފިކިރު އިސްނުކޮށް ހުރޭ

      3
      2
      • ހަރުކަށި ފިކުރާދެކޮޅޮ

        މި ޢިބާރާތުން ލިޔުންތެރިޔާ އަންގައިދޭން ބޭނުންވަނީ ކޮންކަމެއް

  4. ޑޯން

    ދެމީހުންވެސް ކަޓް ޖައްސާ..

    19
    3
  5. ޙމ

    ކޮބާތޯ ޢީރަތްތެރި ކަން

    2
    1
  6. އަކުރަމް

    ދިވެހި މެލަފިޝިއަންޓް އަޒޫއަކީ.