ލޯބިވެރިޔާއަށް އަނިޔާކުރުމުގެ މައްސަލައިގައި އިންޑިއާގެ ބޮމްބޭގެ ހައި ކޯޓުން އެގައުމުގެ ފިލްމީތަރި އަރްމާން ކޯލީ އެއް ކޮރޯޑް ރުޕީސްއިން ޖޫރިމަނާކޮށް އެ ފައިސާ ތިން ހަފްތާގެ ތެރޭގައި ދެއްކުމަށް ހުކުމްކޮށްފިއެވެ.

އެ ހުކުމްގައިވާ ގޮތުން އަރްމާން އޭނާގެ ލޯބިވެރިޔާ ނީރު ރަންދަވާއަށް ދީފައިވާ އަނިޔާތަކުގެ ބަދަލެއްގެ ގޮތުން އެއް ކޮރޯޑް ރުފީސް އެގައުމުގެ ޓާޓާ ހޮސްޕިޓަލްގައި ކެންސަރު ފަދަ ބަލިތަކަށް ފަރުވާ ހޯދަމުންދާ ކުދިންނަށް ތިން ހަފްތާގެ ތެރޭގައި ހަދިޔާ ކުރަން ޖެހެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެފައިސާ ނުދައްކައިފި ނަމަ އޭނާ އިތުރު އަދަދަކުން ޖޫރިމަނާ ކުރާނެ ކަމުގައިވެސް ކޯޓުގެ ހުކުމްގައިވެއެވެ.

އަރްމާން ކުރި އަނިޔާތަކުގެ ސަބަބުން އޭނާގެ ލޯބިވެރިޔާ ނީރުގެ ބޮލަށާއި ބުރަކަށްޓަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު ނީރު ބެލި ޑޮކްޓަރުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތަށް ބުނާ ގޮތުން ނަފްސާނީ ގޮތުންވެސް ނީރަށް ވަނީ ގެއްލުން ލިބިފައެވެ.

އަރްމާން އަކީ މީގެ ކުރިންވެސް ކުށުގެ ރެކޯޑް އޮތް ތަރިއެކެވެ. އެގޮތުން މީގެ ކުރިން އޭނާ ރައްޓެހިވި ކުއްޖަކަށްވެސް އަނިޔާ ކޮށްފައިވާ މައްސަލައެއް ފެންމަތިވެފައިވާއިރު އޭނާއަކީ ބާރާއި ނުފޫޒު ބޭނުންކޮށްގެން ބިރުދެއްކި މައްސަލައެއްގައިވެސް ހައްޔަރުކޮށް ކަފާރަތުގެ ދަށުން ދޫކޮށްލައިފައިވާ ފަންނާނެކެވެ.

އަރްމާން އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ 1990ގެ އަހަރުތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު