މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) އާއި މިއުޒީޝަން ބާޗީ ގުޅިގެން ތައްޔާރު ކުރި ކުޑަކުދިންގެ އަލްބަމް "އުދުހިލާ" ރިލީޒް ކޮށްފިއެވެ.

މި މަހުގެ 12 ވަނަ ދުވަހު ރިލީޒް ކުރި މި ނާނާ އަލްބަމަކީ ވަރަށް ހާއްސަ އަލްބަމެކެވެ. މި އަލްބަމް ހާއްސަ ވެފައިވަނީ ބާޗީ އާއި ކިޑީ އެކުގައި އަލްބަމެއްގެ މަސައްކަތް ކުރެވުނު ފުރަތަމަ ފަހަރަށް ވެފައި، އަލްބަމް ރިލީޒް ކޮށްފައިވަނީ ކިޑީގެ ދަރިފުޅުގެ އުފަންދުވަހު ކަމަށް ވާތީއެވެ.

މި އަލްބަމް ރިލީޒްކޮށްދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހްމަދެވެ.

އުދުހިލާ އަލްބަމްއަކީ އަޑު އަހާލަން ފަސޭހަ، ހަމަހިމޭން 8 ލަވައެއް ހިމެނޭގޮތަށް ތައްޔާރު ކޮށްފައިވާ އަލްބަމްއެކެވެ. އޭގެ ތެރެއިން ހަ ލަވަ އަކީ އޮރިޖިނަލް ނާނާއެވެ. ދެން ހިމެނޭނީ އިންސްޓްރޫމެންޓަލް ލަވަ އަކާއި ކަވާ ލަވަ އެކެވެ.

އުނޫޝާ އާއި ހަމީޝް، ދެމަފިރިންގެ އަލަތު ދަރިފުޅުގެ އުފަން ދުވަހު

"އުދުހިލާ އަލްބަމް އަކީ، އަޅުގަނޑު ދަރިފުޅަށް އިންތިޒާރު ކުރި އިރު، އެ އުފާވެރި ހަބަރާއި އެ އުފާވެރި އިހުސާސް ތަކާއި އެކު އަޅުގަނޑު ކިޔާލި ނާނާ ތަކެއް. އަޅުގަނޑުގެ އެދުމަކީ، މި އުފަލުގައި ހުރިހާ ބެލެނިވެރިންނާއި ކުޑަ ކުދިން ބައިވެރިވުން" ކިޑީ ބުންޏެވެ.

އަލްބަމްގައި އިންްސްޓްރޫމެންޓަލް ލަވައެއް ހިމެނިފައިވާއިރު، މިއީ ބެލެނިވެރިންނަށް ތުއްތު ކުދިން މަސަލަސްކުރަން ނުވަތަ ނިންދަވާއިރު އަމިއްލައަށް ތުއްތު ދަރިފުޅަށް ނާނާ ކިޔައިދިނުމަށް ބާރު ދެވޭ އަލްބަމް އަކަށް ވެގެން ދާނެއެވެ. އުނޫޝާގެ ފިރިމީހާ އަދި މެނޭޖަރުު އިބްރާހިމް ހަމީޝް ބުނީ މި އަލްބަމް އަކީ ވަރަށް ތަފާތު ނާނާ އަލްބަމް އަކަށް ވާނެ ކަމަށާއި، އަންނަން އޮތް ޖީލުތަކަށް މި ހިތްގައިމު ނާނާ ލަވަތައް ވާސިލްވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. ދިވެހި ބަހުން ކިޔާފައި ހުރި ނާނާތައް ވަރަށް މަދު ކަމަށް ވުމުން މި މަސައްކަތަކީ ދިވެހި ސަގާފަތާއި ދިވެހި ބަހަށް ހިދުމަތް ކޮށްދިނުމުގެ ނިޔަތުގައި ކޮށްފައިވާ މަސައްކަތެއް ކަމަށް އޭނާ ބުންޏެވެ.

ދިވެހި އާޓިސްޓުންނާއި ގްރެފިކް ޑިޒައިނަރުންނާ ގުޅިގެން އުނޫޝާ އާއި ބާޗީގެ މި އަލްބަމް އިތުރަށް ފުރިހަމަ ކޮށްދިނުމަށް އެނިމޭޓެޑް ވީޑިއޯ ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އަލްބަމްގެ ހަތަރު ލަވައެއް ރިލީޒް ކޮށްފައިވާއިރު ކިޑީގެ ޔޫޓިއުބް ޗެނަލްއިން މެދުވެރިކޮށް ލަވަަތައް އަޑު އަހާ ލެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އުގުރި

    މީކީ އަޅުގަނޑު ބަހެއްނޫ ލަވަޔާއި މިއުޒިކް އަކީ ކަޑައެޅިގެން ހަރާމް އެއްޗެއް..

    33
    2
  2. ޙަސަން

    ދުނިޔެ ނާމާންކަމާައި ބިރުވެރިކަމުން ފުރިފައިވީއިރުވެސް ކަލޭމެން މަޖަލާއި އުފަލ،ުގައި ދުނިޔޭގެ ދަޅަތަކަށް ހެއްލި އުޅޭކަމީ ކިހާ ޙައިރާންކުރުވަނިވި ކަމެއްހެއްޔެވެ.

    29
    2
  3. ޑިމޮކްރަޓިސްޓް

    ދެން އަހަރެމެނަށް ކީއް؟

  4. Anonymous

    ވވވވވވ ހަޑި

  5. Anonymous

    ވވވވވވ ހަޑި ތި ލަވަ