ދުނިޔޭގެ މަޝްހޫރު ކުރެހުންތެރިޔާ ލިއެނާޑޯ ޑާ ވިންސީގެ ކުޑަ ކުރެހުމެއް 16 މިލިއަން ޑޮލަރަށް(247 މިލިއަން ރުފިޔާ) އަށް ނީލަމުގައި ވިއްކާލަން ނިންމައިފިއެވެ.

މި ކުރެހުމަކީ ޑާވިންސީގެ އަށް ކުރެހުމުގެ ތެރެއިން ހިމެނޭ ކުރެހުމެއް ކަމަށް ނީލަން ކުރިޔަށް ގެންދާ ފަރާތުން ބުނެއެވެ.

ޑާވިންގެ މި ކުރެހުމުގެ ބޮޑުމިނުގައި ހުންނަނީ އަށް އިންޗިއެވެ. މި ކުރެހުމުގައި ފެންނަނީ ޖަނަވާރެއްގެ ބޮލެވެ. ނޫސް ރިޕޯޓުތަކުން މައުލޫމާތުދޭ ގޮތުގައި މި ކުރެހުމަކީ ޑާވިންސީގެ މާސްޓަ އެންޑްރިޔާ ޑެލް ވެރޯޗިޔާ ދަސްކޮށްދީފައިވާ ކުރެހުމުގެ އުކުޅެއް ބޭނުންކޮށްގެން ކުރަހާފައިވާ ކުރެހުމެކެވެ.

ފާއިތުވި ގަރުނުތަކުގައި މި ކުރެހުން ވަނީ އެކި މީހުންގެ އަތްމައްޗަށް އަރައިފައެވެ. އެކި ދުވަސްވަރު އެކި އަގުތަކުގައި މި ކުރެހުން ވިކިފައިވާއިރު 1860 ވަނަ އަހަރު ކްރިސްޓީއޭ ކިޔާ މީހަކު ވަނީ މި ކުރެހުން 439 ޑޮލަރަށް (6769 ރުފިޔާ) އަށް ގަނެފައެވެ.

"ހެޑް އޮފް އަ ބެއާ" ގެ ނަމުން މަޝްހޫރު މި ކުރެހުން ދުނިޔޭގެ އެކި ދާރުލްއާސާރުތަކުގައި ބެހެއްޓެފައިވެއެވެ. އޭގެތެރެއިން ލަންޑަނުގެ ނެޝެންލް ގެލެރީގައިވެސް މި ކުރެހުން "ޑިސްޕްލެއި" ކުރެވިފައި ހުއްޓެވެ.

މީގެ 1500 އަހަރު ކުރިން ލިއެނާޑޯ ކުރަހާފައިވާ އެތައް ކުރެހުމެއް ދުނިޔޭގެ އެކި ތަންތަނުގައި ހުރިއިރު ދުނިޔޭގެ އެންމެ އަގުބޮޑު އެއް ކުރެހުމަކީވެސް އޭނާގެ ކުރެހުމެއްކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލިބެއްޔާ

    އިއްޔެ މެންދުރު މީހެއްގެ ވާހަކަ 1500 އަހަރު ކުރިންނޭ.

    8
    4