ބޮލުގެ އިސްތަށިގަނޑު ރީތިކޮށް ބެހެއްޓުމަކީ ގިނަ މީހުންގެ ޝައުގެކެވެ. ގިނަ އަންހެނުންނާއި ފިރިހެނުންނަށް ބޮލުގެ އިސްތަށިގަނޑު ރީތިކޮށް ބެހެއްޓުމާއި ރީތި ސްޓައިލްތަކަށް އިސްތަށިގަނޑު ކޮށުމަކީ ލިބޭ ހިތްހަމަޖެހުމެކެވެ.

އިސްތަށިގަނޑަށް ގެއްލުމެއް ލިބިއްޖެ ނަމަ ނުވަތަ ބޭނުންނުވާ ގޮތަކަށް އިސްތަށިގަނޑަށް ކަމެއްވެއްޖެ ނަމަ މި މީހުން ވަރަށް ދެރަވާނެއެވެ. ބޭނުންނުވާ ގޮތަކަށް ބޮލުގެ އިސްތަށިގަނޑު ކޮށާލުމުން އުމުރުން 10 އަހަރުގެ ޗައިނާ ކުއްޖެއްގެ އަމަލުތައް ހުރީ ވެސް މިފަދައިންނެވެ.

އުމުރުން 10 އަހަރުގެ މި ފިރިހެން ކުއްޖާ ސެލޫންއަކަށް ބޮލުގެ އިސްތަށިގަނޑު ކޮށާލުމަށް ކުރި ދަތުރު ނިމިގެން ދިޔައީ ފުލުހުންނާއި ހަމައިންނެވެ.

މި ކުއްޖާގެ އިސްތަށިގަނޑު ކޮށާނިމުމުން، އެތައް ފަހަރަކު ލޯގަނޑުން ބެލިއެވެ. ލޯގަނޑުން ބަލާ ކޮންމެ ފަހަރަކު ބޮލުގެ އިސްތަށިގަނޑުގައި އަތްކޭއްތިއެވެ. އެވަގުތު އޭނާގެ މޫނު މަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމާއި ހިތްހަމަ ނުޖެހުމުގެ އަސަރެވެ.

އިސްތަށިގަނޑު ކޮށާފައިވާ ގޮތާއި މެދު ހިތްހަމަ ނުޖެހިގެން އިސްތަށިގަނޑު ކޮށާދިން މީހާއާއި ދިމާއަށް ވަރަށް އެއްޗެހި ކިޔުމަށް ފަހު ފުލުހުންނަށް ގުޅި ކަމަށް ޗައިނާގެ ނޫހެއްގައިވެއެވެ.

މި މައްސަލައަކީ މައްސަލައެއް ކަމަށް ގަބޫލު ނުކުރެވޭނެ ކަމަށް ފުލުހުން ނިންމީ ސެލޫންނަށް އައިސް ކަންތައް ވީ ގޮތް ބެލުމަށް ފަހުގައެވެ. އަދި އާއިލާއިން އެ މައްސަލަ ބެލުމަށް ވެސް ފުލުހުން އިރުޝާދު ދީފައިވެއެވެ.

އާއިލާގެ ފަރާތުން ބުނެފައިވަނީ ދެން އެކަހަލަ ކަމެއް ނުވާނެ ކަމަށާއި ކަމެއް ވުމުން އެންމެ ފުރަތަމަ އާއިލާއާއި އެކަން ހިއްސާ ކުރުމަށް އެ ކުއްޖާއަށް ވިސްނައިދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރެފްރީ

    މިކަހަލަ ތާކުންތާކުނުޖެހޭ އެއްޗެހިލިޔާތީ ވަ ރަށްފޫހިވޭ !! އަލިފު ހާ

    1
    1