މިއީ ނިމުމެއް ދުވަހަކު ވެސް އަންނާނެ ބަހުސަކަށް ނުވެދާނެއެވެ. ފިރިހެނުން ތުހުމަތު ކުރާ ގޮތުގައި ގިނައިން ބޭވަފާތެރިވަނީ އަންހެނުންނެވެ. ނަމަވެސް އަންހެނުން ތުހުމަތު ކުރާ ގޮތުގައި ގިނައިން ބޭވަފާތެރިވަނީ ފިރިހެނުންނެވެ.

ގިނައިން ބޭވަފާތެރިވަނީ ކޮން ބައެއްތޯ ކުރެވޭ ސުވާލަށް އެންމެން އެއްބަސްވެވޭ ޖަވާބެއް ނުދެވުނަސް ސައިންސްވެރިން މިވަނީ ގިނަ ދިރާސާތަކަކަށް ފަހު ގިނައިން ނުވަތަ ފަސޭހައިން ބޭވަފާތެރިވަނީ ކޮންބައެއްކަން ބުނެދީފައެވެ.

ސައިކޮލޮޖިސްޓެއް އަދި ލިޔުންތެރިއެއް ކަމަށްވާ ޑރ.ކެނެތު ރޮސެންބާގް ކުރި ދިރާސާ އަކަށް ފަހު އޭނާ ވިދާޅުވަނީ ޖިންސީ އެދުވެރިކަން ބޮޑަށް ހުންނަ ފިރިހެނުން ކައިވެނީގެ ބޭރުން ސިއްރު ގުޅުމެއް ބޭއްވުމުގެ 40 އިންސައްތަ ފުރުސަތެއް އޮންނަ ކަމަށެވެ. މީގެ އިތުރުން ކޮންމެ ކަމެއްގައި ވެސް އަވަހަށް ނަތީޖާ ނެރެން ބޭނުންވާ ނުވަތަ ކެތްތެރިކަން ކުޑަ ފިރިހެނުން ވެސް އަނބިމީހާ އަށް ސިއްރުން ލޯބިވެރިޔަކު ގެންގުޅުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާގެ ނަތީޖާ ދައްކައެވެ.

މީގެ އިތުރުން އަމިއްލަ އެދުން އިސްކުރާ މީހުންނާއި، އަވަހަށް ހިތުގައި ޖެހޭ މީހުންނާއި، މުހިންމު ކަންކަމަށް ފަސޭހައިން އިސްކަން ނުދެވޭ މީހުން ވެސް ކައިވެނިން ބޭރުން ސިއްރު ގުޅުމެއް ހިންގުމުގެ ފުރުސަތު ބޮޑެވެ.

ރަނގަޅު ތައުލީމެއް ލިބިފައިވާ އަންހެނުން ވެސް އެމީހުންގެ ފިރިންނަށް ބޭވަފާތެރިވެ މާފަސޭހައިން ސިއްރު ލޯބިވެރިން ހޯދާ ކަމަށް ދިރާސާގެ ނަތީޖާ އިން ދައްކައެވެ.

1993 ވަނަ އަހަރުން ފެށިގެން ކޮށްފައިވާ ދިރާސާގެ ނަތީޖާ އިން ދައްކަނީ އަންހެނުންނަށް ވުރެ ގިނައިން ބޭވަފާތެރިވަނީ ފިރިހެނުން ކަމަށެވެ. މިދިރާސާގައި ބެލި ކައިވެނިތަކުގެ ތެރެއިން 20 އިންސައްތަ ކައިވެނީގައި ބޭވަފާތެރިވެފައި ވަނީ ފިރިހެނުންނެވެ. އަންހެނުން ބޭވަފާތެރިވެފައި ވަނީ 15 އިންސައްތަ ކައިވެނީގައެވެ.

ނަމަވެސް ބޮޑަށް ބޭވަފާތެރިވަނީ އަންހެނުންތޯ ނުވަތަ ފިރިހެނުންތޯ ކުރެވޭ ސުވާލަށް އަދިވެސް ފުރިހަމަ ޖަވާބެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ބޭވަފާތެރިވެވޭނީ އަންހެނަކާ ފިރިހެނަކާ ދެމީހުން ގުޅުމުން. އެހެންވީއިރު ތިކަމުގައި ދެބައިމީހުން ވާނީ އެއްވަރެއްނު!

  2. އަހުން

    ސުވާލަކީ ބޭވަފާ ތެރިވަނީ ހުސްއަރި ބައި، ނުވަތަ އިނދެގެން އުޅޭމީހުން ހޭ؟
    ބޭވަފާތެރި ވުމަކީ ހަމަ އެކަނި ފިރިމީހާ ނުވަތަ އަނބިމީހާ ނުވަތަ ހިތާވެގެން އުޅޭކުއްޖާ އެކަނި ކުރާކަމެއްނޫން، މައިބް ބަފައިން ދަރިންނަން އަދި ދަރިން މައިން ބަފައިންނަން، ދަރިވަރުން ޓީޗަރުންނަން އަދި ޓީޗަރުން ދަރިވަރުންނަން، ދެރަހުމަތްތެރީން އެކަކުއަނެކަކަށް. ވީމާ އެވެނި ބަޔަކު ވެޔޭ މިވެނިބަޔަކު ވެޔޭ ކިޔޭކަށް ނެއް، ލިޔުން ތެރިޔާވެސް އަދި ކޮމެންޓް ކުރާ ފަރާތްވެސް ހަމަ ބޭވަފާތެރި ވާނެ އަދި ވެވިފަ ހުންނާނީ މިދެންނެވި ތަނުން ކޮންމެސް އެކަކަށް. ބަލަންވީ ނަފްސަށް ބޭވަފާތެރި ނުވެވޭތޯ