އިންޑިއާގައި ކޮވިޑް-19 ޖެހިގެން "މަރުވި" އަންހެނަކު އަންދަން ތައްޔާރުކޮށްފައި އޮއްވާ ހޭއަރައިފި އެވެ. 76 އަހަރުގެ އަންހެންމީހާ މަރުވެގެން އޭނާގެ އާއިލާއިން އޭނާ އެންދުމަށް ތައްޔާރުކޮށްފައި އޮތްވާ ހޭއެރިއިރު އާއިލާ މީހުންނަށް މިކަމުން ލިބުނީ ބޮޑު ސިހުމެކެވެ.

އިންޑިއާގެ މުދާލޭ އަވަށަށް ނިސްބަތްވާ ޝަކުންތަލާ ގައިކްވަދް މަރުވުމުން އޭނާގެ އާއިލާއިން ވަނީ އެމީހުންގެ ސަގާފަތާއި އެއްގޮތަށް އޭނާ އެންދުމަށް ތައްޔާރުކޮށްފަ އެވެ. އަދި އެކަން ފެށުމަށް ތައްޔާރުވެފައިވާ އޮއްވާ ގައިކްވަދް ވަނީ ކުއްލިއަކަށް ހޭއަރާފަ އެވެ.

ގައިކްވަދް ހޭއެރުމާއި އެކު އޭނާއަަށް ވަގުތުން މުދާލޭ އަވަށު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ވަނީ ފަށާފަ އެވެ. އެ އަވަށު ފުލުހުން ބުނީ އޭނާގެ ހާލަތު ބަލަމުން އަންނަ ކަމަށެވެ.

ގައިކްވަދް ކޮވިޑަށް ފައްސިވެފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އޭނާ ކޮވިޑަށް ފައްސިވިކަން އެނގުމާއި އެކު އޭނާ ގޭގައި އެކަހެރިކޮށްފައި ބެހެއްޓި އެވެ. އޭގެ ފަހުން ގައިކްވަދްގެ ހާލު ދެރަވާން ފެށިކަމަށް އޭނާގެ އާއިލާއިން ބުނެފައި ވެއެވެ. އެހެންވެ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު، ހޮސްޕިޓަލުން ޖާގަ ނުލިބުމުން އާއިލާގެ ކާރެއްގައި އޭނާ ބޭއްވި އެވެ. އަދި އޭނާ މަރުވީ ކާރުތެރޭގައި އޮއްވާ ކަމަށް އިންޑިޔާގެ ނޫސްތަކުގައިވެއެވެ.

ކާރުތެރޭގައި އޮއްވާ ގައިކްވަދް މަރުވީކަމަށް ހީކޮށްގެން އޭނާގެ އާއިލާއިން އޭނާ އެދުމަށް ތައްޔާރުވެފައިވަނިކޮށް އޭނާ ހޭއެރުމުން އާއިލާއަށް ވެސް ބޮޑު ސިހުމެއް ލިބުނު ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ރާކަނި ސައްތާރު

  ދެން ފަށާނީ އެ ސިރު ކު ގެ ކުޅިގަނޑު

  4
  4
 2. Anonymous

  އިންޑިޔަލުގެ މައިގަނޑު ޖާހިލުކަމާ ޝިރުކަށް ބަލާއިރު ތިޔައީ ވުން އެކަށީގެންވާ ކަމެއް

  8
  2