މި މަހުގެ 13 ވަނަ ދުވަހު ރިލީޒް ކުރި ސަލްމާން ޚާނާއި ދިޝާ ޕަޓާނީ އެކްޓްކޮށް، ޕްރަބޫދޭވާ ޑައިރެކްޓް ކޮށްފައިވާ ފިލުމު ރާދޭ އިންޓަނެޓުގައި ލީކުވެއްޖެއެވެ.

މި ފިލުމު އެޅުވުމުގެ އެއްދުވަސް ކުރިން ސަލްމާން ވަނީ އޭނާގެ މީސް މީޑީޔާ އެކައުންޓުތައް މެދުވެރިކޮށް ފިލުމުގެ ޕައިރެސީ ހިފެހެއްޓުމަށް އެދި ވީޑިއޯއެއް ހިއްސާ ކޮށްފައެވެ.

''އެންމެ ފިލުމެއް ތައްޔާރު ކުރުމުގައި އެތައް ބައެއްގެ ބުރަ މަސައްކަތް ހިމެނޭ. ފިލުމު ބެލުމަށް ޕައިރެސީ ނުވަތަ ލީކު ކޮށްލައިގެން، ނުވަތަ ލީކު ކޮށްލައިފައިވާ ކޮޕީއިން މީހުން ފިލުމު ބަލާކަމީ ވަރަށް ދެރަވާ ކަމެއް. ހުރިހާ އެންމެން ފަރާތުން ވެސް އަހަރެން އެދެނީ އެންމެ ރަނގަޅު ޕްލެޓް ފޯމުން މި ފިލުމު ބަލާނެ ކަމުގެ ފުރިހަމަ ޔަގީންކަން. މި އީދުގައި އަހަރެމެން ބޭނުންވަނީ މި ޔަގީންކަން. އެންޓަޓެއިންމަންޓް އިންޑަސްޓްރީގައި ޕައިރަސީ އޮވެގެން ނުވާނެ'' ސަލްމާން ހިއްސާކޮށްފައިވާ ވީޑިއޯގައި އޭނާ ބުނެފައިވެއެވެ.

ނަމަވެސް މި ފިލުމު ރިލީޒްކޮށް މާގިނައިރުތަކެއް ނުވަނީސް އިންޓަނެޓުގައި ފުލް އެޗްޑީކޮށް ފިލުމު ލީކުވެއްޖެއެވެ. ޓެލެގުރާމާއި ޓެމިލްރޮކާސްގައި މި ފިލުމު އެޗްޑީކޮށް ބެލެއެވެ.

ޒީއާއި ސަލްމާން ޚާން ފިލުމުސް އިން އިޢުލާނު ކޮށްފައިވަނީ މި ފިލުމަށް ލިބޭ ފައިދާ ދެބައިކުޅަ އެއްބައި ހަދިޔާ ކުރާނީ ކޮވިޑު ޖެހިގެން އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ކަމަށެވެ.

ސަލްމާން ޚާންގެ މި ފިލުމަށް ފުރަތަމަ ދުވަހު ވަރަށް ތަރުހީބު ލިބިފައިވެއެވެ. އަދި އެއްދުވަހާއި އެންމެ ގިނަ މީހުން ބެލި ފިލުމުގެ ރިކޯޑް ވެސް ވަނީ މި ފިލުމަށް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަދާ

    ހާދަ ދެރައޭ😢 ލީކު ނުކޮއްލިނަމަ ފިލްމުން ލިބުނު ފައިދާއިން ކޮވިޑް ޖެހިގެން އެހީއަށް ބޭނުންވާ ކިހާބަޔަކަށް އެހީވެދެވުނީސް