އަމިއްލަ ހިތްވަރާއި ބުރަ މަސައްކަތުން ފިލުމު އިންޑަސްޓްރީގައި ފައިތިލަ ސާބިތު ކުރަމުންދާ ނޯރާ ފަތޭހިއަކީ ނެށުމުގެ ދާއިރާގައި ފާހަގަ ކޮށްލެވޭ ފަންނާނެކެވެ. 2018 ވަނަ އަހަރު ނިކުތް ''ދިލްބަރު ދިލްބަރު'' އަށްފަހު މީސް މީީޑިޔާގައި ނޯރާއަށް ފޮލޯކުރާ މީހުންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ. މިފަދަ މަގުބޫލުކަމެއް ލިބޭނީ ވަރަށް ގިނަ ދަތިތަކާއި ހުރަސްތަކެއް ކަޑައްތު ކުރުމަށްފަހުއެވެ.

ކޯމަލް ނާތާގެ ޗެޓް ޝޯގައި ވާހަކަ ދައްކަމުން ނޯރާ ބުނެފައިވަނީ އޭނާގެ އާއިލާއަށް ފައިސާގެ ގޮތުން ދަތިތަކާއި ކުރިމަތިލާން ޖެހުމުން އާއިލާއަށް އެހީތެރިވުމަށް އުމުރުން 16 އަހަރުގައި އެތައް ގިނަ ވަޒީފާތަކެއް އަދާކޮށްފައިވާނެ ކަމަށެވެ. މިގޮތުން ނޯރާ އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ އޭނާގެ ސުކޫލު ކައިރީގައި ހުރި މޯލްއެއްގައި ރީޓެއިލް ސޭލްސް އެސޯސިއޭޓެއްގެ ގޮތުގައި ކަމަށެވެ.

މި ވާހަކަ ހިއްސާ ކުރަމުން ނޯރާ ބުނެފައިވަނީ އޭނާގެ އާއިލާއަށް ފައިސާގެ ގޮތުން އެތައް ދަތިކަމަކާއި އެތައް ގޮންޖެހުން ތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އާއިލާއަށް އެހީތެރިވުމަށް ޅަ އުމުރުގައި މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.

ނޯރާ އަދާކޮށްފައިވާ އިތުރު ވަޒީފާތައް ކިޔައިދެމުން ބުނެފައިވަނީ ރެސްޓޯރެންޓްތަކާއި، ބަރތަކާއި އަދި ޝަވަރްމާ ވިއްކާ ތަންތަނުގައި ވެއިޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވާ ކަމަށެވެ. މިހިސާބުން ނޯރާ ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ލިސްޓު ނިންމައެއް ނުލައެވެ.

އިތުރަށް އެވާހަކަތައް ކިޔައިދެމުން ނޯރާ ބުނެފައިވަނީ ޓެލެ މާކެޓިން އޮފީހެއްގައާއި ލޯޓަރީ ޓިކެޓް ވިއްކާ ތަނެއްގައާއި ފިރިހެނުންގެ އަންނައުނު ވިއްކާ ފިހާރައެއްގައި ވެސް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް މިހާރު ނޯރާއަކީ ގިނަ ބަޔަކު ދަންނަ އަދި އޭނާގެ ނެށުމުގެ ހުނަރުން އާއިލާއަށް އެހީތެރިވެދެވޭނެ ފަދަ ހާލަތެއްގައި ހުރި މީހެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝަފީގު

    މިކަަހަލަ ކޮންމެވެސް ވަހުޝީ އަންހެނަކު ޕުރޮމޯޓުކުރިމުގައި އުޅެނިކޮއް ކަލޭމެންގެ އަޖަލަ އައިސް ޖެހުނީމަ ކުރެވޭކަމުގެ ނުބައިކަން ހިތައްއަރައި ހޭވެރިކަން އަންނާނީ.

    19
    8