އެޕަލްއިން ޔޫއެސްބީ ޕޯޓު މެދުވެރިކޮށް އައި ފޯންގެ ޑާޓާތަކަށް ވާސިލުވެވޭ ގޮތަށް އޮންނަ އޮތުން ނިމުމަކަށް ގެނެސް އައި ފޯންގެ ސެކިއުރިޓީ ވަރުގަދަ ކުރަން ނިންމައިފިއެވެ.

މިއާއެކު ސަލާމަތީ ބާރުތަކަށް ފޯނުގެ ސަލާމަތީ ފީޗަރ ފޫއަޅުވާލުމަކީ ސިތުރުގޮންޖެހުމަކަށް ވާނެއެވެ. އާ ސެކުރިޓީ ފީޗާރ އާއި އެކު ކުރިއަށް އޮތްތަނުގައި އެގޮތަށް ޑާޓާތަކަށް ވާސިލުވެވޭނީ ގާނޫނީ ހުއްދައަކާއެކުއެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެޕަލްއިން ޑިފޯލްޓް ސެޓިންއަށް ގެންނަ އެ ބަދަލަކީ އެ ހާދިސާއަށް ފަހު ސީދާ ސަލާމަތީ ބާރުތަކަށް ވެސް ގާނޫނީ ހުއްދައެއް ނެތި ޑާޓާތަކަށް ވާސިލުވިޔަ ނުދިނުމަށް ކުރާ ކަމެކެވެ.

ސަލާމަތީ ބާރުތަކުންވަނީ އައިފޯނާއި އައިޕެޑް ފަދަ ވަސީލަތްތަކުގައި ހުންނަ މައުލޫމާތަށް ފުލުހުންނަށް ވާސިލުވެވޭ ގޮތް އޮތުމަކީ މުހިއްމު ކަމެއް ކަމަށް ބުނަމުނެވެ.

2016 ވަނަ އަހަރު ކުރިން އެމެރިކާއިން އަތުލައިގަތް ކުށްވެރިއެއްގެ ފޯނު ހުޅުވުމަށް އެޕަލްއަށް އެންގުމުން އެ ކުންފުނިން ދެކޮޅު ހެދިއެވެ.އައިފޯން އުފައްދާ އެޕަލްއިން ބުނެފައިވާ ގޮތުގައި އައިފޯންގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަނީ ކަސަްޓަމަރުންގެ އިތުބާރު ދަމަހައްޓާ ކަސްޓަމަރުންގެ ޒާތީ މުއާމަލާތްތަކުގެ ސިއްރުކަން ކަށަވަރު ކުރުމަށެވެ.

އެ މައްސަލާގައި ކޯޓުން އަމުރެއް ނެރުމުން އެޕަލްއިން ވަނީ ހެކަރުންތަކެއް ބޭނުން ކޮށްގެން ހަމައެކަނި އެމީހާގެ ފޯނުގެ ޑާޓާތަކަށް ވާސިލުވެވޭ ގޮތް ހަދާފައެވެ.

އެފްބީއައި އިން އައިފޯންތަށް މިވަގުތު ކްރެކް ކުރަމުންގެންދާނީ އެމެރިކާގެ ފުލުހުންނަށް އެކަނިއެވެ. ނަމަވެސް އިންޓަނޭޝަނަލް ބޮޑެތި ކުށްތަށް ތަހްގީގު ކުރުމަށް އެފްބީއައި އިން މި ހިދުމަތް ވަރަށް އަވަހަށް ފޯރު ކޮއްދޭން ފަށާނެ ކަމަށް އެފްބީއައި އިން ވަނީ ބުނެފަ އެވެ.