ދިވެހި ފިލްމީ އިންޑަސްޓްރީގައި މަގްބޫލު ޖޯޑެއް ކަމަށްވާ ޝިލާ ނަޖީބާއި މުހައްމަދު މަނިކުގެ ކައިވެންޏަށް 17 އަަހަރު ފުރިއްޖެެއެވެ.

ޝިލާއަކީ މަނިކުއަކީ ފިލްމީ ދާއިރާގައި ނަމޫނާ ދެ ތަރިންނެވެ. އެކުގައި 17 އަހަރު ހޭދަކޮށްފިއެވެ. ކުރިން އެކުގައި އެތައް ލަވަޔަކުންނާއި ފިލްމުތަކަކުން ފެނިގެންދިޔަ މި ދެތަރިން، މިހާރު ވެސް ފިލްމީ ދާއިރާގައި އެކި ގޮތް ގޮތުން ދެމީހުންގެ ބައިވެރިވުން އޮވެއެވެ.

ކައިވެންޏަށް 17 އަހަރު ފުރުމާއި ގުޅިގެން މަނިކު ވަނީ މީސް މީޑިއާގައި ދެމީހުން އެކުގައި ނަގާފައިވާ ލޯބި ފޮޓޯއެއް ހިއްސާކޮށް، ލޯބީގެ ބަސްތައް ފާޅުކޮށްފައޮ ވެއެވެ.

އެގޮތުން މަނިކު ހިއްސާކުރި ފޮޓޯ އާއި އެކު ބުނެފައިވަނީ، މިއަދު ބުނެދޭން ބޭނުންވާ އެތައް ވާހަކައެއް، ބަޔާން ކޮށްދޭން ބޭނުންވާ އެތައް އިހުސާސެއް ހުރި ކަމަށާއި އެހުރިހާ ވާހަކައެއް ބުނެދޭނީ ކޮން ލަފްޒަކުން ކަމެއް ނޭނގޭ ކަމަށެވެ. ފުރަތަމަ ވެސް ބުނެލާނީ ހަޔާތުގެ ބައިވެރިޔަކަށް ވީތީ އެކަމާއި ޝުކުރުވެރިވާ ކަމަށެވެ.

މި ފޮޓޯއަށް 552 އަށް ވުރެ ގިނަ ލައިކް ލިބިފައިވާއިރު، 200 އެތައް ކޮމެންޓެއް ލިބިފައިވެއެވެ. 'ހެޕީ އެނިވާސަރީ' ތަހުނިޔާ ކިޔާ އެތައް ބަޔަކު މަނިކުގެ ފޮޓޯއަށް ކޮމެންޓު ކޮށްފައިވިއެވެ.

މީސް މީޑިއާއަށް ދޫކޮށްލި ފޮޓޯގައި މަނިކު ލިޔެފައިވަނީ ޝީލާ ދެކެ ވާ ލޯބި ބަޔާން ކޮށްދީ ކުރު އަދި ފޮނި ލިޔުން ކޮޅެކެވެ.

"އަހަރެންނަކީ ހާދަ ބޮޑު ނަސީބުވެރިއެކޭ. ތީ އަހަރެންގެ އަންހެނުންނޭ ބުނަން ލިބުމަކީ ވަރަށް ބޮޑު ނިއުމަތެއް. ވަރަށް ލޯބިވޭ 'ސްވީޓްހާޓް'" މިހެންނެވެ.

ޝީލާ އާއި މަނިކުގެ ކައިވެންޏަށް 17 އަހަރު ފުރުމާއި ގުޅިގެން، ދެމީހުންނަށް ތާއީދު ކުރާ މީހުން ވެސް އަންނަނީ މީސް މީޑިއާގައި މަރުހަބާ ކިޔައި ޕޯސްޓުތައް ހިއްސާ ކުރަމުންނެވެ.

'ޝީލާ-މަނިކު' މަޝްހޫރު ފަންނާނުންގެ ތެރެއިން މި ޖޯޑަކީ ގިނަ ބަޔެއްގެ ލޯބި ލިބިފައިވާ ދެމަފިރިންނެވެ.

މަނިކުއާއި ރައްޓެހިވުމުގެ ކުރިން، މަނިކު ދެކެ ޝީލާ ވަރަށް ފޫހިވާ ކަމަށް އޭނާ މީގެ ކުރިން ބުނެފައި ވެއެވެ. ޝީލާ ފުރަތަމަ ފެނުނު ދުވަހު މިއީ ހާދަ ތުއި، ފޮނި ދައްކާ، ކަންތައް ގަނޑު ބޮޑު އަންހެނެކޭ ހިތަށް އެރި ކަމަށް މަނިކު ބުނެފައި ވެއެވެ

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުސޭނުބޭ

    ފޮޓޯގެ ބެކްގްރައުންޑްގައި އެއިނީ 85 ތަ ނޫނީ 95 ތަ

    17
    3
  2. ބޭ ކަޑަ ބިންސު

    ޝީލާގެ މަސައްކަތުން 17 ހަމަ ކުރެވުނީ

    15
    2
  3. މަރީ

    އަލަތު ކައިވެނި ދޯ.. ހެހެހެ

    7
    2
  4. އަންނި

    އަދިވެސް ސީލާ ލޯތްބޭ ބުނެފިއްޔާ ބައެއްބޭފުޅުން ހިތްހަމަނުޖެހޭނެ، ހެޕީ އެނިވާސަރީ މަނިކު.

    21
    1
  5. މުހުމްމަދު

    ފޮޓޯގެ ބެ ކްގްރައުންޑްގައި އެއިނީ 55

    10
    4
  6. Anonymous

    ދެ ކުދިން ނަށް މަރުހަބާ.ބާރަށް ކުރިއަށް .އިތުރު 17 އަ ކަށް އެދެން.

    28
  7. ޠަންޑާ

    އައއްދެ! ތި ކޯންޗެއް؟ މަގޭ ކައިވެންޏަށއްވެސް 23 އަހަރު ވެގެން ހިނގައްޖެ. މަށަށްވުރެ ފަހަތުގަ އެންނު ތިތިބީ

    5
    5
  8. ސްކައިނާ

    ފޮޓޯ ބަލަާލީމަ ހީވަނީ މަނިކުގެ 55ވަނަ އެނިވާސަރީ ހެން ޝީލާގެ 99ވަނަ އުފަން ދުވަސްހެން...!

    6
    6
  9. މާކުންބެ

    ދެން ވަރި ވާންވީނު މަނިކް ކާރިން

    3
    8