އައިސް ޓިވީން ގެނެސްދެމުންދާ ތަފާތު ޓޯކް ޝޯވގެ ތެރެއިން "މީހުންގެ ވާހަކަ" ޝޯވއަކީ މިހާރު އެންމެ ހޫނުކޮށް އެ ޝޯވއެއްގެ ވާހަކަދެކެވޭ އެއް ޝޯވއެވެ.
މިރޭގެ ޝޯވގައި ފިލްމީ ދާއިރާގެ އެންމެ ފުންނާބު އުސް އެއް ފަރާތްކަމުގައިވާ ނިއުމާ މުހައްމަދު ބައިވެރިވާއިރު، ނިއުމާ އަކީ އެމީހެކޭ ކިޔައިގެން އެންމެ ގިނައިން މީހުން ވާހަކަދައްކާ އެކަކެވެ.
މިރޭގެ ޝޯވގައި ނިއުމާ މިހާތަނަށް އޭނާއޭ ކިޔައިގެން މީހުން ދައްކާފައި ހުރި ވާހަކަތަކަށް ސާފް ޖަވާބު ދޭނެއެވެ.
ޝޯވގެ އިޝްތިހާރުތަކުން ފެންނަ ގޮތުން، ނިއުމާ މި ޝޯވގައި އޭނާ އާއި ކުރީގެ ފިރިމީހާ ސީޒަންގެ ކައިވެނި ރޫޅުނު ވާހަކަ ކިޔާދޭނެއެވެ.
މީގެ އިތުރުން ސިހުރު ފަންޑީތަ އާއި ގުޅުން ހުރީ ވާހަކަތަކާއި، އޭނާ ސިޔާސީ ދާއިރާ އާ ގުޅޭގޮތުން ދެކެވޭ ވާހަކަތައްވެސް އޭނާ ކިޔާދޭނެއެވެ.
މި އެޕިސޯޑް އައިސް ޓީވީގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ބަލާލެވޭނެއެވެ. މި އެޕިސޯޑް ދެއްކުމަށް ހަމަޖެހިފައި ވަނީ މިރޭ 12:00 ގައެވެ.
ކެއްމަދުވެފަ މިހުރީ