ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ ބޮލުގެ އިސްތަށިގަނޑުގެ ސްޓައިލް ވަކި ގޮތަކަށް ގެންގުޅޭތީ ބައެއް މީހުންގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކެއުމަށް ފަހު ޖަސްޓިން ބީބާ ރެސްޓޯރެންޓަކުން ނުކުންނަ ފޮޓޯއެއް މީޑިއާގައި އާންމުވެފައިވާއިރު މި ފޮޓޯގައި އޭނާ ބޯ ވަކި ގޮތަކަށް ހަދާފައިވާތަން ފެނެއެވެ.

އުމުރުން 27 އަހަރުގެ ޕޮޕް ސްޓަގެ ބޮލަށް މިހާރު ގެނެސްފައިވާ ބަދަލާ ގުޅިގެން ބައެއް ފަރާތްތަކުން އޭނާ އަށް ފާޑުކިޔަމުން ދާއިރު އޭނާގެ ފޭނުން ދަނީ ޖަސްޓިން ބީބާ އަށް ތައުރީފު ކުރަމުންނެވެ.

ޖަސްޓިން ބީބާ ފެނިފައި ވަނީ ނޫ، އޮރެންޖު އަދި ރީނދޫ ކުލަ ހުރި ޖެކެޓަކާއި ކަޅު ޖިންސް އެއް ލައިގެން ހުއްޓައެވެ. އަދި ކޮވިޑުން ރައްކާތެރިވުމަށް އޭނާ ހުރީ ކަޅުކުލައިގެ މާސްކެއްވެސް އަޅައިގެންނެވެ.

ޖަސްޓިން އޭނާގެ ބޮލުގެ އިސްތަށިގަނޑަށް ބަދަލު ގެނެއީ އޭޕްރީގެ ފަހުކޮޅުގައެވެ. އެ ދުވަސްކޮޅު މީސްމީޑިއާގައި އެންމެ ގިނައިން ދެކެވުނު އެއް ވާހަކަ އަކީވެސް އޭނާގެ ބޮލުގެ އިސްތަށިގަނޑަށް ގެނައި ބަދަލުގެ ވާހަކައެވެ.

އިންސްޓަގްރާމުގައި 175 މިލިއަން ފޮލޯވާސް ޖަސްޓިން ފޮލޯކުރާ އިރު ޖަސްޓިން ގެ އާ "ހެއާ ސްޓައިލް" އޭނާގެ ފޭނުން ގަޔާވާ ކަން ކޮމެންޓުތަކުންނާއި ފޮޓޯތަކަށް ލައިކް ދީފައިވާ މިންވަރުން ހާމަވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ށަވިޔަނި

  ނޮޕް ވވވވވވވވވވ ކުނި ލޮލް

  13
  7
 2. Anonymous

  އިބިލީހުގެ ދެދަޅު. އައިއޭމް ސޮރީ ފޯ ހިމް. މޭ ﷲ ގިވް ޖައިޑަންސް ޓު ހިމް

  10
  5
 3. Anonymous

  ދެއްކުމަށް އެ ހެންޏާ އިއްވުމަށް މުޅިންވެސް. އެއިން މީ ހަކު ފިޔަވަޅެއް އަޅާލިޔަސް މުޅި ދުނިޔެ އެ އެޅި ފިޔަވަޅު އެޅިތަނާ އެ ފިޔަވަޅު އެޅިގޮތާ އެޅި ސަބަބާ މި ހުރި ހާ އެއްޗެއް ދައްކާ. އެޔަށް ލައިވް ކޮމެންޓްރީކޮށް ޓޮޕްސްރޯރީސްއަށް...
  ސާފު ނަޒަރަކުން ބަލާއިރު މީންމީ ހަކީ ދީނެއް މިއްލަތެއް އަޚްލާޤެއް ތިމާގެ ރައްބެއް ތިމާ ދުނިޔެއަށް ފޮނުވި ސަބަބެއް ދިރިއުޅުމުގެ ނިޒާމުގެ އަލިފުބާވެސް ދަންނަ ބައެއް ނޫން. އެކަމަކު ޝައިޠާނާ މިއަދު ވަނީ މިޒާތުގެ އަދި ވެސް އެހ ހެން ޒާތްޒާތުގެ މީ ހުން އޭނާގެ މަޅީގާ ޖައްސާ އެމީ ހުންގެ ޢަމަލުތަށް ޒީނަތްތެރިކޮއްދީފާ.
  އެހެހެ ހެން އެކަން އޮތީތީ ރާއްޖޭގެ ބައެއްް އަން ހެން ކުދިންނަށްވެސް ރީތިވަނީ އަލްއިސްލާމެއް ނޫން...
  ޖަސްޓިން ބީބާ....

  8
  5
 4. Anonymous

  އެއީ އަންހެންކުއްޖަކާ ވައްތަރީ. އުތަ

  4
  1