2018 ވަނަ އަހަރު ކައިވެނީގެ ގޮތުން ގުޅިފައިވާ ބަތަލާ ދީޕިކާ ޕާޑުކޯންއާއި އެކްޓަރ ރަންވީރު ސިންގްގެ ކައިވެނީގެ ހަފުލާގައި ފޯނު ބޭނުން ކުރުން މަނާ ކުރިއެވެ.

އިޓަލީގައި ބޭއްވި ދީޕިކާއާއި ރަންވީރުގެ ކައިވެނި ހަފުލާގައި ފޯނު މަނާކުރެވުނު ސަބަބަކީ އެމީހުންގެ ޕްރައިވެސީއެވެ. ނަމަވެސް ދާދިފަހުން ދީޕިކާ ބުނެފައިވަނީ އެމީހުންގެ ޕްރައިވެސީއަށް ފޯނު ބޭނުން ނުކުރުމަށް ބުނެފައިވަނީ އެއީ އެކަމުގެ މައިގަނޑު ސަބަބު ނޫން ކަމަށެވެ.

''ޕްރައިވެސީ އަކީ ދެވަނަ ސަބަބު. ނަމަވެސް ފޯނު ބޭނުން ނުކުރުމަށް އެންގުނު މައިގަނޑު ސަބަބަކީ ހަފުލާގައި ބައިވެރިވި ކޮންމެ މީހެއް ވެސް އެ ވަގުތުކޮޅުގެ ބޭނުން ހިފުން. އެ ވަގުތު ކޮޅުގައި ފޯނު އެއްފަރާތް ކޮށްލައި އެވަގުތު އިހުސާސް ކުރުން. ކޮންމެ މީހަކު ވެސް ބޭނުންވަނީ ފަހަށް އެ ވަގުތުކޮޅު ރައްކާކުރަން. ނަމަވެސް އެ ވަގުތު އިހުސާސް ކުރަން ބޭނުމެއް ނުވޭ'' ފިލުމުފެއަރ ދިން އިންޓަވިއުއެއްގައި ދީޕިކާ ޕާޑުކޯން ބުނެފައިވެއެވެ.

އެފަދަ އުފާވެރި ވަގުތުތަކަކީ ހިތުގައާއި ސިކުނޑީގައި ރައްކާކުރަން ޖެހޭ ވަގުތުތައް ކަމަށާއި ފޯނުން އެވަގުތުތައް ރައްކާކުރަން އުޅުމުން އެކަން ނުވާނެ ކަމަށް ވެސް ދީޕިކާ ފާހަގަ ކޮށްފައިވެއެވެ.

ކައިވެނީގެ ހަފުލާގައި ފޯނު ބޭނުން ނުކުރުމަށް އެނގުމުން މީގެ ކުރިން ދުވަހަކުވެސް ނަށާފައި ނުވާ އެތައް ބަޔަކު ދީޕިކާގެ ކައިވެނީގައި ނެށިކަން ވެސް ދީޕިކާ ފާހަގަ ކުރިއެވެ.

ދީޕިކާގެ ފިލުމީ މަސައްކަތަށް ބަލާއިރު ދެން އެންމެ އަވަހަށް އޭނާ ޝޫޓިން ފަށާނީ ''ޕީކޫ'' ގެ ކޯސްޓަރ އަމީތާބު ބައްޗަންއާއި އެކު ''އިންޓާން'' ގެ ރީމެކެއްގެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެމަންޖެ

    ޝިއުނާއައް އަސްލުތިކަމުގެ ސަބަބު އެނގޭނީ ދީޕިކާޔައްވުރެ ބޮޑައް.

  2. ސްޓޯނަރ

    ފޯނުން ކޮވިޑް ޖެހިދާނެތީވެ.