އުމުރުން 111 އަހަރުގެ އޮސްޓްރޭލިޔާގެ ރައްޔިތެއް ކަމުގައިވާ ޓެކްސްޓަރ ރޫގާ ބުނެފައިވާ ގޮތުގައި ގިނަ ދުވަހު ދިރިއުޅުމުގެ ސިއްރު ހާމަކޮށްފިއެވެ

ރޯމާގެ ކުއީންސްލޭންޑްގެ މުސްކުޅި ބަހައްޓާ ތަނެއްގައި ހުރެގެން އޮސްޓްރޭލިއަން ބްރޯޑްކާސްޓިން ކޯޕަރޭޝަންއަށް ދިން އިންޓަވިއުއެއްގައި ޓެކްސްޓަރ ބުނެފައިވަނީ އޭނާ ގިނަ ދުވަހު ދިރިހުރުމުގެ ސިއްރަކީ ކުކުޅުގެ ސިކުނޑި ކަމަށެވެ.

''ކުކުޅުގެ ސިކުނޑި. އެނގޭތަ ކުކުޅުގަ އިންނާނެ ބޮލެއް. އެ ބޮލުގެ ތެރޭގައި އިންނާނެ ސިކުނޑިއެއް. އެ އެއްޗަކީ ކުޑަ އެއްޗެއް ނަމަވެސް ވަރަށް މީރު އެއްޗެއް. އެއީ ވަރަށް ކުޑަ އެތިކޮޅެއް'' ޓެކްސްޓަރ ބުނެފައިވެއެވެ.

ޓެކްސްޓްގެ އުމުރުން 74 އަހަރުގެ ދަރިފުޅު ގްރެގް ބުނެފައިވަނީ އޭނާގެ ބައްޕަ ގިނަ ދުވަހު ދުނިޔޭގައި ހުރުމުގެ ސިއްރަކީ ދިރިއުޅުމާއި މެދު ދެކޭ ސާފު ސީދާ އާދައިގެ ގޮތްތަކުގެ ސަބަބެވެ.

ޓެކްސްޓަރގެ އޮޓޯބަޔޮގްރަފީ ލިޔަމުންދާ ނާސިންގް ހޯމުގެ މެނޭޖަރ މެލާނީ ކަލްވާޓް ބުނެފައިވަނީ ޓެކްސްޓަރ އަކީ އެ ނާސިންގ ހޯމުގައި އުޅޭ މީހުންގެ ތެރެއިން އެންމެ ވިސްނުންތޫނު އެކަކު ކަމަށެވެ. އަދި ޓެކްސްޓަރއަކީ އުމުރުން 111 އަހަރުގެ މީހަކާއި ބަލާފައި ވަރަށް ހަނދާން ގަދަ ކަމަށްވެެސް އޭނާ ބުންޏެވެ.

''ދަ އޮސްޓްރޭލިޔަން ބުކް އޮފް ރެކޯޑްސް'' ގެ އެންމެ އިސް ފަރާތް ކަމުގައިވާ ޖޯން ޓެއިލަރ ބުނެފައިވަނީ ޓެކްސްޓަރ ރޫގާއަކީ މިވަގުތު އޮސްޓްރޭލިޔާގައި ހުރި އެންމެ ދުވަސްވީ މީހާ ކަމަށެވެ.

ޓެކްސްޓަރ ދެކޭގޮތުގައި އޭނާގެ މި ދިގު އުމުރުގެ ސިއްރަކީ އޭނާ ކައި ކުކުޅު ސިކުނޑި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެމަންޖެ

    ނަޝީދޫ ކޮބާ ކުކުޅު ސިނކުނޑި ކެއުމާ ދޭތެރޭ ވިސްނަންވީނުން އޭރައް ތަންކޮޅެއް ގިނަދުވަހު މިގައުމު ހަލާކު...***..

    10
    1
  2. Anonymous

    ބޭބެއަށް ތެދުމަގު ދައްކަވާށި.
    ބޭބެ ޤަބޫލުކުރައްވާ ކޮންމެ މީ ހަކުވެސް ދުނިޔެއަށް އައުމުގެ ކުރިން ﷲ ތަޢާލާވަނީ ކޮންމެ މީ ހެއްގެވެސް އުމުރާ ރިޒުޤާ މި ހުރި ހާ އެއްޗެއްް ލިޔުއްވާފާ. މީ ހާގެ އުމުރު ދިގު ވަނީ ވަކި އެއްޗެއް ކައިގެން އެހ ހެންޏާ ވަކި ތާކު އުޅެހެގެންކަމަށް ޤަބޫލުކުރުމަކީ ބާޠިލު ފިކުރެއް. އުމުރަކީ ﷲ ދެއްވާ އެއްޗެއްް. މީ ހަކީ ކިތަންމެ ޟިއްޙަތު ރަނގަޅު މީ ހަކަސް ޒުވާން ދުވަސްވަރުގާވެސް މަރުވޭ ﷲ ގެ އަޖަލާ އެއްގޮތަށް.
    ޚުލާސާޔަކީ ވަކި އެއްޗެއް ކައިގެންނޭ ތިމަންނާ މި ހާދުވަ ހު ދުނިޔޭގާ ހުރުމުގެ ސިއްރަކީ ބުނީމާ ވާގޮތަކީ ﷲ އަަށް އޮތް ބާރު އެހހ ހެން ފަރާތަކަށް އެ ދެވެނީ. އެކަލާނގެ ތައު ހީދުގެ ރައްބުވަންތަކަމާ ފުށޫއަރަނީ އެ ބަސް. އެކަލާނގެ ހިންގަވާ ކަމަކަށް އެ ހެން ފަރާތެއް ނުވަތަ އެހެހ ހެން އެއްޗެއްގެ ބާރު އޮތްކަމަށް ނިންމެނީ.