ކޮވިޑް-19 ޖެހުމުން އެ ވައިރަސް ޖެހޭ މީހަކު އެކަހެރިވެ އެހެން މީހުންނަށް އެ ބަލި ޖެހުމުން ދުރުކޮށްދޭން ޖެހެއެވެ. ނަމަވެސް މިއީ އެއްގެއެއްގައި ގިނަ މީހުން ދިރިއުޅޭ ފަރާތްތަކަށް ވަރަށް އުދަނގޫ ކަމެކެވެ.

ކޮންމެ ހާލައެއްގައި ވެސް ކަރަންޓީނުވުމަކީ ނުވަތަ އެކަހެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. ކޮންމެ ހާލެއްގައި ވެސް އެކަހެރިވާންޖެހެއެވެ. އިންޑިއާގެ ޓެލިގާނާގެ ޒުވާނަކަށް ވެސް ކުރިމަތިވީ މިފަދަ ހިތްދަތި ކަމެކެވެ.

މެއި ހަތަރުވަނަ ދުވަހު މި ޒުވާނާ ކޮވިޑަށް ފައްސިވެ ގޭގައި އެކަހެރިވާނެ ތަނެއް ނުލިބުނެވެ. އެހެންވެ އޭނާ ދެން ކަރަންޓީންވެފައި ވަނީ ގޭގެ ކައިރީގައި ހުރި ގަހެއްގެ މަތީގައި ތަންމަތި ތައްޔާރުކޮށް އެތަނުގައެވެ.

ގަހުގެ މަތީގެ ގޮފިތަކުގައި އޮނުން އަށްޓެއް ތައްޔާރުކޮށް އެގަހުގައި އެކަހެރިވެގެން އިންނަން ޖެހުނީ އެނޫން އެހެން ގޮތެއް ނެތިގެންނެވެ.

ޝިވާ ނަމަކަށް ކިޔާ މި ޒުވާނާއަކީ ހައިދުރަބާދުގެ ކޮލެޖެއްގައި ކިޔަވަމުންދާ ޒުވާނެކެވެ. ނަމަވެސް ކޮރޯނާ ވައިރަސްގެ ހާލަތު ގޯސްވެ، ވައިރަހަށް ފައްސިވާ މީހުންގެ އަދަދު އިތުރުވުމުން ކިޔެވުން މެދު ކަނޑާލާ ޝިވާ ގެއަށް އައީ ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.

ޝިވާގެ އާއިލާ ބޮޑު ނަމަވެސް ދިރިއުޅެމުން ދިޔައީ ކުޑަކުޑަ ގެއެއްގައެވެ. އޭނާ ކޮވިޑަށް ފައްސިވުމުން އެކަހެރިވާނެ ގޮތަކާއި މެދު ވިސްނާވިސްނާ، އެންމެ ރަނގަޅު ހިޔާލަކަށް އައީ ގަހުގައި ކަރަންޓީނުވުމަށް ކަމަށް ''ދި ޕްރިންޓް'' ނޫހުގައިވެއެވެ.

މި ޒުވާނާ 11 ދުވަހު ވަނީ މި ގަހުގައި ހޭދަކޮށްފައެވެ. ކާތަކެއްޗާއި އެހެނިހެން ވެސް ތަކެތި ގަހުގެ މައްޗަށް އެރުވުމަށް ވާގަނޑެއް ތައްޔާރު ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. މޯޑު10

  އެސޮރު ކިހާ ރަނގަަަޅު. ދިވެއްސެއް ނަމަ ސަރުކާރަށް ހަޅޭ ލަވަމުން ދުވޭތޯ ބަލާނީ

  102
  8
  • ޢަލީ

   ސަރުކާރުން ރަެްޔިތުންނައް އެއްކަމެއްވެސް ނުކުރޭ. މި ބިލިއަނުން ފައިސާ ލިބޭ 400000 ހާ މީ ހުންޢުޅޭ ކުޑަ ރަށެއް. މޮޔައިންވެސް ރާއްޖޭގަ އުޅޭކަން އެނގޭ.

   9
   6
 2. އެމަންޖެ

  އިންޑިޔާގެ ހާލަތައް ދިވެހި ގައުމު ނުގޮސްގެން މިސަރުކާރު މިއުޅެނީ. ފުލް ލޮކްޑައުންއެއް ކުރާށޭ ކޮންދުވަހެއް މިހާރު.

  42
  4
 3. އަޙްމަދު

  ފެންވަރަނީ ކިހިނެއް؟ ކުޑަކަމުދަނީ ކިހިނެއް؟ ބޮޑުކަމުދަނީ ކިހިނެއް؟

  64
 4. ދެރަވޭ

  ތީ ވ.ހިތްވަރު ގަދަ ޒުވާނެއް..އެބައެއްގެ ހުރި ފެންވަރުން އެބަޔަކު އުޅެން މަސައްކަތްކުރާނީ..

  52
  1
 5. Anonymous

  ވާރޭ ނުވެހޭތަ؟

  12
  2
 6. ކޭ

  ފާހާނަ ކުރަން ޖެހުނަސް މީހުންނަށް ފެންނާނެ.