ޣައްޒާގެ 10 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ ހިތުގެ އުދާސްތައް ކިޔައިދީފިއެވެ. މިއީ އަސަރުގަދަ އެތައް ވާހަކައެކެވެ.

މި ކުއްޖާގެ ދުލުން ކިޔައިދެނީ އިސްރާއިލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާ ތަކުގެ ސަބަބުން ދެރަވާ މިންވަރެވެ. ކުރަން ބޭނުންވާ އެތައް ކަމެއް ނުކުރެވޭ ވާހަކައެވެ.

"އަހަރެން ހުންނަނީ އަބަދު ވެސް ބަލިވެފައި، އެއްވެސް ކަމެއް ނުކުރެވޭ. (ބިމާ ހަމަވެފައިވާ ގެތަކަށް އިޝާރާތްކޮށް) ބަލާ މި ހުރިހާ ތަންތަން. އަހަންނަށް ކީއް ކުރެވޭނެ ކަމަށް ހީކުރަނީ؟ އެ ތަންތަން އަލުން އިމާރާތް ކުރެވޭނެ ކަމަށް؟ އަހަންނަށް އެންމެ 10 އަހަރު. އަހަންނަށް ދެން މި ކަންތައް ތަކަކާއި ކުރިމަތި ނުލެވޭނެ" އެ އަންހެން ކުއްޖާ މިއިން ކޮންމެ ލަފްޒެއް ބުނެލަނީ ހިތާމައާއި އެކުއެވެ.

"އަހަރެން ބޭނުން ޑޮކްޓަރަކަށް ވާން. އަހަރެންގެ މީހުންނަށް އެހީވެވޭ ކަހަލަ މީހަކަށް ވާން ބޭނުން. އެކަމަކު، ނުވެވޭ. އަހަންނަކީ ކުޑަ ކުއްޖެއް. އަހަންނަކަށް ނުވެސް އިނގޭ ކުރަންވީ ކަމެއް. ބިރުގަނޭ، އެކަމަކު އެހާ ބޮޑަކަށް ނޫން."،


އެ ކުއްޖާ ބުނީ އޭނާ އެ މީހުންނަށް ޓަކައި ކޮންމެ ކަމެއް ވެސް ކޮށްފާނެ ކަމަށާއި، އެކަމަކު އޭނާއަށް ކުރަންވީ ކަމެއް ނޭނގޭ ކަމަށެވެ.

އޭނާ އެ ވާހަކަތައް ދައްކަމުން ދިޔަ އިރު، ބިރުން ހުރި ކަމާއި، ހަދާނެ ގޮތް ހުސްވެފައި ހުރިކަން ހާމަވެގެން ދެއެވެ.

ޣައްޒާއިން ފެންނަމުންދާ މަންޒަރުތައް ފެންނަ ކޮންމެ ފަހަރަަކު ހިތުގަ ޖެހި ރޮވޭ ކަމަށް އެ ކުއްޖާ ބުނެއެވެ. އަދި ހަމަލާތައް ލިބި، މި ހާލުގައި ޣައްޒާ މީހުން ދިރިއުޅެން ޖެހިފައިވަނީ ކީއްވެތޯ އަމިއްލަ ނަފްސާ ސުވާލުކުރެވޭ ކަމަށްވެސް އަސަރާއެކު އޭނާ ބުނެފައި ވެއެވެ.

އަދި އެ ހަމަލާތައް އަމާޒުވާންވީ ޣައްޒާގެ ރައްޔިތުން ކިހިނެއް ކަންތައް ކުރާތީކަން އިނގެން ބޭނުންވާ ކަމަށް އޭނާ ބުނެއެވެ.

އާއިލާ މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުން އިސްރާއިލްގެ އަނިޔާވެރި ޔަހޫދީންނާއި އިސްތިއުމާރީ ސިފައިންގެ ހަމަލާތައް ޣައްޒާގެ އާންމު ރައްޔިތުންނަށް އަމާޒު ވަމުން ދަނީ މުސްލިމުންނަށް ވީތީ ޣައްޒާ މީހުން ދެކެ އަންނަ ރުޅިއާއި ކުރާ ނަފްރަތުގެ ސަބަބުން ކަމަށް އޭނާ ބުނެފައެވެ.

އެ ކުއްޖާ އިތުރަށް ބުނެފައި ވަނީ ވަށައިގެން މިތަނުގައި އުޅެނީ ކުޑަ ކުދިން ކަމަށާއި އެކުދިންނަށް އަނިޔާވާނެހެން މިސައިލް ހަމަލާތައް ފޮނުވުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 200 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 61 ކުޑަކުދިން ހިމެނެއެވެ،

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. 😭😭😭

    އަޅުގަނޑުމެން ދިވެހިން މި ތިބީ ޕަލަސްތީންގެ ރައްޔިތުންނާއެ ކު.. ޔާ ﷲ ޕަލަސްތީންގެ މުސްލިމުންނަށް ކެތްތެރި ކަމާއި ނަސްރު ދެއްވާފާންދޭވެ.. އާމީން
    އަދި އިސްރާއިލު ގެނުބައި އަމަލުތައް ހުއްޓުވައި ދެއްވާފާންދޭވެ. އާމީން

    56
  2. 😭😭😭

    އަޅުގަނޑުމެން ދިވެހިން މި ތިބީ ޕަލަސްތީންގެ ރައްޔިތުންނާއެ ކު. . ޔާ ﷲ ޕަލަސްތީންގެ މުސްލިމުންނަށް ކެތްތެރި ކަމާއި ނަސްރު ދެއްވާފާންދޭވެ. އަދި އިސްރާއިލު ގެނުބައި އަމަލުތައް ހުއްޓުވައި ދެއްވާފާންދޭވެ. އާމީން 💕

    41
    2
  3. މަންމައެއް 🇵🇸

    އަސްލުވެސް ދެޓްސް ނޮޓް ފެއަރ ދޫންޔާ!! ޔާ ޖައްބާރު، ޔަހޫދީން ނެތި ކުރައްވާށި!!💔

    41
  4. މަގޭ

    ނޫން ދަރިފުޅާ. މާތް ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު، ދަރިފުޅުމެން ޖަންނަތުގަ އުފަލުން ނަށާއި އިރު އެ ޖާހިލު ޔަހޫދީން ގަދަފަދަވޭނުގަ އަލިފާނުގަ އަދާނެ. ކެތްކުރޭ ހިތްވަރުކުރޭ،.. އަބަދުވެސް ދަރިފުޅުމެންނާއެކުވަން، ޑޮކްޓަރަކަށްވެސް ވެވޭނެ އިންޝާ ﷲ