ޕޮޕް ލަވަކިޔުންތެރިޔާ އާރިޔާނާ ގްރާންޑޭ ކައިވެނިކޮށްފިއެވެ.

އުމުރުން 27 އަހަރުގެ ލަވަކިޔުންތެރިޔާ ކައިވެނި ކޮށްފައި ވަނީ އެމެރިކާގެ ކެލިފޯނިޔާގައި ހުންނަ އޭނާގެ އަމިއްލަ ގޭގައެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި އާރިޔާ ގްރާންޑޭގެ ކައިވެންޏަށް ބޭއްވި ހަފްލާއަށް ގޮސްފައި ވަނީ 20 މީހުންނެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި އާރިޔާނާ ވަނީ އެންގޭޖް ވެފައިވާކަމަށް ބުނެފަ އެވެ. އާރިޔާނާގެ ކައިވެންޏަށް ދެ އާއިލާއިންވެސް މީހުން ގޮސްފައިވާއިރު ކުޑަގޮތަކަށް ބޭއްވި އެ ކައިވެންޏާ މެދު ވަރަށް ހިތްހަމަޖެހޭކަމަށް އާރިޔާނާ ވަނީ ބުނެފައެވެ.

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާރިޔާނާ ގްރާންޑޭ ކައިވެނިކޮށްފައި ވަނީ ޑެލްޓަން ގޮމޭޒް ކިޔާ މީހަކާއެވެ. ގޮމޭޒް އާއި އާރިޔާނާ ގުޅިގެން އުޅޭތާ މިހާރު އަހަރެއްހާ ދުވަސްވެދާނެއެވެ.

އާރިޔާނާ އާއި ގޮމޭޒް ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް ނުކުމެފައި ވަނީ މެއި މަހުއެވެ. އަދި އެ މަހު ދެމީހުން އެކީގައި އަތް ޖޯޑުކޮށްގެން ތިބި ފޮޓޯއެއް އާރިޔާނާ ވަނީ އޭނާގެ އިންސްޓަގްރާމަށް ވެސް ލައިފައެވެ.

ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހު އާރިޔާނާ ވަނީ އޭނާގެ ހަ ވަނަ ލަވަ އަލްބަމް ރިލީޒް ކޮށްފައެވެ. އެ އަލްބަމަށް ބޮޑު ތަރުހީބެއް ލިބި ޔޫކޭ އަދި ޔޫއެސްގައިވެސް އެންމެ ހިނގި އެއް އަލްބަމަށް ވެގެންދިޔައެވެ.

އާރިޔާނާ އެންމެ ފަހުން އެންގޭޖް ވެފައި ވަނީ ޔޫއެސް ކޮމެޑިޔަން އަދި އެކްޓަރު ޕީޓާ ޑޭވިޑްސަން އާއެވެ. ނަމަވެސް މީގެ ދެ އަހަރު ކުރިން އެ ދެމީހުން ވަނީ ވަކިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    I'm not a fan of her tho but anyways congra ariana 😊

    10