އިނގިރޭސިވިލާތަށް ނިސްބަތްވާ ކަމަށް ބެލެވޭ އަންހެނަކު ރާއްޖެއަށް ޖޯކު ޖަހައި ޓްވިޓާގައި ވާހަކަދެއްކުމުން ދިވެހިން، އޭނާ ސައިޒް ކޮށްލައިފިއެވެ.
އިސްރާއިލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކާއި ދެކޮޅަށް ގިނަ ބަޔަކު އަންނަނީ އަޑު އުފުލަމުންނެވެ. އިސްރާއިލުގެ އަމަލުތައް ކުށްވެރިކޮށް، ފަލަސްތީނުގެ އާންމު ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ބޮޑަތި ޖަރީމާތައް ހުއްޓާލުމަށް ގިނަ ބަޔަކު އަންނަނީ ގޮވަމުންނެވެ. އޭގެ ތެރޭގައި ދިވެހިން ވެސް ހިމެނެއެވެ. މީސް މީޑިއާ ޕްލެޓްފޯމް ތަކުގައި ވެސް ދިވެހިން އަންނަނީ ފަލަސްތީނާއި އެކުގައި ތިބިކަން ދައްކުވައި ދެމުންނެވެ.
https://twitter.com/ENercessian/status/1394307664814002191?s=20
މިގޮތަށް އިއްޔެގެ ވަގުތެއްގައި ދިވެހި ޒުވާން އަންހެނަކު ފަލަސްތީނާއި އެކުގައި ހުރިކަން ސާބިތު ކޮށްދިނުމަށް ކޮށްފައިވާ ޓްވީޓަކަށް އެޑިތް ނަމަކަށް ކިޔާ މި އަންހެން މީހާ ކޮމެންޓް ކުރުމުން ދިވެހިންގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ،
އެ ޒުވާނާ ކުޑަކުޑަ ރާއްޖެ، އިސްރާއީލް ދެކެ ބިރު ނުގަންނާނެ ކަމަށް ބުނެ ކުރި ޓްވީޓަށް އިނގިރޭސި ވިލާތައް ނިސްބަތްވާކަމަށް ޕްރޮފައިލްގައި ބުނެފައިވާ އަންހެނަކު ކޮމެންޓުކޮށް، ރާއްޖެއަށް މަލާމާތުގެ ބަސްތައް ބުނެފައިވެއެވެ. އެގޮތުން މި އަންހެން މީހާ ވަނީ ރާއްޖެއަށް ކުރެވޭނީ ކޮންކަމެއްތޯ އާއި ވެދެވޭނީ ކޮން އެހީއެއް ކަމާއި މެދު ސުވާލު ކޮށްފައެެވެ.
"ކީއް ކުރެވޭނީ؟ ފޮނުވޭނީ އައިސްކްރީމެއްތަ ނޫނީ ވެލިކޮޅެއްތަ؟" ބިދޭސީ އަންހެން މީހާ ބުނެފައިވެއެވެ.
How about we send you some cursed prayers? 🤔
— Shumba Gong (@ShumbaGong) May 17, 2021
އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ބިދޭސީ އަންހެން މީހާއަށް ދިވެހިން ދިޔައީ ރައްދު ދެމުންނެވެ. މި ޓްވީޓު ވަނީ ސޯޝިއަލް މީޑިއާގައި މީހުން މުނިފޫހި ފިލުވާލަދޭ މީމް އަކަށް ވެސް ވެފައެވެ.
No one:
Edith reading all the comments pic.twitter.com/D4jcA3MTYk— Shiu 🇲🇻 🇵🇸 (@AishathShiufa) May 17, 2021
ގިނަ ބަޔަކު މިކަމަށް ފާޑު ކިޔައި ރައްދު ދެމުން އަންނަ އިރު ބައެއް މީހުން ބުނެފައިވަނީ ދިވެހިންނަށް މަލާމަތްކޮށް ނުކުރުމަށް ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށެވެ. އިސްރާއިލާއި ހަނގުރާމަ ކުރުމަށް ބޮޑު ލަޝްކަރެއް ރާއްޖޭގައި ނެތް ނަމަވެެސް، މީސް މީޑިއާގައި ހަނގުރާމަ ކުރުމަށް ގިނަ ބަޔަކު ތިބިކަމަށް ބުނެފައެވެ.
https://twitter.com/Ibberiza/status/1394364963616030722?s=20
ބިދޭސީ މި އަންހެން މީހާއަށް ރައްދުދީ ބައެއް މީހުން ކޮށްފައިވާ ކޮމެންޓުގައި އިލޮޝިފަތީގެ ބާރު ގަދަވާނެ ކަމަށާއި ދިވެހިންނަކީ އިލޮޝިފައްޗަށް ފަރިތަ ކުޅަދާނަ ބައެއް ކަމަށް ބުނެފައިވެއެވެ. ރާއްޖޭގެ ރީތި ދޮންވެލިގަނޑު ތަކުގެ މަންޒަރުތައް ޓްވީޓުކޮށް، ރާއްޖެއަށް ރީތި ދޮންވެލި ގަނޑެއް ލިބިފައި އޮތް ނަމަވެސް، އިނގިރޭސި ވިލާތައް ލިބިފައި އޮތީ ކޯއްޗެއްތޯ ބައެއް މީހުން ސުވާލު އުފައްދާފައިވެއެވެ.
You have no value to say anything about Maldives!
If you want a bit of sand, then I can send it to you! 🙄 But please brush your teeth with it! 😌— Faruha Adnan (@faruu_07) May 18, 2021
ފޯރީގައި ދިވެހިން ބިދޭސީ އަންހެން މީހާ 'ހޫނު ފެނަށް' ލައިފައި ވާއިރު މިކަން މިހާރު ވެފައިވަނީ ބޮޑު ސަކަރާތް ގަނޑަކަށެވެ. ދިވެހިން ސާބިތު ކޮށްދީފައިވަނީ ތިބޭނީ ފަލަސްތީނާއި، އެކުގައި ކަމާއި، ރާއްޖެއަށް ބަދުބަސް ބުނުމުގެ ފުރުސަތު ނުދޭނެ ކަމެވެ.
🤭🤭🤭🤭🤭
މިހެން ބުނާކައް ބޭނުމެއް ނޫން.. އެކަމަކު އަޅުގަނޑުވެސް ވަނީ ފަލަސްތީން އާއި އެކު.. ބުނަން މި އުޅެނީ ދެން އިޒްރައިލުން މިތަނައް ބޮން އަޅަން އައްޔާ ތިޔަބުނާ އިލޮށިފައްޗެއްގެ ބާރު ދެއްކޭނެތޯއޭ.. އެހީވަންޏާ އެހީވޭ މި ކުޑަ ރާއްޖޭގަ ހަނގުރާމަ ކުރަން ނޫޅޭ… ބުނެލާ ކުޑަ ބަހަކުންވެސް ބޮޑު މުސީބާތަކާ ކުރިމަތިވެދާނެ… މިހާރުވެސް މިއުޅެނީ ބައްޔެއްގެ ފަރުވާ ނުހޯދިގެން… ބޮންވެސް ގޮއްވަނީ… ނަމާދު ކޮއްފަ ދުޢާ ކުރުން ނޫން ގޮތެއް ނެއް… މި އޮތީ ދުނިޔޭގެ ނިމުން އައިސް ޖެހިފަ…
ހޫ.. ކަލޭ އޮންނަން ވީނުން ބިރުން ރަޖާލައިގެން އޭރުން ދުނިޔެ އެއް ނުނިމޭނެ.
އަލީ ކަލޭ ދާންވީނު ފަލަސްތީން ޖިހާދައް ގަދަ މީހާ