ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން ފަލަސްތީނުގެ 3،000 ދިދަ ހިލޭ ބެހުމަށް ނިންމައިފިއެވެ.

އިންސްޓަގްރާމްގައި ކައިޒީން މިއަދު އާންމު ކުރި ޕޯސްޓެއްގައި ވަނީ ފަލަސްތީންގެ ދިދަތައް ހިލޭ ބެހުމަށް ނިންމާފައި ވަނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން ކަމަށެވެ. އޭނާ ބުނި ގޮތުގައި، ދިދަ ލިބޭނީ އެމް7 ގެ ބުކްޝޮޕްތަކުންނެވެ.

އެމް7 ގެ އައުޓްލެޓްތައް މާލެ އާއި ހުޅުމާލޭގައި ހުންނަ އިރު، އެ ތަންތަނަށް ދާ ކޮންމެ މީހަކަށް 10 ދިދަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކައިޒީން ބުނީ މި ދިދަތައް އެ އައުޓްލެޓްތަކުން ދޭ އިރު، އެއްވެސް އަގެއް ނުނަގާނެ ކަމަށެވެ.

ކައިޒީން ބުނީ މިއީ އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް ދިވެހި ރައްޔިތުން ފަލަސްތީނާއެކު ތިބިކަން މުޅި ދުނިޔެއަށް އަންގައިދިނުމުގެ ގޮތުން ރާއްޖޭގައި ކުރިއަށް ގެންދާ ހަރަކާތްތަކަށް އެހީތެރިވާން ކުރާ ކަމެއް ކަމަށެވެ.

ކައިޒީން ވަނީ އިސްރާއީލުން، ފަލަސްތީންގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން އަންނަ އިންސާނިއްޔަތާ ހިލާފު އަމަލުތައް ކުށްވެރިކޮށްފައެވެ. އަދި ފަލަސްތީނާއެކު ތިބި ކަން ހާމަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެ، ފަލަސްތީނުގެ އަހުންނާއި އުހްތުންނާ އެކު ތިބި ކަން ހުރިހާ ދިވެހިން ވެސް ދައްކައި ދިނުމަށް އޭނާ ވަނީ ވަރަށް ބޮޑަށް އެދިފައެވެ.

"އަހަރެންނަކީ ދިވެއްސެއް، އަހަރެން މިހުރީ ފަލަސްތީނާއެކު،" ކައިޒީން ނިންމާލަމުން ބުނެފައިވެއެވެ.

އިސްރާއީލުން ފަލަސްތީންގެ ޣައްޒާ އަށް ދެމުން އަންނަ ވަރުގަދަ ހަމަލާތަކުގައި މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 60 ކުޑަކުދިން ހިމެނެއެވެ. އިސްރާއީލުން ތަކުރާރުކޮށް ބުނަމުން ދަނީ ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ. އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް ހާހަކަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން އެތައް ސަތޭކަ ގެއަކާއި އިމާރާތެއް ބިމާ ހަމަވެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑި، ބޯފެން ހޮޅިތައް ފަޅައިގެން ގޮސް، ނަރުދަމާ ނިޒާމަށް ވެސް ވަނީ ބުރޫ އަރައިފައެވެ.

ޔަހޫދީންގެ އުދުވާނީ ހަމަލާތަކުގައި ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދުގެ 20 މީހަކު ޝަހީދުވެފައިވާ އިރު، އެ ދެ ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާތަކުގައި އެ ގައުމުގެ 10 މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. މުހުމްމަދު

    ކައިޒިން ދޭ ހަދިޔާގަ ނުހިފާތި އެއްވެސް ކުއްޖަ ކު..

    81
    27
  2. ދެރަ ދޯ ދެން ވަރަށް

    މަންޖޭ ދިދަ ދިނުން ރަނގަޅޭ....... އައުރަ އޭ ނިވާ ކުރަން ވީ

    136
    9
  3. މަންތިރި

    އެހީ ވާންވީ ފަލަސްތީނު ރައްޔިތުންނަށް

    115
    2
    • ކުޅަދާނަ

      މި ކައިޒީން އަތުގައި ކިތަންމެ ލާރި ހުއްޓަސް
      މީނާޔަކީ ވަރަށް ދަހި ކިބުރުވެރި ފޮނި އަންހެނެއް
      ހިއެއްނުވޭ ލާރި ގެ އެހީއެއްދޭނެކަމެއް

      12
      3
  4. ކައިޒީން އަށް ހެޔޮ އެދޭ

    މުސްލިމުންނަށް ކޮށްދޭ ކަންނަމަށްޓަކާ ކައިޒީން އަށް ހެޔޮ ރަހްމަތް ލައްވާށި އަދި ކައިޒީންއަށް ހެޔޮވިސްނުން ދެއްވާ އައުރަ ނިވާކުރުމުގެ ހިދާޔަތުވެސް ދައްކަވާށި

    147
    7
    • ހެޔޮއެދޭ

      އާމީން.

      60
      1
  5. މަން

    އެންމެ ރަނގަޅު އެހީ އަކީ ސިއްރީޔާތުގައި ދޭ އެހީ . ދިދަ ބެހިޔަސް ، އެހީ ވެފައި އޮވެދާނެ 🙂

    90
    4
  6. ޙުސައިން

    ފުރަތަމަ ލާރި ހޯދީ ރަނގަޅައްތޯ އަހާ ބަލަ

    38
    6
  7. ރަދީފުލް ކުމާރު

    ކައިޒީން ތިކުރާހިތްވަރަށް ހަމަ ސާބަސް.

    26
    20
  8. ޕާޕަ ޕާޕާ

    3000 ދިދައިގެ ތެރެއިން 2 ދިދައިން ކަލޭގެ އައުރަ ނިވާ ކުރެވޭނެ. ނަމެއްގައި މުސްލިމުން މަޝްހޫރުވާން އޮޕޮޗްނިޓީގެ ބޭނުން ނުހިފައި ފުރަތަމަ ކުރަންޖެހޭކަން ނުކޮށް ދެން ކީއްކުރަން ؟

    61
    11
    • ހޫ

      ކަލޭގެ އަނގައަށް ކޮއްޕިއްޔާ މާރަނގަޅު ވާނެ.

      8
      5
      • helps out poorer nations by bringing them business.

        ކީކޭ ތި ކިޔަނީ

  9. ތަކުރު

    ތިޔަ ދިދައިން ތިމާގެ އައުރަ ނިވާކުރާނަމަ ފަލަސްތީން މީހުން މާއުފާވާނެ،

    51
    8
  10. މަ

    ޙަރުބީ ކަަފަރުން ފަލަސްތީނަށް ތާއީދު ކޮށް ވާހަކަދެއްކީމަ ޝުކުރު އަދާކޮށްފަ ކައިޒީން ފަލަސްތީނަށް ތާއީދު ކުރީމަ ކަލޭމެނަށް ކަރިތެރެއިން ނުދިރިގެން ތިއުޅެނީ ކިއްވެތަ؟؟ ޙިތުގެ އަޑިން އެޔޮ އެދޭނަމަ ތިުަ ގޮތަށް ކަނޑުކޮހުން އުޅެހެނެއް ނޫޅޭނެ. ށާބަހޭ ކައިޒީން .

    26
    25
  11. Happy 123

    މމޕރސ ފައިސަާތޯ ރަގަޅަށް ބަލާތި.. ތިފއިސާގަ ހިފިމީހަކު މިހާރުނެތް🤭

    18
    5
    • ާަމަަހުަވަަަ

      މާތްﷲ އަހަރެމެން އެންމެންނަކީ ނިޢްމަތްތަކަށް ޝުކުރުވެރިވާ ބަޔަކަށް ހައްދަވާށި. އަދި މުސްލިމް އެންމެހާ ގައުމު ތަކެއްގައި ހިނގާ ހަނގުރާމަތައް ނިމުމަކަށްގެނެސް މުސްލިމުންނަށް ނަސްރު ދެއްވާށި. އާމީން.

      3
      1
  12. ނަޢީމް

    ޖަވާބު ދީފާނަންތޯ މި ސުވާލަށް! މީނާ ފައިސާ ހޯދަނީ ކިހިނެއްތޯ؟

    30
    8
  13. ސަފަރު ކައްދަގެ ތިއްތިބެ

    މިދެވެހީންނަށް ކީއްކުރަން މަންޖެ ދިދަ ލިހޭ ތިބަހަނީ! ބޭކާރު! ތިލާރި ކޮޅުވެސް ފަލަސްތީނު މީހަކަށް ދިންނަމަ. ފެންފުޅިއެއް ވެސް ގަނެވިދާނެ ތޯއްޗެއް!

    23
    3
  14. Anonymous

    ހެދުން ލައިގެން އޮރިޔާމުން އުޅޭ މީހަ ކު ދޭ އެއްޗެއްގާ ހިފާން ލަދުގަނޭ.

    12
    7
  15. ލަދު

    ޝުކުރުއްޔާ ކައިޒީން. ދިވެހިންނަކީ ވަރަށް ޒާތީވާބައެއް. އަޅާނުލާ. ހެޔޮވިސްނުން ދެއްވާށި

    12
    7
  16. ޢަލި

    މަވެސް ދީފާނަން ހިލޭ ދިދަ... އެކަމު ހަލާލު ފައިސާ އިން

    12
    4
  17. ޒަކީ

    .އޭނަ ހުންނަނީ އައުރަ ނިވާނު ކޮށްތަ؟.

    11
    3
  18. ދިވެހިން

    މައްސޫރު ވެވެން އޮތް ކަމެއް ވިއްޔާ ކުރާ ހިތްވެދާނެ ދެން ބޭނުންވަނީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާން، އެއީ ކީއްވެގެން..

    ދިދަ ބަހައްޓާފައި، ފަލަސްތީނުގެ ރައްޔިތުންނަށް ފައިސާ ފޮނުވަމާ،އަދި ހެޔޮ ދުޢާ ކުރަންވީ..

    12
    1
  19. މިއީ ހައްގު ތެދު

    ރަގަނޅު ވާހަކައެއް...ސަބަބަކީ ތީނަ ހިތުގައި ރަހުމް އުފެދިގެން ކުރާ ކަމެއް ބުނާ ބަހެއްނޫން
    ކަންދައްކާ..ދިވެހިންގެ ތާއީދު ހޯދަން..ކަލެއަށް 50000ހާހައްވުރެ ގިނަ ޑޮލަރު ވެސް ދެވި ދާނެ..އެކައުންޓުތައް ލާރިން ފުރިފައިވަނީ

    12
    6