އިންޑިޔާގެ މަހާރަޖްޕޫރްގައި ކައިވެނި ޕާޓީއެއްގެ ތެރެއިން ކައިވެނިކުރަން ތައްޔާރުވަމުން ފިރިހެންމީހާ ގެއްލުމުން ކައިވެނި ކުރަން އުޅުނު އަންހެން މީހާ އެ ޕާޓީއަށް ދިޔަ އެހެން ފިރިހެނަކާ ކައިވެނި ކޮށްފި އެވެ.
މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ކައިވެނި ކުރަން ހަމަޖައްސާފައި ހުރި ފިރިހެން މީހާ ޕާޓީގެ ފަހުން ފެނިފައި ނުވެ އެވެ. ފިރިހެން މީހާގެ އާއިލާއިން އަދި އަންހެން މީހާގެ އާއިލާއިންވެސް ފިރިހެން މީހާ ހޯދުމަށް ކުރި މަސައްކަތުންވެސް އެނާ ފެނިފައި ނުވެ އެވެ.
ޕާޓީތެރެއިން އަންހެން ކުއްޖާ އެހެން ފިރިހެނަކާއި ކައިވެނި ކުރަން ނިންމީ ދެމީހުންގެ އާއިލާއިންވެސް ރުހިގެން ކަމަށް ވެއެވެ.
ކައިވެނި ކުރަން ތައްޔާރުވެފައި ހުރި ފިރިހެންމީހާ ޕާޓީ ތެރެއިން ގެއްލުނީ ކަމަށް އަންހެން ކުއްޖާގެ އާއިލާ އަށް ގަބޫލު ނުކުވެއެވެ. އެހެންވެ އެންމެ ފަހުން އެހެން ފިރިހެނަކާއި އަންހެން މީހާ ކައިވެނި ކުރުވުން ނިންމީ ކަމަށް އެ އާއިލާއިން ބުނެފައިވެއެވެ.
ފިރިހެން މީހާ ގެއްލުމާއި ގުޅިގެން އެ މައްސަލަ ފުލުހަށްވެސް އޭނާގެ އާއިލާއިން ވަނީ ހުށައަޅާފައި އެވެ. ފުލުހުން ބުނީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދާ ކަމަށެވެ.
އިންޑިޔާގެ ސަގާފަތުގެ ތެރެއިން ކައިވެނި ހަފްލާތަކަކީ ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ ހަފްލާއެކެވެ. އިންޑިޔާގައި އާންމުކޮށް ދެގޮތަކަށް ކައިވެނި ކުރެއެވެ. އެއީ ދެ އާއިލާއިން ނިންމާ މީހަކާއި ދެމީހުން ކައިވެނި ކުރުވުމާއި ލޯބިވެގެން ދެމީހުން ކައިވެނި ކުރުމެވެ.
ތި ހަފުލާޔަށް މަށައް ދެވުނުނަމަ ދޯ.....