ބާރުގަދަ "ޓޮކްޓޭ" ތޫފާނުގެ އަސަރު އިންޑިއާގެ މުމްބާއީ އަށް ކުރީ މިދިޔަ ހޯމަ ދުވަހުއެވެ. މި ތޫފާނުގެ ސަބަބުން ވައިގަދަވެ، ވިއްސާރަވެ، ގަސްތައް މުލުން ލުހެލާ، އަދި ބައެއް ސަރައްހައްދުތަކުން ކަރަންޓް ވެސް ދިޔައެވެ.

މި ތޫފާނުގެ އިންޒާރުތައް ސަރުކާރުން ކުރިން ދީފައިވީ ނަމަވެސް ތޫފާނުގެ ސަބަބުން އެތައް ގެއްލުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މި ތޫފާނުގެ ސަބަބުން ބައެއް ބޮލީވުޑުގެ ފަންނާނުންގެ އޮފީސްތަކާއި ގެތަކަށް ވެސް ވަނީ އަސަރު ފޯރައިފައެވެ.

ތޫފާނުގެ އަސަރު ކުރި ތަރިން:

ރަންބީރު ކަޕޫރު

މުމްބާއީގައި ރަންބީރު ކަޕޫރުގެ އާއިލާ އިން އިމާރާތް ކުރަމުންދާ ގެއަށް ވެސް ވަނީ މި ތޫފާނުގެ އަސަރު ކޮށްފައެވެ. ހޯމަ ދުވަހުގެ ރޭ އައި މި ތޫފާނުގެ ސަބަބުން ރަންބީރުގެ ގެ އިމާރާތް ކުރަމުންދާ ސަރަހައްދުގެ ވަންނަ ދޮރާއި ދިމާއަށް ބޮޑު ގަހެއް ވެއްޓި މުޅި ސަރަހައްދު ބަންދުވެފައިވެއެވެ.

މީގެ ކުރިން ރަންބީރާއި އޭނާގެ މަންމަ ނީތޫ ކަޕޫރުއާއި އޭނާގެ ލޯބިވެރިޔާ އާލިއާ ބަޓް ވެސް ވަނީ މި ގެ އިމާރާތް ކުރާ ސަރައްހަދަށް ގޮސްފައެވެ.

އަމީތާބު ބައްޗަން

އަމީތާބު ބައްޗަން

 

ހޯމަ ދުވަހުގެ ރޭ އައި ތޫފާނުގެ ސަބަބުން އަމީތާބުގެ އޮފީސް ކަމުގައިވާ ޖަނަކް ފެން ބޮޑުވެފައިވާ ކަމަށް އަމީތާބުގެ ބްލޮގްގައި ލިޔެފައިވެއެވެ.

އޮފީސްތެރެ ފެންބޮޑުވެ އެތައް ގެއްލުމެއް ވެފައިވީ ނަމަވެސް ހިތްވަރު އެލުވާނުލާ ބާރު ސްޕީޑުގައި އެތަން އަލުން މަރާމާތް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އަމީތާބު ލިޔެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު