37 އަހަރުވަންދެން ޖެކީ ޝްރޯފުގެ މޭކަޕް އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރި ސަޝީ މަރުވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި ސަޝީ މަރުވުމުން، އެކްޓަރ ޖެކީ ޝްރޯފްއާއި އޭނާގެ އަންހެނުން، ފިލުމު ޕްރޮޑިއުސަރ އައިޝާ ޝްރޯފްގެ މީސް މީޑިޔާ އެކައުންޓު މެދުވެރިކޮށް ތަޢުޒިޔާ ކިޔައިފިއެވެ.

އިންޑިއަން އެކްސްޕްރެސް. ކޮމްއަށް ދިން އިންޓަވިއުއެއްގައި އައިޝާ ޝްރޯފް ބުނެފައިވަނީ މިދިޔަ އަހަރު ފުރަބަންދުގެ ދުވަސްވަރުން ފެށިގެން ސަޝީގެ ހާލަތު ރަނގަޅު ނޫން ކަމަށާއި އަދި މިދިޔަ ބުދަ ދުވަހު އޭނާ ފާހާނާ ތެރެއަށް ވެއްޓި ސްޓްރޯކެއް ޖެހިފައިވާ ކަމަށާއި މިދިޔަ ހޯމަ ދުވަހު ސަޝީ މަރުވެއްޖެ ކަމަށެވެ.

އައިޝާ ޝްރޯފް ކޮށްފައިވާ ޓުވީޓެއްގައި އޭނާ ބުނެފައިވަނީ އެންމެ ފަހު ވަގުތާއި ޖެހެންދެން ވެސް ސަޝީއަކީ ހީރޯއެއް ކަމަށާއި އޭނާ މަތިން ވަރަށް ހަނދާންވާނެ ކަމަށެވެ.

ޖެކީ ޝްރޯފު ކޮށްފައިވާ ޓުވީޓެއްގައި އޭނާ ބުނެފައިވަނީ އޭނާގެ ހިތުގެ ކަނެއްގައި އަބަދުވެސް ސަޝީ ވާނެ ކަމަށާއި ސަޝީއަކީ 37 އަހަރު ވަންދެން އޭނާގެ މޭކަޕް އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މީހެއް ކަމަށެވެ.

ސަޝީ ސަތަމް ވަނީ ފިލުމު ހަލްޗަލް، އަ ލަވް ސްޓޯރީ، އަދި ކަރްޒް ފަދަ ފިލުމު ތަކުގައި މަސައްކަތް ކޮށްފައެވެ. މީގެ އިތުރުން ސަޝީއަކީ 1990 އިގެ އަހަރުތަކާއި 2000 ގެ ކުރީ ކޮޅުގައި ރިޝީ ކަޕޫރާއި ޖެކީ ޝްރޯފުގެ ހުރިހާ ފިލުމެއްގައި ކަހަލަ ގޮތަކަށް އެމީހުންގެ މޭކަޕް ކޮށްދީފައިވާ މޭކަޕް އާޓިސްޓެކެވެ.

ޖެކީ ޝްރޯފް އެންމެ ފަހުން ފެނިފައިވަނީ ސަލްމާން ޚާނާއި އެކު ފިލުމު ރާދޭ އިންނެވެ.