ދުނިޔޭގައި އަނިޔާވެރި އެތައް ބަޔަކު އުޅެމުންދެއެވެ. އެފަދަ ބައެއް މީހުންނަކީ، އެމީހުންގެ އަމިއްލަ، އުފަން ދަރިންނަށްވެސް އަނިޔާކޮށް އިހާނެތިކޮށް ހަދާ މީހުންނެވެ. މައެއް ނުވަތަ ބަފައެއްގެ ކިބައިން ދޭން ޖެހޭ ލޯބީގެ ބަދަލުގައި، އެފަރާތްތަކުން ކުރަނީ އަނިޔާއެވެ. ދެނީ އެތައް ވޭނެކެވެ.

މިއީވެސް އެފަދަ މިސާލެކެވެ. ޗައިނާގެ ގުއިޔާންގ ގެ ގިންޒެން އަށް ނިސްބަތްވާ މި މީހާއަކީ އެފަދަ މީހެކެވެ.

"މެޓްރޯ ނިއުސް" އިން ބުނެފައިވާ ގޮތުގައި މި ފިރިހެން މީހާއަކީ، އޭނާގެ ތުއްތު އަންހެން ދަރިފުޅު އައްސާ، އެތައް އަނިޔާއެއް ކުރާ މީހެކެވެ. ކޮންމެ ދުވަހަކުވެސް މި މީހާ، އޭނާގެ އަންހެން ދަރިފުޅު، ފާޚާނާއަށް ލުމަށްފަހު، އެތަނުގައި ކުއްޖާ އައްސާފައި ބައިންދާކަމަށްވެއެވެ. އެކަން، އެކުއްޖާގެ އަތުން ފާހަގަވާންވެސް އެބަ ހުއްޓެވެ.

މީގެއިތުރުންވެސް، އެނޫހުން ބުނެފައިވާ ގޮތުގައި، މި ކުއްޖާއަށް ކާކަށްވެސް ނުދެއެވެ. ކޮންމެ ދުވަހެއްގެވެސް ހެނދުނު ހައެއް ނުވަތަ ހަތެއް ޖަހާއިރު ކުއްޖާ ފާޚާނާއަށް ލުމަށްފަހު ބައްޕަ ދަނީ ބޭރަށެވެ. އެނބުރި އަންނަނީ ކޮންމެ ރެއެއްގެވެސް 11 ޖެހުމަށްފަހުގައެވެ. ކާން ދެނީ އައިސްކަމަށްވެއެވެ.

މި ކުއްޖާގެ ފޮޓޯތައް އާއްމުވީ ކިހިނެއްކަމުގެ މައުލޫމާތު ލިބިފައި ނުވެއެވެ. އެހެންނަމަވެސް، ކުއްޖާގެ ބައްޕައަކީ ޤަވާއިދުން ބަނގުރާ ބޭނުންކުރާ މީހެކެވެ.

އިތުރަށް ރިޕޯޓުތައް ބުނާގޮތުގައި މި ފިރިހެން މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި، ކުއްޖާވަނީ ކުޑަކުދިން ބަލަހައްޓާ ތަނަކަށް ބަދަލުކޮށްފައެވެ. ކުއްޖާގެ މަންމަ ކޮބައިކަމެއްވެސް ނޭނގެއެވެ.