އޮސްޓްރިއާގެ ކޯރަކާއި ދިމާއަށް ކުއްލިއަކަށް ވެހިގަތް ބޯ ވާރޭގަނޑެއްގެ ވީޑިއޯ މީސް މީޑިއާގައި އާންމު ކުރުމުން ވަރަށް ބޮޑު ސަމާލުކަމެއް އެވީޑިއޯ އަށް ލިބިއްޖެއެވެ.

މިއާދަޔާއި ހިލާފު ވީޑިއޯ ކޮށްފައި ވަނީ ފިލްމް އުފެއްދުމުގެ މަސައްކަތުގައި އުޅޭ 27 އަހަރުގެ ޒުވާނެއް ކަމަށްވާ ޕީޓާ މައިއާއެވެ.

ޕީޓާ ބުނީ މިއީ ޕްލޭން ކޮށްގެން ނެތި ވީޑިއޯއެއް ނޫންކަމަށާއި ނަސީބު ރަނގަޅު ކަމުން އަތުގައި ޖެހުނު ވީޑިއޯއެއް ކަމަށެވެ.

އޭނާ ވީޑީއޯ ފޭސްބުކްގައި އާންމު ކުރުމާއި އެކު މަދު އިރުކޮޅެއްގެ ތެރޭގައި ވަނީ 1.4 މިލިއަން ވިއުސް އާއި 25000 ޝެއާސް ލިބިފައެވެ.