އިންޑިޔާގެ ފުލައިއޯވާ ( އުސްކޮށް ހަދާފައި ހުންނަ މަގުތައް ) ތަކާއި މެޓްރޯ ރެއިލްވޭތަކުގެ ތަނބުތަކުގައި މާގަސްތަކެއް އިންދުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެވެ. މިގަސްތައް އިންދާފައިހުރީ ޕޮޓްތަކެއް ގައެވެ.

ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މިކަންކޮށްފައިވަނީ އިންޑިޔާގެ ހައިދުރަބާދް މުނިސްޕަލް ކޯޕަރޭޝަން އިންނެވެ. މިހާތަނަށް މިގޮތަށް 40 ތަބެއްގައި ގަސް އިންދާފައިވާ އިރު ގަސް އިންދާފައި ހުންނަނީ ޕޮޓްތަކުގައެވެ. ގްޜޭޓަރ ހައިދުރަބާދް މުނިސްޕަލް ކޯޕަރޭޝަން ބުނި ގޮތުގައި މިއީ އިންޑިޔާ ފެހި ކުރުމުގެ އަމާޒުގައި ކުރިޔަށް ގެންދިޔަ ކަމެއް ކަމަށާއި މިފަދަ އިތުރު ޕުރަޖެކްޓްތައް ކުރިޔަށް އޮތް ތާންގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިފަދަ ގޮތަކަށް ތަބުތަކުގައި ގަސްތައް ހަރުކުރުމުން ގިނަ ބައެއްގެ ސަމާލުކަންވަނީ ލިބިފައެވެ. އަދި ކުރިޔަށް އޮތް ތާންގައި މިފަދަ ގޮތަކަށް އިންޑިޔާގެ އިތުރު ސިޓީ ތަކުގައި ހެދުމަށް ނިންމާފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓް ކުރެއެެވެ.

ކިޔުންތެރިންގެ ހިޔާލު