ކަހައިލާލް މިނާ ނަމަކަށް ކިޔާ އިންޑިޔާ މީހަކު އޭނާގެ އަނބިމީހާއާއި އޭނާގެ ދެ ދަރިން ވަރަށް ރަޙުމް ކުޑަ ގޮތަކަށް ކޯރާޑިއަކުން ހަމަލާދީ މަރާލައިފިއެވެ.

މިމައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވާ އިރު މިމީހާވަނީ ވަނީ އޭނާގެ އަނބިމީހާއާއި ދެދަރިން މަރާލި ކަމަށް އެއްބަސް ވެފައެވެ. މިމީހާ ފުލުހުންގެ ތަޙްޤީޤަށް ބުނެފައިވަނީ އޭނާގެ ދެ ކުދިން މަރާލީ އޭނާގެ އަނބިމީހާ މަރާލުމަށް ފަހުގައި ކަމަށާއި އެގޮތަށް އެކަން ކުރީ އޭނާ އަނބި މީހާ މަރަލުމުން މިނާ ޖަލަށް ދާނެކަން އިނގޭތީ ކަމަށެވެ. އަދި އެދެކުދިންނާއި ހަވާލު ވާނެ މީހެއް ނެތުމުން ދެކުދިންނަށްވެސް ކޯރާޑިން ހަމަލާދީ މަރާލީ ކަމަށެވެ.

އިންޑިޔާގެ ފުލުހުން ބުނި ގޮތުގައި މިމީހާގެ އަނބިމީހާ އޭނާގެ މަންމަގެ ގެޔަށް ދާތީ ވަރަށް ގިނަ ފަހަރު ބޮޑެތި ޒުވާބު ކުރިކަން ތަޙްޤީޤަށް އެނގިފައިވާ ކަމަށާއި، ބެލެވޭ ގޮތުގައި އަނބިމީހާ މަރާލާފައިވަނީ މިފަދަ މައްސަލައެއްގައި އޭނާގެ ރުޅި ކޮންޓްރޯލް ނުވެގެން ކަމަށެވެ.

މަރާލައިފައިވަނީ އޭނާގެ 30 އަހަރުގެ އަނބިމީހާއާއި 10 އަހަރުގެ ފިރިހެން ކުއްޖާއާއި 6 އަހަރުގެ ފިރިހެން ކުއްޖާ ކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު