ރޯމާ ދުވާލު އިންޑިޔާގެ ކޯޓެއްގެ ބޭރުގައި މީހަކު އޭނާގެ އަނބިމީހާއަށް ހަމަލާދީ މަރާލާފައެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި މިކަން ހިނގާފައިވަނީ އަނބިމީހާއާއި ދެމެދު ކުރެވުނު ޒުވާާބެއްގެ ތެރެއިން އަނބިމީހާގެ ކަރަށް ތޫނު އެއްޗެއް ހަރާލާ ޒަހަމްކޮށްލައިގެންނެވެ. އަދި މިކަން ހިނގާފައިވަނީ އިންޑިޔާގެ ކޯޓެއްގެ ބޭރުގައެވެ. މިކަން ހިނގިވަގުތު އެތަނުގައި ގިނަ އަދަދެއްގެ ފުލުހުންވެސް ތިއްބެވެ.

މިކަން ހިގިތާ މާ ގިނަ އިރުތަކެއް ނުވަނީ މިމީހާ ހައްޔަރުކޮށްފައިވާއިރު، ފުލުހުންގެ ތަޙްޤީޤަށް މިމީހާ ބުނެފައިވަނީ އެކަން ކުރީ އައި ރުޅިއެއްގެ ސަބަބުން ކަމަށެވެ. މިމީހާ ކިޔާދިން ގޮތުގައި އެމީހާ މީގެ ކުރިން ހައްޔަރު ކޮށްފައިވަނީ އޭނާގެ ދަރިފުޅާ ބެހިގެން ކަމަށް ބުނެ ކަމަށާއި ނަމަވެސް އެއީ ދޮގު ތުހުމަތެއް ކަމަށެވެ. ކޯޓުން އެމައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ބުނެފައިވީ ނަމަވެސް އޭނާގެ އަނބިމީހާ މިކަން ޤަބޫލު ނުކުރާ ކަމަށް މިމީހާ ބުނެފައިވެއެވެ.

ތަކުރާރުކޮށް ބުނުމުންވެސް އެކަން ޤަބޫލު ނުކުރުމުން އައި ރުޅީގެ ސަބަބުން ހަމަލާ ދެވުނީ ކަމަށްވެސް މިމީހާ ބުންޏެވެ.