ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އޭނާގެ އަނބިކަނބަލުން، އައިޝަތު ސާޒްލީންގެ ކައިވެންނަށް 25 އަހަރު ފުރިއްޖެއެވެ. ކައިވެންޏަށް 25 އަހަރު ފުރުމާއި ގުޅިގެން އުމަރު ވަނީ އޭނާގެ އަނބިމީހާއަށް ތައުރީފުކޮށް، މިދުވަހުގެ ހެޔޮއެދުންތައް އަނބިކަނބަލުންނަށް ފޮނުވާފައެވެ.

ކައިވެންޏަށް 25 އަހަރު ފުރުމާއި ގުޅިގެން އުމަރު ވަނީ މީސް މީޑިއާގައި ދެމަފިރިން އެކުގައި ނަގާފައިވާ ފޮޓޯއެއް ވެސް ހިއްސާކޮށް، އަނބިކަނބަލުންނަށް ލޯބީގެ ބަސްތައް ރައްދުކޮށްފައެޗެ

އެގޮތުން ފޭސްބުކުގައި އޭނާ ހިއްސާ ކޮށްފައިވާ ފޮޓޯ އާއި އެކީ ވިދާޅުވެފައިވަނީ އޭނާގެ ހުރިހާ ކަމެއް ނިންމަނީ އަނބިކަނބަލުން ކަމަށެވެ. އެއީ އޭނާގެ ބޯކޮށަންވާ ގޮތާއި އަޅަން ޖެހޭ ހެދުމާއި ޖަހަންވާ ސެންޓު ވެސް ހިމެނޭ ގޮތަށް ކަމަށް ވިދާޅުވެފައި ވެއެވެ.

އަދި އޭނާގެ މަންމަ އޭނާ ދެކެ ވާ ލޮތްބަށްވުރެ އޭނާގެ އަނބިކަނބަލުން ދެކެ މަންމަ ލޯބިވާ ކަމަށާއި ދަރިން ވެސް އޭނާގެ އަނބިމީހާ ދެކެ މޯ ބޮޑަށް ލޯބިވާ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ގޭގެ ފައިސާ އާއި، އިދާރީ ކަންކަމާ އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ ހުރިހާ ކަމެއްގެ ވެރިޔަކީ ވެސް އޭނާގެ އަނބިކަނބަލުން ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

"އެއީ އަހަރެންގެ 'ހޯމް' މިނިސްޓަރ އެވެ. ގޭގެ ވެރިޔާ އެވެ." އުމަރު ވިދާޅުވިއެވެ.

އުމަރު އާއި އޭނާގެ އަނބިމީހާގެ ފޮޓޯއަށް 3،000 އަށް ވުރެ ގިނަ ލައިކް ލިބިފައިވާއިރު، 500 އެތައް ކޮމެންޓެއް ލިބިފައިވެއެވެ. އަދި 400 އަށްވުރެ ގިނަ މީހުން އެ ފޮޓޯ ޝެއާ ކޮށްފައިވާއިރު، ގިނަ ބަޔަކު ވަނީ އެދެމަފިރިންގެ ދުވަހާއި ގުޅިގެން "ރީތި" ބަސް ބުނެފައެވެ.

އުމަރާއި ޝާޒްލީންގެ ކައިވެންޏަށް 25 އަހަރު މިއަދު ފުރުނިއިރު، މި ދެމަފިރިންގެ ހަތަރު ކުދިން ތިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބިކަ

    ކައިވެނީގެ ފަންސަވީސް އަހަރުގެ ދިގު މުއްދަތަށް މަރުހަބާ އުމަރު
    ފޮޓޯ ހީވަނީ އެކަމަކު ފަނަރަހެން

    80
    1
  2. އެމަންޖެ

    ސާޒްލީންއާ ވާހަކަ ދައްކާލެވޭނެ ގޮތެއް ވާނެތަ ބޭނުން ތިމަންނަގެ ފިރިވެސް އުމަރުހެން ހާނުވަލަން...މަރުޙަބާ ދެކުދިންނައް.

    59
    2
  3. ސލ

    އުމަރުގެ ދު ކަނބަލުން ތިޔަ ދައް ކަވައިދެއްވާ ރީތިމިސާލި ކީ
    މުޖުތަމަޢުއަށް އޭގެ ހެޔޮ އަސަރު ކުރާނެ ކަމެ ކެވެ
    25 އަހަރުދުވަހުގެ ރާސްތާއެއް ލޯތްބާއި އެއްބާރު ލުމާއި
    އެހީތެރި ކަންމަތީގައި ހޭދަ ކުރުމަ ކީ ހިޔޮ ނަސީބެ ކެވެ
    ކުރިއަށް އޮތް ތަނުގައިވެސް ތިޔަ ގޮތުގައި ދެމިތިބުމުގެ
    ހިޔޮ ތައުގު ދެއްވާށި.

    72
    2
  4. ސައްޕެ

    ކަލެއައް ތިހިރީ ވެރިކަން ވެފަ.

    19
    48
  5. Anonymous

    މަރްޙަބާ ދެކަނބަލުންނަށް. ސުވަރުގޭގައި ވެސް ދެކަނބަލުން އެކުގައި ލެއްވުން ދުޢާޔަކީ. އުމަރުދެކެ އެންމެ ލޯބިވާ ކަމަކީ ލާދީނިއްޔަތަށް ނޫނެކޭ ބުނާނެ ގަޓް ހުންނާތީ.ރ. ޔާމީން މީ މީގެ އަނެއް ބޭފުޅާ

    96
    9
    • ލޮލް

      ކަލޭމެން ގަބޫލުކުރާގޮތުންނަމަ ތީ ހަމައެކަނި މުސްލިމުންނަކީ. ދެންތިބި އެންމެންނަކީ މުސްލިމުންނެއް ނޫން. ތީ ހަރުކަށި ފިކިރުމީހުންގެ ހަގީގީ ވައްތަރުހެންހީވަނީ.

      4
      21
      • ލޮލް ލޮލް

        މޑޕ މީހުންނަކީ މަޑުކަށި މީހުންނޭ. ކޮންމެ ކަމެއްވެސް އޯކޭވާނެ. ދީނަށް ފުރައްސާރަ ކުރުން ރަސޫލާއަށް ޖޯކު ޖެހުން ރާބުއިން ޕާޓީ ކުރުން ޖުވާކުޅުން ޒިނޭކުރުން. މޑޕއަކީ މާ 'ކޫލް' ބަޔެކޭ ހިތުން

        15
      • Anonymous

        މި މީހުންނަށް ހީވަނީ ކަންނޭނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޖޯކު ޖަހާނީވެސް ހަމަ މުސްލިމުންނޭ.

        10
  6. އެލެންކި

    މަރުހަބާ އުމަރު. ޒަވާޖީ ހަޔާތް ރަގަޅު މިސްރާބަކަށް 25 އަހަރު މައްސަލަ އެއް ނެތި ދަތުރު ކުރެވުނީމާ އުމަރު2023 އަށް މަ ތާއީދު ރާއްޖޭގެ ހުންގާނު ދޭން އުމަރު ފަދަ މީހެއް ސިޔާސީ ދާއިރާގައި ދެންނެތް

    21
    1
  7. ލޯ ލ

    ވަރަށް ލޯބި ދޯ؟⁶

    14
  8. ހުސޭނުބެ

    ކަލޯ ގޭގަވެސް ކަލޯއަށް ވެ ރިކަމެއް ނުކު ރެވޭނެ. އަންހެނުން އެތާވެސް އަސްލު ވެ ރިއަކީ. ކަލޯތީ އަންހެނުންގެ ސްޕޯކްސްޕާސަން.

    4
    20