ދެކުނު ކޮރެޔާގެ އެކްޓަރުންގެ ތެރެއިން ލީ މިން ހޯއަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ.

ކޭ ޑްރާމާގެ ރަސްގެފާނުގެ ލަގަބު ލިބިފައިވާ ލީ މީން ހޯގެ ފުރަތަމަ މި ދާއިރާއަށް ވަދެފައިވަނީ މޮޑެލް ކުރުމުގެ ތެރެއިން 2003 ވަނަ އަހަރުއެވެ. އަދި މިން ހޯ އެންމެ ފުރަތަމަ ކުޅުނު ޑްރާމާ ބޯއީސް އޮވާރަ ފްލާވަސްއަށް 15 އަހަރު ފުރި އެކްޓިންގެ ދާއިރާގައި އުޅޭތާ 15 އަހަރު ފުރުން ފާހަގަ ކޮށްފައިވަނީ މި އަހަރުއެވެ.

ކާަމިޔާބު އެތައް ޑްރާމާއެއް ކުޅެފައިވާ މިން ހޯއަށް ދުނިޔޭގެ އެކި ހިސާބުތަކުން ސަޕޯޓަރުންގެ ލޯބި ދަނީ ލިބެމުންނެވެ. މިން ހޯއަށް އޮތް ސަޕޯޓާއި ލޯބި އެންގުމުގެ ގޮތުން ދެކުނު އެފްރިކާގެ މުސްކުޅިއަކު ލިޔެފައިވާ ސިޓީއެއްގައި ބުނެފައިވަނީ މިން ހޯއަކީ އޭނާއަށް، އޭނާގެ އަމިއްލަ ދަރިއެއް ފަދަ މީހެއް ކަމަށެވެ.

މި މީހާގެ ސިޓީގައި ދެކުނު އެފްރިކާގައި މިން ހޯއަށް ސަޕޯޓް ކުރާ ވަރަށް ބައިވަރު މީހުން ތިބި ކަމަށާއި މިން ހޯ ކުރާ މަސައްކަތަށް ޝުކުރުވެރިވެފައިވެއެވެ.

މިން ހޯއަކީ އޭނާއަށް ދަރިއެއް ކަމަށާއި އެކަހަލަ މުސްކުޅިއަކު ސަޕޯޓަރެއްގެ ގޮތުގައި ބަލައިގަންނަން އުއްމީދު ނުކުރާނެކަން އެނގޭ ކަމަށް ވެސް ލިޔެފައިވެއެވެ.

ސަޕޯޓަރުންނާއި އެކުގައި މަސައްކަތް ކުރާ އެހެން މީހުންގެ ސަބަބުން މާަޔޫސް ނުވުމަށާއި މިން ހޯގެ އެ ހިނިތުންވުމާއި އެކު މިހާރު ވެސް އޭނާ ކުރަމުންދާ މަސައްކަތް އެގޮތުގައި ކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

ލީ މިން ހޯގެ ފާހަގަ ކޮށްލެވޭ ބައެއް ޑުރާމާތަކަކީ ''ބޯއީސް އޯވަރ ފުލާވާސް''، ''ސިޓީ ހަންޓާ''، ''ލެޖެންޑް އޮފް ބުލޫ ސީ'' ފަދަ ޑުރާމާތައް ހިމެނެއެވެ.