މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އިސްރާއިލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ހައްދުފަހަނަ އަޅައި ގޮސްފައިވާއިރު، ދިވެހިން ވަނީ ފަލަސްތީނާއި އެކުގައި ތިބިކަން ދައްކުވައިދީފައެވެ. އެގޮތުން، އިއްޔެ ހަވީރު މާލޭގައި ވަނީ ހާއްސަ ހަރަކާތެއް ވެސް ބާއްވާފައެވެ. ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާއި ދެކޮޅުކަން މުޅި ދުނިޔެއަށް ދައްކުވައިދިނުމަށެވެ. އެ ހަރަކާތަށް އެތައް ބައެއްގެ ސަމާލުކަން ލިބިގެން ދެއެވެ.

ފަލަސްތީނާއި އެކުގައި ތިބިކަން މުޅި ދުނިޔެއަށް ދައްކާލުމަށް ކުދި ބޮޑު އެންމެން ފޮޓޯ ނެގުމަށް ފަހު މީސް މީޑިއާއަށް ދޫކޮށްލިއެވެ. ފަލަސްތީނާއި އެކުގައި ދިވެހިން ތިބިކަން ކޮންމެ މީހަކު ވެސް ދައްކުވައިދެމުން ދާއިރު، ގދ. ތިނަދޫއަށް އުފަން ނައުޝަމް ވަހީދު މީސް މީޑިއާގައި ހިއްސާ ކޮށްފައިވަނީ ތަފާތު ފޮޓޯއެކެވެ.

މި ފޮޓޯއިން ދައްކުވައިދެނީ މުޅިން ތަފާތު މަންޒަރެކެވެ. ކުޑަ ދެކުދިން ފެންނަ މި ފޮޓޯއން މާނަފުން އެތައް ވާހަކައެއް ބުނެދެއެވެ. ފިރިހެން ކުއްޖަކާ އަންހެން ކުއްޖެއް ފޮޓޯއިން ފެނިގެން ދާއިރު، ފިރިހެން ކުއްޖާގެ އުނގުގައި ބޯ އަޅާލައިގެން އަންހެން ކުއްޖާ އޮވެއެވެ. ލޯ މަރާލައިގެން އަންހެން ކުއްޖާ އޮތްއިރު، ފިރިހެން ކުއްޖާގެ މޫނުމަތިން އެތައް ކުލަތަކެއް ފެނިގެންދެއެވެ. ހިތާމައާއި، ބިރުވެރިކަމެވެ. ގަސްތަކެއް ތެރޭގައި މި ފޮޓޯ ނަގާފައިވާއިރު، ދެކުންދިންގެ ފަހަތުން އަލިފާނުގެ އަސަރު ފެންނަން ހުއްޓެވެ.

ކެމެރާގެ ފުރަގަސް ފޮޓޯ: ނައުޝަމް ފޮޓޯގްރަފީ

ރާއްޖޭގައި މިހާރު ފާހަގަ ކޮށްލެވޭ އެންމެ ޒުވާން ފޮޓޯގްރަފަރު ނައުޝަމްގެ މީސް މީޑިއާގެ ޕޭޖްތަކުގައި ހިއްސާކުރި މި ރީތި ފޮޓޯއާއި އެކު އަސަރުގަދަ ލިޔުންކޮޅެއް ލިޔެފައިވެއެވެ.

"އަހަރެން ރުއި ނަމަވެސް، ކަރުނަ ފުހެދޭކަށް މަންމަ އަދި ބައްޕައެއް ވެސް ނެތް. އެހެންވެ އަހަރެން ނުރޮން. ބިރުގަނޭ، އެކަމަކު އެކަމެއް ނުދައްކަން. އަހަރެން މިގޮތުގައި ކުރިޔަށް ދަނީ. ހިތުގެ އެންމެ ފުންމިނުން ގަބޫލުކުރަން ފަލަސްތީނު މިނިވަންވާނެ ކަމަށް" އެ ފޮޓޯ ހިއްސާކޮށް ނައުޝަމް ބުނެފައި ވެއެވެ.

ނައުޝަމް ބުނީ ބޭނުންވީ ދުނިޔޭގައި މިހާރު ކަންތައްތައް ހިނގަމުން ދާގޮތާއި މެދު ގިނަ ބަޔަކު ހޭލުންތެރި ކުރުވަން ކަމަށެވެ. އެގޮތުން މިކަހަލަ ތަފާތު މެސެޖެއް ދޭ ފޮޓޯއެއް ނެގުމުގެ ހިޔާލު އައިސްފައިވަނީ މީހުން ހޭލުންތެރި ކުރުވުމަށް ބޭނުންވެ ވިސްނި ވިސްނުމެއްގެ ތެރެއިން ކަމަށް ނައުޝަމް ބުންޏެވެ.

"ފުރަތަމަ މި ކަންތައް ތަކަށް އެވެއާނެސް ކުރުމުގެ ގޮތުން ފޮޓޯ މީހުންނަށް ދައްކުވައިދޭން ބޭނުންވީ. ވިސްނީ ވީހާ ވެސް ތަފާތު، ކްރިއޭޓިވް ގޮތަކަށް ފޮޓޯ ދައްކުވައިދޭން" ނައުޝަމް ބުންޏެވެ.

 

View this post on Instagram

 

A post shared by N Δ U S H Δ M™ (@nausham.waheed)

ނައުޝަމް ބުނީ މި ފޮޓޯގެ ބެކްގްރައުންޑް ހެދުމާއި، ފޮޓޯ ނެގުމުގެ މަސައްކަތަށް ހޭދަވީ އެންމެ ދުވަހެއް ކަމަށެވެ. އަދި އެ ފޮޓޯގައި އާންމުންނަށް ދައްކުވައިދޭން ބޭނުންވީ ބޭބެ އާއި ކޮއްކޮގެ ބޮންޑް ކަމަށް ބުންޏެވެ.

ފޮޓޯއިން ނައުޝަމް ހާމަ ކޮށްދޭން ބޭނުންވީ މަންމަ އާއި ބައްޕަ މި ދުނިޔެއިން ވަކިވެގެން ދިއުމުން، ކޮއްކޮ އާއި ބޭބެ އެކަނި އުޅެން ޖެހުމުން އެވާ އިހުސާސެވެ.

"އަސްލު އެއީ ބޭބެ އަކާއި ކޮއްކޮއެއް. ވިސްނާފަ އެ އިނީ ބްރަދާ ސިސްޓާ ބޮންޑް ދައްކުވައިދޭން" މިހެން ބުނެ ނައުޝަމް ވަނީ ފޮޓޯ އާއި އެކު ލިޔެފައިވާ ލިޔުމުން މީހުންނަށް ދޭން ބޭނުންވި މެސެޖު ކޮންމެވެސް ވަރަކަށް ތިލަ ކޮށްދީފައެވެ.

"ފޮޓޯ ކެޕްޝަންގަ ޖަހާލައިފައި އެވަނީ މަންމަ އާއި ބައްޕަ ވެސް ނިޔާވެފައި، އެކަނިމާ އެކަނި އުޅެން ޖެހުނީމަ ވާ ދެރަ، އެ އިމޯޝަންސް އަސްލު ދައްކުވައިދޭން ބޭނުންވީ" ނައުޝަމް ކިޔައިދިނެވެ.

ނައުޝަމްގެ އެ ފޮޓޯއިން އެތައް ވާހަކައެއް ބުނެދޭއިރު، ފަލަސްތީންގެ އެތައް ރައްޔިތުންގެ ހާލަކީ މިއީ އެވެ. އެތައް އާއިލާއެއް ގެއްލި ދަނީ އެވެ. މަންމަ އާއި ބައްޕަ ވަކިވެ ދަރިން ޔަތީމު ވަނީއެވެ.

ނައުޝަމް ވަނީ މީގެ ކުރިންވެސް އެކި އެކި ހާދިސާ ތަކާއި، މުނާސަބަތު ތަކާއި ގުޅިގެން މީސް މީޑިއާގައި ފޮޓޯ ހިއްސާކޮށް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. މީސް މީޑިއާއަށް ނައުޝަމް ދޫކޮށްލާ ކޮންމެ ފޮޓޯ އަކުން ތަފާތު ޖަޒުބާތެއް ދައްކުވައިދެއެވެ. ނައުޝަމްގެ ކެމެރާއިން ތަފާތު ޖަޒުބާތެއް ދައްކުވައިދޭ ފޮޓޯއެއް ހިއްސާ ކުރާއިރު ފޮޓޯ ކެޕްޝަން ވެސް އެހާ އަސަރުގަދައެވެ. މީހުންގެ ހިތްތައް ފަތަހަ ކުރަން ނައުޝަމްގެ ހުނަރު ހަމަ މޮޅީއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަހުރަބު

    ހުޅަނގަކަށް ނުވާނެ މި ހަރުކަށި ފިކުރަކަށް އެމް ޑީ ޕީ އަކަށް ވެސް ނުވާނެ އެމް ޑީ އެން ވެސްމެ

    13
    4
  2. ޑިމޮކްރަޓިސްޓް

    މިކަހަލަ ފޭކު ފޮޓޯތައް މިހެންހަދަިގެން މީގެ އަސްލު މަންޒަރު ގެއްލެމުން މިދަނީ.

    16
    30
  3. ♥️♥️♥️

    ماشاءالله😍😍😍💖💖💖 ވަރަށްރީތި💯❤️💯❤️💯❤️💯❤️ ވަރަށް އަސަރުގަދަ💖💖💖
    އެންމެ ބެސްޓް ފޮޓޯގްރާފަރ💖

    15
    5
    • އ. ޖ. އ

      ހަހަހަހަހަހަހަ
      އަދިވެސް ހޭރެނީތޯ

  4. އެޖެންޑާ2021

    އިޒްރޭލުން ފަލަސްޠީނަށް ރަޙްމެއްނެތް އަނިޔާތތައްދީ މީސްތަކުން ޝަހީދުކުރަމުން
    ގެންދަނީ އެމެރިކާއާއި،ޖަރުމަނާއި،ފްފާންސްއާއި، އިނގިރޭސިވިލާތުން ބާރުލާ ކުރަން ހިއްވަރުދޭތީ.
    ނޫންނަމަﷲ އިޒްރޭލް މިހާރު އޮންނާނީ އިނދަ
    ޖެހިފަ. އެއީ އަހަރެމެންނަށް ރިޒްޤުންލިބޭމިންވަރު
    ގެތެރެއިން ޛައްރެއްގެ މިންވަރުވެސް ދެވޭނެބައެއް
    ނޫން.މާތްﷲސުބްޙާނަހޫޥަތަޢާލާ އެއަނިޔާވެރި ކާފިރުންތަކުގެ މައްޗައް ފަލަސްޠީނުގެ މުޖާހިދުން
    ނަށް ނަޞްރާއި ކާމިޔާބީދެއްވާދޭވެ. ޔާﷲއަޅަމެން
    މުސްލިމުންގެދުޢާ އިބަﷲއިޖާބަކޮށްދެއްވާށިއެވެ. އާމިން.

    26
    1