ކުޑައިރު ޖިންސީ ޝިކާރައަކަށްވެފައިވާ އެތަކެއް މީހުން އެބައުޅެއެވެ. އޭގެ ތެރޭގައި މިއަދު ދުނިޔޭގައި ނަންމަޝްހޫރު އެތަަށް ބައެއްވެސް ހިމެނެއެވެ.

އެގޮތުން އެމެރިކާގެ ނިއުޔޯކް ސިޓީއަށް އުފަން އުމުރުން 35 އަހަރުގެ ކުޅަދާނަ ފިލްމް ޕްރޮޑިޔުސަރު އަދި އެތަށް ބައެއްގެ ސަމާލުކަން ހޯދައިފައިވާ މޮޑެލް ސާރާ ޒިފް އަށް ކުޑައިރު ޖިންސީ ގޯނާ ލިބިފައިވާ ކަމުގައި އޭނާ ވަނީ ދާދި ފަހުން އެއްބަސްވެފައެވެ.

ޔޫއެންގެ ހިއުމަން ޓްރެފިކިންގެ މީޓިންއެއްގައި ވާހަކަ ދައްކަމުން ސަރާ ބުނެފައިވަނީ އޭނާގެ އުމުރުން 14 އަހަރުގައި އޭނާގެ ފޮޓޯގްރާފަރުގެ ފަރާތުން ޖިންސީ އަނިޔާ ލިބިފައިވާ ކަމަށެވެ.

"އޭނާ އަހަންނަށް އެންގީ އަހަރެން ބަރަހަނާ ވުމަށް. އެކަމަށް އިންކާރު ކުރުމުން އަހަރެންނަށް ގަދަ ކަމުން ޖިންސީ ގޯނާ ކުރީ" ސަރާ ބުނެފައިވެއެވެ.

ސަރާއަކީ ކުޑައިރުއްސުރެއް މިއަދާ ޖެހެންދެންވެސް ފަޑުވުމެއް ނެތް މޮޑެލް އެކެވެ. އަދި އޭނާއަކީ ދުނިޔޭގެ މަޝްހޫރު އެތަކެއް ކުންފުންޏެއްގެ އެމްބެސަޑަރުވެސް މެއެވެ. މިހާރު ޔޫއެންގެ ހިއުމަންޓްރެފިކިންގް ކޮމިޓީގެ އިސް މަގާމެއް ފުރަމުން ގެންދާ ސަރާއަކީ އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް ހަރު އަޑުން ވަކާލާތު ކުރާ އެއް ސަހުސިއްޔަތެވެ. އަދި އޭނާ ވަނީ މޮޑެލުންނަށް ކުރިމަތިވެފައިވާ ޖިންސީ އަނިޔާގެ މަށްޗައް ރިއާޔަތްކޮށް ޑޮކިއުމެންޓްރީއެއް ވެސް ނެރިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙުސައިން މ. މުލި

    ތިހެނ ވިޔަހެންވިއްޔާ ފުރަތަމަވެސް ސާރާ އިންދިއާ އަންހެނުން ސަލާމަތް ކޮށްދީ
    ޢެމީހުން ރޭޕްކޮށް މަރާ ހުސްކުރަނީ މޯދީ އަކަށް އެކަމެއް ނުހުއްޓުނު