ބައެއް މައިންބަފައިން އެމީހުންގެ ދަރިން ގޮވައިގެން ގެއަކަށް ނުވަތަ ތަނަކަށް ދިޔަ ނަމަވެސް އެދަރިންނަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ދަރިން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލައެވެ. އެކަމުގެ ސަބަބުން ދެން އެހެން މީހުންނަށް ކުރިމަތިވާނެ އުނދަގުލާއި، ގެއްލުމުގެ މަތިން އެފަދަ މައިންބަފައިން ނުވިސްނައެވެ.

އެމެރިކާގެ ކަންސަސްގެ މިއުޒިއަމަލަށް ދަރިން ގޮވައިގެން ދިޔަ މަންމަ އަކު ވެސް އެމީހުންގެ ދަރިންނަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. ނަތީޖާ އަކަށްވީ އެތަނުގައި ދައްކާލަން ބަހައްޓާފައި ހުރި އެއްޗެއްސާއި އެތަނުން އެއް ކުއްޖަކު ކުޅެމުން ދަނިކޮށް އެ ފުނޑުފުނޑުވުމެވެ.

ފަސް އަހަރުގެ ކުއްޖަކުގެ އަތުން ހަލާކުވެފައި ވަނީ ތާރީޚީ ސްޓެޗޫއެކެވެ.

މިއުޒިއަމް ބަލަހައްޓާ ފަރާތުން މިހާރު ވަނީ ސްޓެޗޫ ހަލާކުވުމުން ބަދަލުގެ ގޮތުގައި 132000 އެމެރިކާ ޑޮލަރު (ދެމިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން އެކުއްޖާގެ އާއިލާ އަށް އަންގާފައެވެ.

ނަމަވެސް ތިމާގެ ދަރިން ތިމާ އަށް ދޮންފުތުވާނެއޭ ބުނާ ބީދައިން މައިންބަފައިން ތިބީ އެމީހުންގެ ދަރިފުޅު ގޯހެއް ހެދި ކަމަށް ގަބޫލު ކުރާ ގޮތަކަށް ނޫނެވެ. އެމީހުން ބުނާ ގޮތުން ފަސޭހައިން ހަލާކުވާ ގޮތައް އަގުބޮޑު އެއްޗެއް ބެހެއްޓުމުގެ ޒިންމާ ނަގަން ޖެހޭނީ މިއުޒިއަމް އިންނެވެ. މިއުޒިއަމް އަށް ދައްކަން އެންގި ފައިސާ ނުދައްކާނެ ކަމަށް ކުއްޖާގެ މައިންބަފައިން ބުނެއެވެ.

https://www.youtube.com/watch?v=u1spM-ZyjNA

މިއުޒިއަމް މިހާރު ވަނީ މިމައްސަލައިގައި ކޯޓަށް ދިއުމަށް ނިންމާފައެވެ. މިއުޒިއަމްގެ އޮފިޝަލަކު ބުނީ ދަރިފުޅު ދިން ގެއްލުމުގެ ބަދަލު މައިންބަފައިން އަތުން ހޯދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު