އިންޑިޔާގައި ކޮވިޑް-19 ހާލަތު ގޯސްވެ ރިކޯޑު އަދަދަށް މީހުން މަރުވެ، ވައިރަހަށް ފައްސިވަމުންދާތީ، އިންޑިޔާގެ ހުރިހާ ސަރަހައްދެއްގައި ވެސް ވަނީ ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ. ފިޔަވަޅުތައް ހަރުކަށި ނަމަވެސް އެކަމަށް އަމަލު ނުކުރާ މީހުން ވެސް ގިނައެވެ.

އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ އަންހެނަކާއި އޭނާގެ ދަރިފުޅު މާސްކު ނާޅާ ތަރުކާރީ ގަތުމަށް ނިކުމެ އުޅެނިކޮށް ފުލުހުން އެމީހުންނަށް އަނިޔާ ކުރާ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ.

މި މަހުގެ 17 ވަނަ ދުވަހު ހިނގި މި ހާދިސާގެ ސަބަބުން ފުލުހުންނަށް އެތައް ފާޑުކިޔުމެއް އަމާޒުވެފައިވެއެވެ. އެހެންކަމުން ފުލުހުންގެ ދިފާޢުގައި އެމީހުން ވެސް ވަނީ ވާހަކަ ދައްކާފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އެ އަންހެން މީހާ މާސްކު ނާޅާ ބޭރަށް ނިކުތުމުން އޭނާއަށް އަދަބެއްގެ ގޮތުން ވަކި ވަގުތެއް ވަންދެން ޖަލަށް ލުމަށް، ގެންދަން ވެގެން އުޅުމުގެ ތެރޭގައި އަންހެން ފުލުހެއްގެ ގައިގައި އެ އަންހެން މީހާ ޖަހާފައިވާ ކަމަށެވެ.

މި ވީޑިއޯއިން ފެންނަނީ ފުލުހުން އަންހެން މީހާގެ ބޮލުގެ އިސްތަށިގަނޑަށް ދަމާ އެމީހާ ވައްޓާލާ އަނިޔާ ކުރާ މަންޒަރެވެ. މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ފުލުހުންގެ ޖިޕަށް އަރުވަން އުޅުމުން އެ އަންހެން މީހާ އެކަމަށް އިންކާރު ކުރުމުން، ގަދަކަމުން ޖިޕަށް އަރުވަން އުޅުމުގެ ތެރޭގައި ހިނގާފައިވާ ކަންތައްތަކެއް ކަމަަށެވެ.

ފުލުސް އޮފިސަރ ކަމާލް ބުނެފައިވަނީ ވީޑިއޯގައި ދައްކުވައިދީފައި އެވަނީ އެއްބައި ކަމަށެވެ. އެ އަންހެން މީހާ އަންހެން އޮފިސަރަށް އަނިޔާކޮށްފައިވާ ބައި ވީޑިއޯގައި ނެތް ކަމަށް ވެސް ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާދަލޭކް

    ޢިންޑިއާ މީހުން މި ބިމަށް ގަދަވަނީ އެމީހުންގެ ނެޓް ވޯކް އެމީހުގެ ރާޑަރު އެމީހުންގެ ފުލެޓް އެމީހުން އަސްކަރީ މަރުކަޒް ކޮޗިން ހިފި ގޮތައް މި ރާއްޖެ ހިފަން ވެގެން އެ އުޅެނީ ދުނިއޭގައި އޮތް އެންމެ ކުޑަ މުސްލިމު ގައުމުގެ ނަން ފޮހެލަން އުޅޭ ބައް للله މިގައުމު ސަލާމަތް ކުރައްވާށި އާމީން.

    7
    1