ޗައިނާގެ ޖަޒީރާ ރަށެއްކަމުގައިވާ ޝެންގޝަން އައިލަން ފަޅުވީ 1990 ވަނަ އަހަރުގެ ތެރޭގައެވެ. މަސްވެރިކަމުގެ ނަފާއަށް ބަރޯސާވެފައި އޮތް މި ރީތި ރަށުގެ އަހުލުވެރިން ވަނީ އެހެން ތަންތަނަށް ހިޖުރަކޮށް ވަޒަންވެރިވެފައެވެ.

އޭރުންސުރެ ފަޅުވެފައި އޮތް މި ރަށުގައި އުޅުމަށް ފަހުން އެއްވެސް ބަޔަކު އައިސްފައިނުވާކަމަށްވެއެވެ. އަދި، މި ރަށް ބަލާލުމަށްވެސް މީހުން އައިސްފައި ވަނީ ވަރަށްވެސް މަދުންކަމަށްވެއެވެ. އެހެންނަމަވެސް، އެ ރަށަށް ޒިޔާރަތްކުރި ފޮޓޯގްރާފަރަކުވަނީ، ޝެންގޝަން ރަށުގެ ތަފާތު މަންޒަރުތަކެއް ހިއްސާކޮށްފައެވެ.

މި ތަން މިހާރު އޮތީ، ގަސްގަހާގެހީގެ ބާރުގެ ދަށަށް ދޫކޮށްލެވިފައެވެ. އެޅި ގަލުން ބިނާކޮށްފައިވާ ގެތަކުގެ މަތީގައި އޮތީ ވިނައާއި ބޮޑެތި ވެޔޮގަނޑުތަކެވެ. ފަރުބަދަމަތީގައިވެސް ހެދި، ފެތުރިފައި އޮތީ ގަސްގަހާގެއްސާއި، ފެހިކަން ގަދަ ވިނައެވެ.

ޝެންގޝަން އައިލެންޑް

ރިޕޯޓުތައް ބުނާގޮތުގައި އެރަށުގައި އެންމެ ގިނަ އަދަދަކަށް ހެދިފައި ހުރި ގަސްގަހާގެހީގެ ބާވަތްތަކަކީ ކީސްފިލައާއި އެކި ޒާތްޒާތުގެ ވެލެވެ.

މި ރީތި ފޮޓޯތަކަށްފަހު މިއީ، ފަތުރުވެރިންގެ މެދުގައިވެސް މަޤުބޫލު ތަނަކަށް ވުން ގާތެވެ. ހަމައެހެންމެ، ވަރުގަދަ ފޮޓޯޝޫޓުތައްވެސް މި ތަނުގައި ކުރިއަށް ގެންދިޔުމަކީ ވަރަށް ގާތްކަމެއްކަމަށްވުން އެކަށީގެންވެއެވެ. އެހެންނަމަވެސް، މި ތަން މިހާރު އޮތް ގޮތަށް، ރީތިކޮށް ބޭއްވުމަށް އެތައް ބަޔަކު ބޭނުންވާނެކަން ޔަޤީނެވެ.

މި ތަނުގެ ފޮޓޯތައް އެންމެ ފަހުން ނަގާފައިވަނީ އޭއެފްޕީގެ ފޮޓޯ ޖާނަލިސްޓް، ޖޮހަނަސް އެއިސޭލް އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނުރަބޯ

    ތިޔަރަށުގެ ވެރިކަން ވެރިމޮޔަ ނަޝީދަށް ދޭންވީނު؟ އޭނާގެ ރީނދޫ ބައިގަނޑުގޮވައިގެންގޮސް އޭނާ އެ ބޭނުންވާ ޑިމޮކްރަސީ ގެނެސް އެއް ޖިންސުން ކައިވެނިކޮށްގެން ބޯނެ ވަރަކަށް ބޮއިގެން އުޅެފާނެތާ. އޭރުން އެރަށަށް ކިޔާނީވެސް ކިންގޑަމް އޮފް ޞަދޫމް.

    • އަމާ

      ތިޔަރަށުގެ ވެރިކަން ނުބައި ނުލަފާ ވެރިޔަކަށް ދޭން ފެންނަނީ. އޭރުން އެއެއްޗަކު ބޭނުން ގޮތަކަށް ތިރަށް ތަޅާ ސުންނާފަތިކޮށް ކޮށާ މަށާނެތާ.އަދި ލާރިތައް ބަނޑު އަޅައިގެން އެއެއްޗަކު މުޅި ރަށުގައި ފިޔާތޮށި ކުލަ ލާފާނެ ތޯއްޗެއް. އޭރުން އަހަރެމެންނަށް ހަމަ ޖެހިގެން އުޅެވިދާނެ.. ކޮން ބަލާއެއްތަ...

    • buro

      ތިހެން ބޭނުން އެއްޗެއް ގޮވާލުމައް ދޫ ހުޅުވާ ދިނީވެސް ތިބުނާ ބޮޑު ކާފަރު. ދެން ހަޖަމް ކޮއްލާ. އެއުޅެނީ ތިބުނާ ކާފަރު ވެރިކަމައް އައްނަން. އެވެސް ރައްޔިތުންގެ މެޖޯރިޓިއެކު.

  2. ކިޔާ

    ﷲގެ ކުޅަދުންވަންތަކަމާއެވެ.ވ.ފުރިހަމަ

  3. މުނާ

    ރާއްޖޭގައި ވެސް ތިކަހަލަ ކިތައްމެ ރަށެއް އެބައޮތް މިސާލަކަށް ރ.ކަނދޮޅުފޫ ށ.މާކަނޑޫދޫ

  4. ތަސައްވަރު

    މި ލިޔުން ކިޔާލީމަ ވ ހީވޭ ދެން ދިވެހިރާއްޖެއަށް އަންނަ ޓޫރިސްޓުންވެސް ޑައިވާރޓް ވާނީ މިތަނަށްކަމަށް. އަދި ވ ހީވެ ޔޫ އެންގެ މައި އޮފީސްވެސް މި ތަނަށް ބަދަލު ކޮއްފާނެހެން. އަދި ވެސް ހީވޭ ދިވެހިން ދޯނި އެހެލަންވެސް ގޮސްފާނެ ހެން. ލިޔުނ ކިޔާލީމަ މަ ގޮލާ ހީ ހީ ހީ ހުވާ މިބުނީ

  5. މީ

    ما شاء الله