ބޮލީވުޑްގެ ބައެއް ތަރިންނަކީ އެ މީހުންގެ ރީތިކަމުގެ ސަބަބުން އެތައް ބައެއްގެ ހިތްތައް ކަތިލަމުން އަންނަ ބައެކެވެ. އެ މީހުންގެ ރީތިކަމާއި އެއްްވަރަށް އެ މީހުންނަށް ލިބޭ މުސާރަވެސް ބޮޑެވެ. ބައެއް ތަރިންނަކީ ކޮސްމެޓިކް ސާރޖަރީ ފަދަ ތަކެތި ހަދައިގެން ރީތިވެގެން އުޅޭ ބައެކެވެ.

ބޮލީވުޑްގައި މިހާރު ތިބި އެންމެ ރީތިކަމަށް ބުނާ ފަސް އެކްޓްރެސުންނަކީ މިިއީއެވެ.

5 އާލިއާ ބަޓް

މިއީ ސްޓޫޑެންޓް އިޔާ ފިލްމުން މަޝްހޫރުވި ތަރިއެކެވެ. އެއީ އޭނާގެ ފުރަތަމަ ފެނިލުންވެސް މެއެވެ. މިހާރު ގިނަ ފިލްމްތަކެއް ވަނީ ކުޅެފައެވެ. އާލިއާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ވަނީ ބަތަލް ރަންބީރު ކަޕޫރުއާއެވެ.

4 ޝްރަދާ ކަޕޫރް

މިއީ އިންޑިއާގެ މަޝްހޫރު ފިލްމް ސްޓާރެކެވެ. އަދި ލަވަކިޔުންތެރިއެއްވެސް މެއެވެ. އޭނާ ވަނީ ފިލްމީ ތަރި ޝަކްތީ ކަޕޫރްގެ ދަރިއެކެބެ. 2010 ވަނަ އަހަރު އޭނާ ފިލްމީ ދާއިރާއަށް ނުކުތްއިރު، އޭނާ 2011 ވަނަ އަހަރު ޑްރާމާއެއްވެސް ކުޅުނެވެ. އަދި އެފަހުން އޭނާއަށް ބޮޑު މަޝްހޫރުކަމެއް ލިބިގެން ދިޔައީ އާޝިގީ 2 އިންނެވެ.

3 ޑިޝާ ޕަޓާނީ

ޓެލެގޫ ފިލްމަކުން ފިލްމީ ދާއިރާގެ ކެރިއާ ފެށުނު ޑިޝާ އަކީ ރީތި ތަރިއެކެވެ. އޭނާގެ ރީތިކަމުގެ ސަބަބުން އެތައް ބައެއްގެ ހިތްތައް ކަތިލަމުން އަންނައިރު، އޭނާ އަދި މިހާތަނަށް މާގިނަ ފިލްމްތަކެއް ކުޅެފައެއް ނުވެއެވެ.

2 ޕްރިޔަންކާ ޗޯޕްރާ

މިހާރު ބޮލީވުޑްގައި އަދި ހޮލީވުޑްގައި މިވަރުގެ ތަރިއެއް ނެތެވެ. އެ ތަރީގެ ވާހަކަ ވަރަށް ދައްކައެވެ. އެ ތަރިއަކީ މިހާރު ދުނިޔޭގެ ތަރިއެކެވެ. ހޮލީވުޑްގައި ފިލްމަކުންނާއި، ލަވަތަކުން އަދި ސީރީސްއަކުން އޭނާ ވަނީ ފެނިފައެވެ. މި ލިސްޓުގައި އޭނާ އޮތީ ތިން ވަނާގައެވެ.

1 ދިޕިކާ ޕަދުކޯން

މި ލިސްޓުގައި އެއްވަނާގައި ވަނީ ދިޕިކާ ޕަދުކޯންއެވެ. ރީތިކަމުގެ ލާމަސީލު ތަރިއެއް ފަދަ މީހެކެވެ. އޭނާއަކީ އެތައް ބައެއްގެ ހިތްތައް ކަތިލަމުން އަންނަ ތަރިއެކެވެ. އޭނާގެ މިފަހަކުން އެންމެ މަޝްހޫރުވި ފިލްމަކީ ޕަދްމަވާތްއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޮހޮދޭ

    މަސައްކަމުދަނީ ޖެކޮލިން

  2. ނާފިޒު

    ޖެކޮލިން ކޮބާ

    • ހަމިއްޓޭ

      ޖެކޮލިން ލަންކާއަށް ނިސްބަތް ވާތީ ޖޭވަނީ

      • އާމިރު

        މައި ފެވަރިޓް އެކްޓްރެސް ޖެކޮލިން

  3. އައިންތު

    މަށައްވެސް ތިތާކު ނެތް ރީތި މީހަކު ޖެކޮލިން ސްޓައިލިސް ވަރަށް ކަމުދޭ