ފިލުމީ ތަރި ކަންގަނާ ރަނައުތުގެ ހަށިފާރަވެރިޔާ ކުމާރު ހެޖަށް ރޭޕްގެ ތުހުމަތަކާއި މަކަރާއި ހީލަތުގެ ތުހުމަތު ތަކެއް ކުރެވި ފުލުހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ޑީއެން ނަގަރު ޕޮލިސް ސްޓޭޝަންގައި ކުމާރާއި ދެކޮޅަށް ކޮށްފައިވާ މައްސަލައިގައި ވަނީ އަންހެނަކާއި ކައިވެނި ކުރާނެ ކަމަށް މިދިޔަ އަހަރުގެ ޖޫން މަހު އެއްބަސްވެފައިވާ ކަމަށެވެ. އަދި ކައިވެނި ކުރާނެ ކަމަށް އެއްބަސްވުމުން އެދެމީހުން އެކުގައި ދިރިއުޅެމުންދާ ކަމަށެވެ. އެކުގައި ދިރިއުޅުނު ނަމަވެސް އެއްވެސް ކަހަލަ ގުޅުމެއް ބާއްވަން ބޭނުން ނުވާ ކަމަށާއި ނަމަވެސް ކުމާރު ގަދަކަމުން އޭނާއާއި އެކު އެފަދަ ގުޅުންތައް ހިންގައި ކަމަށެވެ.

މުމްބާއީ ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެމުން ޑީސީޕީ ޗައިތަންޔާ ބުނެފައިވަނީ ކުމާރު ހެޖުއާއި ދެކޮޅަށް ޑީއެން ނަގަރު ޕޮލިސް ސްޓޭޝަނަށް މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރެވެމުންދާ ކަމަށެވެ.

ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގުމުގެ އިތުރަށް މަކަރާއި ހީލަތުގެ މައްސަލައެއް ވެސް ކުމާރަށް ވަނީ ކުރެވިފައެވެ. ކުމާރުގެ މަންމަ ވަރަށް ބޮޑަށް ބަލިވެ އުޅޭ ކަމަށް ބުނެ އެ އަންހެން ކުއްޖާ އަތުން 50،000 އިންޑިޔާ ފައިސާ ނަގާފައިވާ ކަމަށާއި އަދި އޭގެ ފަހުން އޭނާ ނުފެންނަ ކަމަށް ވެސް ފުލުހަށް ހުށަހަޅައިފައިވާ މައްސަލައިގައި ވެއެވެ.

މީސް މީޑިއާގައި ހުރިހާ ކަމަކާއި މެދު ވާހަކަދައްކަމުން އަންނަ ކަންގަނާ މިކަމާއި މެދު އަދި އެއްވެސް އެއްޗެއް ނުބުނެއެެވެ. ކަންގަނާ މިހާރު ވަނީ ބައެއް މީސް މީޑިއާ އެކައުންޓުތަކުން ބޭން ވެސް ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަދީލް

    މީނާއަކީ މުސްލިމުންދެކެ ރުޅިއަންނަ މީހެ.. މިނާގެ ވާހަކަ ދިވެހީން އަޑުއަހާކައް ބޭނުމެއް ނުވޭ.

    48
    2
  2. ބޯބޮޑު

    މީނާއަކީ މުސްލިމުންދެކެ ރުޅިއަންނަ މީހެ.. މިނާގެ ވާހަކަ ތިނޫހުގަ ނުޖަހަބަލަ

    18
  3. ޑަންޑަނާ

    މުސްލިމުންގެ ހަތުރު