މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ އުމުރުން 19 އަހަރުގައި އޭނާއަށް ކުރިމަތިލާން ޖެހުނު ހިތްދަތި ހާދިސާގެ ވާހަކަ އޭނާ މި ވަނީ ތިލަކޮށްފައެވެ.

އެޕަލް ޓީވީއިން ދައްކަމުންދާ ނަފުސާނީ ގޮތުން ކުރިމަތިވެފައިވާ ކަންތައްތައް ހިއްސާކުރާ ''ޝޯ ދަ މީ ޔޫ ކާންޓު ސީ'' ގެ ޝޯގައި ވާހަކަ ދައްކަމުން އޭނާއަށް ދިމާވި ހިތްދަތި ހާދިސާ ކިޔައިދެމުން ލޭޑީ ގާގާ ބުނެފައިވަނީ އޭނާގެ އުމުރުން 19 އަހަރުގައި ޕްރޮޑިއުސަރަކު އޭނާ ރޭޕް ކޮށްފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އޭނާއަށް ނަފުސާނީ ގޮތުން އެތައް ކަމަކާއި ކުރިމަތިލާން ޖެހުނު ކަމަށް ވެސް ބުނެފައިވެއެވެ.

ލޭޑީ ގާގާ ބުނީ، ސުޓޫޑިއޯއެއްގައި ބަންދު ކުރުމަށްފަހު ލޭޑީ ގާގާ ލައިގެން ހުރި ހެދުން ނުބައިލައިފިނަމަ އޭނާގެ ހުރިހާ މިޔުޒިކެއް އަންދާލާނެ ކަމަށް ޕްރޮޑިއުސަރު ބުނެފައިވާ ކަމަށެވެ. މި ޕްރޮޑިއުސަރަކީ ކާކުކަން ހާމަކުރުމަށް ލޭޑީ ގާގާ ފަސްޖެހުނެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ދެވަނަ ފަހަރަށް އޭނާގެ އެއްވެސް ކަމަކާއި ކުރިމަތިލާން ބޭނުން ނުވާތީއެވެ.

ގްރެމީ އެވާޑާއި އޮސްކާ އެވާޑް ފަދަ އެވޯޑްތައް ހާސިލު ކޮށްފައިވާ ލޭޑީ ގާގާގެ މި ހިތްދަތި ވާހަކަތައް ކިޔައިދިން އިރު އޭނާ އިނީ ރޮވިފައެވެ.

މިކަމާއި ގުޅޭގޮތުން އިތުރަށް ވާހަކަދައްކަމުން ލޭޑީ ގާގާ ބުނެފައިވަނީ އެ ހާދިސާއަށް ފަހު އޭނާ ދުނިޔޭގައި ހުންނަން ވެސް ބޭނުން ނުވި ކަމަށެވެ. ދާ ކޮންމެ ތަނަކުން ނުވަތަ ކުރާ ކޮންމެ ކަމެއްގައި ވެސް ކަޅު ވިލާގަނޑުތަކާއި ކުރިމަތިވާނެ ކަމަށާއި އެފަދަ ހާލަތެއްގައި ތިމާއަކީ ބޭކާރު މީހެއްގެ އިހްސާސް ކުރެވި އަމިއްލައަށް މަރުވަން ވެސް ބޭނުންވި ކަމަށް އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އީސަ

    ސޮރީ

    15
  2. އަމީދު

    އެހެންވެ ދޯ ގާގާ މާ އޮރިޔާންވާހިއްވަނީ..

    7
    4
  3. Anonymous

    ނަމަ ކިޔާކަށް ނުވެސްވާނެ އެކަމަކު ރަނގަޅަށް ނިވާވެގެން އުޅޭނަމަ މަލާމާތާ ފުރައްސާރަޔާ ހައްޤަށް އަރައިގަތުން ވެސް ކުޑަވާނެ ދެއްތޮ؟ތަންކޮޅެއް ތިލަކޮށް މި ބުނީ ހަރުކައްޓޭ މި ރާއްޖޭގެ ބައެއް މީހުން ބުނެފާނެތީ...
    ﷲ ގެ އެއްކައުވަންތަކަން

    8
    2
  4. އުސްތާޒުލް ޖީލް

    ގެއްލުނު ފަހުން އަލިމާތް އެ މާސް
    އެއްވެސް ރުޅީ ގޮތަކުން ތަފާސް
    ހިތުގާ ހިތައިފި އެކަށް އުދާސް
    ކޮށްފިއެ ނުބައި ހުރިހާ ހަވާސް