މަގުމަތީގައި ހިނގާ މީހުންވެސް އަދި ދުއްވާ މީހުންވެސް އުޅެންޖެހޭނީ މަގަށް ބަލައިގެންނެވެ. އެހެންނޫންނަމަ، ނުރައްކާތެރި ޙާދިސާއެއް ހިނގުމަކީ ނާދިރު ކަމެއް ނޫނެވެ.

އެގޮތުން، އެމެރިކާގެ ނިއު ޖާޒީގައި، އަންހެނަކަށް ބަލަމުން ހިނގާފައި ދިޔަ ފިރިހެނަކުވަނީ ކާރެއްގައި ޖެހި އެކްސިޑެންޓުވެފައެވެ. ކޮރޭ ރައިސް ނަމަކަށް ކިޔާ 24 އަހަރުގެ މި ޒުވާނާއަށް، އެކްސިޑެންޓުގެ ސަބަބުން ސީރިޔަސް އަނިޔާތަކެއް ލިބިފައިވެއެވެ.

މީޑިޔާ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި އިއްޔެގެ ވަގުތެއްގައި ރައިސް، މަގުމަތިން ހިނގާފައި ދިޔައީ، އޭނާގެ ކުރިމަތިން ދިޔަ އަންހެނަކަށް ބަލަމުންނެވެ. އޭނާގެ ހުރިހާވެސް އަމާޒެއް އަންހެނާއަށް ހުއްޓިފައިވާއިރު މަގުގެ އެއްވެސް އެހެންކަމަކަށް އޭނާ ސަމާލުކަން ދީފައިނުވެއެވެ. އެގޮތަށް ހިނގާފައި ދަނިކޮށް، ރައިސްވަނީ މަގުމަތިން އައި އެސްޔޫވީ ކާރެއްގައި ޖެހިފައެވެ.

ރައިސްގެ އާއިލާ މެންބަރަކު ބުނެފައިވާ ގޮތުގައި، އޭނާ އެކްސިޑެންޓްވީ އަންހެނަކަށް ބަލަމުން ދަނިކޮށްކަމަށް ބުނުމުން ހައިރާންވާކަމަށެވެ. އެއީ، އޭނާއަކީ އަންހެނުންގެ ގާތުގައި ހުރުމަށް ބައެއް ފަހަރު ލަދުގަންނަ މީހަކަށްވާތީއެވެ.

މިކަމުގެ ސަބަބުން ކާރު ދުއްވަން އިން މީހާގެ ލައިސަންސްވަނީ ވަގުތީ ގޮތުން އަތުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިޔާ

    ހިތާމަވެރި އެހެނަސް ހިނިއަންނަޒާތުގެ ކަމެއް ތިވީ.މިރާއްޖޭގަވެސް ވ.ގިނައިން ތިގޮތައް ދިމާވޭ ދުވާރުމަތިން ހިނގާފަދާ މީހުންނާހެދި.ފޯނަށް ގެއްލި ހުސްވެގެންހުރެ ހިނގަނީ.