މުޙައްމަދު ޔޫސުފު ޚާން ނުވަތަ ބޮލީވުޑު ފިލުމު އިންޑަސްޓަރީގެ ނަމުން ނަމަ ދިލިޕް ކުމާރު 2013 ވަނަ އަހަރު ކޮށްފައިވާ އުމުރާގެ ހަނދާންތައް ޓުވިޓާގައި ހިއްސާ ކޮށްފިއެވެ.

އިންޑިއާގެ ފިލުމު އިންޑަސްޓްރީގައި އެންމެ ފާހަގަ ކޮށްލެވޭ މި އެކްޓަރާއި އޭނާގެ އަންހެނުން ބަތަލާ ސާއިރާ ބާނޫ 2013 ވަނަ އަހަރު ކޮށްފައިވާ އުމުރާގެ ދަތުރުގެ ތެރެއިން އިހުރާމުގައި ނަގާފައިވާ ފޮޓޯއެއް މިދިޔަ ބުރާސްފަތި ދުވަހު ޓުވިޓާގައި ހިއްސާކޮށް ދިލިޕް ބުނެފައިވަނީ މިއީ މަދީނާއިން މައްކާއަށްދާ 2013 ވަނަ އަހަރުގެ އުމުރާ ދަތުރު ކަމަށެވެ. އަދި މިއީ އޭނާގެ އަރުޝީފުގެ ތެރޭގައިވާ ފޮޓޯއެއް ކަމަށް ބުންޏެވެ.

މި ޢުމުރާ ދަތުރު ނިންމާލުމަށް ފަހު ޝާއިރާ ބާނޫ ވަނީ މި ދަތުރުގަައި ކުރެވުނު ތަޖުރިބާތައް ނޫސްވެރިންނާއި ހިއްސާ ކޮށްފައެެވެ.

ދިލިޕް ކުމާރަކީ ދުނިޔޭގެ ރިކޯޑު ފޮތުން ވެސް ޖާގަ ހޯދާފައިވާ އެކްޓަރެކެވެ. ދިލިޕްއަށް ލިބިފައިވަނީ އިންޑިއާގެ އެކްޓަރަކަށް އެންމެ ގިނަ އެވޯޑު ލިބުމުގެ ރެކޯޑެވެ.

ދިލިޕް ކުމާރު ކުޅެފައިވާ ފިލުމުތަކުގެ ތެރޭގައި ''މުގްލޭ އާޒަމް''، ''ގަންގާ ޖަމްނާ'' ފަދަ އެތައް ގިނަ ފިލުމުތަކެއް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔޫސުފް

    މުހަންމަދު ޔޫސުފް ޚާންއައް މާތްﷲހެޔޮ ރަހުމަތް ލައްވާށި...
    އާމީން