އީދު ދުވަހު ހަދިޔާ ބޭނުންވެގެން ފުލުހަށް ގުޅި ކުއްޖަކަށް އޭނާ ބޭނުންވި ހުރިހާ އެއްޗެއް ލިބިއްޖެއެވެ.

ސުމައްޔާ އަހުމަދު އަލް ނަގްބީ ނަމަކަށް ކިޔާ މި ކުއްޖާ އީދު ހަދިޔާ ބޭނުންވާތީ ވީޑިޔޯއެއްވެސް ހެދިއެވެ. އަދި ޔޫއޭއީ ފުލުހުންގެ އޮޕަރޭޝަންސް އަށް ގުޅާ އޭނާ އީދު ހަދިޔާ ބޭނުންވާކަމަށް ބުންޏެވެ.

ސުމައްޔާގެ އެ ވީޑިޔޯގައި އޭނާ ބޭނުންވަނީ ކޮން ކަހަލަ ހަދިޔާއެއްކަންވެސް ބުންޏެވެ.

ސުމައްޔާ ބޭނުންވި ކަންތައް ފުލުހުން ކުރިއެވެ. އެއްވެސް ވަރަކަށް ބޭނުންވި ހަދިޔާ ލިބިދާނެކަމަށް ސުމައްޔާ ހީނުކުރި ނަމަވެސް އޭނާ ގުޅި ފުލުސް އޮފިސަރު ވަނީ އެކަންކޮށްދޭނެކަމަށް ވަނީ ވައުދުވެފައެވެ.

އެ ޑިޕާޓްމެންޓްގެ ފުލުހުން ސުމައްޔާގެ ގެއަށް ގޮސްފައި ވަނީ ހަދިޔާތަކާއިއެކުއެވެ. ފުލުހުން ސުމައްޔާއަށް ދިނީ ސަޕްރައިޒެކެވެ.

އީދުގެ ފުރަތަމަ ދުވަހު ސުމައްޔާއަށް ހަދިޔާ ލިބުނެވެ.

ސުމައްޔާއަށް އެ ހަދިޔާތައް ދިން ފުލުހުންގެ އެ ޑިޕާޓްމެންޓް އިސްވެރިއަކު ބުނީ, އެ ކުއްޖާއަށް ހަދިޔާ ދީފައި ވަނީ އަހަރުގެ ހާއްސަ އިނީޝިއޭޓިވްއެއްގެ ދަށުން ކަމަށެވެ.

ކުޑަކުދިންނަށް އުފާކޮށްދިނުމަކީ އެ ޑިޕާޓްމެންޓްގެ ހާއްސަ ކަމެއްކަމަށްވެސް އޭނާ ބުންޏެވެ.

ސުމައްޔާ އެ ހަދިޔާތައް ލިބުމުން އޭނާ ހުރީ ވަރަށް އުފާވެފައެވެ. އަދި ސުމައްޔާގެ އާއިލާގެ ފަރާތުން ހާއްސް ޝުކުރެއް ފުލުހުންނަށް އަދާ ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަމަން

    ހުރިހާކުދިންވެސް ސުމައްޔާއުޅޭހެން އުޅެބަލަ.

    • ފުލުސް

      އެހެންޏާ ފަހެ. ލަދަކާ ހުރެ ތަދެއް ނުފިލާނެ.

    • މަ

      އަތުގަ ތަނޑި އެއް ތޯޢްޗެ އަޅުވާލާނީ!!؟؟

  2. ޤައުމު

    ރާއްޖޭގަ ނަމަ ކިހިނެއްބާ ވާނީ ؟
    ކުއްޖާގެ މައިންބަފައިންނަށް ޖަލު ހުކުމެއް ކަންނޭގެ ކުރާނީ .. ހިހިހި

  3. އަލީ އަންނި

    ހާދަ މުއްސަދި ގެއެއްގެ ކުއްޖެއްހެން ހީވޭ.ކީއްތަ ވާނީ ތި ގައުމުގެ ކުޑަކުދިންގެ ހިޔާގެ ކުއްޖަކަށް ދިނިއްޔާ