މިއަދަކީ ދުނިޔޭގައި ފާހަގަކުރާ ބައްޕައިންގެ ދުވަހެވެ. މި ދުވަހަކީ ބައްޕައިންގެ އަގު ވަޒަންކޮށް އެމީހުންނަށް ހިތްވަރު ދިނުމަށް 1910 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މި ދުވަހުގެ ހެޔޮއެދުންތަށް އެކި ފަންތީގެ ބައްޕައިންނަށް އެމީހުންގެ ގާތްތިމާގެ މީހުންނާއި ދަރިންގެ އިތުރުން ރަށްޓެހިން ފޮނުވަމުން ދާއިރު ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ހާން އަށް ބައްޕައިންގެ ދުވަހުގައި ލިބުނީ ވަރަށް ބޮޑު ސަޕްރައިޒް އެކެވެ.

އެގޮތުން ބައްޕައިންގެ ދުވަހުގައި ޝާހްރުކް ހާންއަށް އޭނާގެ ދަރިފުޅު އަބްރަމްގެ ފަރާތުން ލިބުނީ އަތުން ލިޔެފައިވާ ކުޑަ ކުޑަ ލިޔުން ކޮޅެކެވެ.

"ޔޫ އާދަ ބެސްޓް ޕާޕާ އިންދަ ވޯލްޑް" ( ދުނިޔޭގައި ހުރި އެންމެ ރަނގަޅު ބައްޕަ) މިހެން ލިޔެފައިވާ އެ ލިޔުން ކޮޅުގެ ފޮޓޯއެއް މީސް މީޑިއާގެ ވައިގައި ހިފައިފައިވާއިރު ޝާހްރުކް ހާން ބުނީ އެއީ މިހާތަނަށް އޭނާއަށް ލިބުނު އެންމެ ރަނގަޅު ހަދިޔާ ކަމުގައެވެ.

ދަރިފުޅުގެ މެސެޖާއި އެކު ޝާހްރުކް ހާން އޭނާގެ ޓްވިޓަރ އެކައުންޓްގައި ހިއްސާ ކުރި ފޯޓޯގައި ބުނެފައިވަނީ ދަރިންނަކީ ނިއުމަތެއް ކަމަށާއި ދަރިފުޅުގެ އެ ލިޔުންކޮޅުން އޭނާގެ ދިރިއުޅުން ފުރިހަމަ ވެއްޖެ ކަމަށެވެ.