އަނބިމީހާ ފިރިމީހާއަށް ނޭނގި އޭނާގެ ވޮލެޓުން ގެޔަށް ބޭނުންވާ ސާމާނު ގަތުމަށް ރުފިޔާ ނެގުމުން އަނބިމީހާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފިއެވެ. މިކަން ހިނގާފައިވަނީ އިންޑިޔާގެ އެހެންދަބާދްގައެވެ.

ފިރިމީހާ އާ ދެކޮޅަށް ފުލުހުންނަށް މިއަންހެން މީހާ މިހާރު މައްސަލަ ހުށަހަޅާފައިވާއިރު، މިމީހާގެ އަނބިމީހާ ބުނެފައިވަނީ އޭނާގެ ފިރިމީހާއަކީ ވަރަށް އަވަހަށް ރުޅިގަދަވާ މީހެއް ކަމަށާއި ނަމަވެސް ފިރިމީހާއެކު މިހާތަނަށް ދިރިއުޅުން މިމައީ ދަރިންގެ ޙައްޤުގައި ކަމަށެވެ.

" އަބަދުވެސް ވަރަށް އަވަހަށް ރުޅި އަންނާނެ، ކަމެއް ގޯސް ނުވިޔަސް ހުންނާނީ އަބަދު ރުޅި އައިސްފަ. ކުދި އަނިޔާވެސް ކުރާނެ އަބަދު. މިހާރު އިނދެގެން އުޅޭތާ 14 އަހަރު، މިކަމަށް ބަލަދެއް ނާދޭ. ފިރިމީހާއާއި އެކު މިއުޅެނީ އަހަރެންގެ ދެ ކުދިންގެ ޙައްޤުގައި " އިންޑިޔާގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައި މި އަންހެން މީހާ ކިޔާދީފައިވެއެވެ.

މިދެމީހުންގެ ކައިވެންޏަށް ދެދަރިން ލިބިފައިވާއިރު، މިމީހާ ބުނެފައިވަނީ ދަރިންގެ ކުރިމަތީގައިވެސް ވަރަށް ބޮޑަށް އޭނާއަށް އަނިޔާ ކުރާ ކަމަށާއި އަދި ޖޫން 12 ވަނަ ދުވަހު އަނިޔާތައް ހައްދު ފަހަނަ އަޅާ ދިޔަ ކަމަށެވެ.

" އެދުވަހު ވަރަށް މުހިންމު ގެޔަށް ބޭނުންވާ އެއްޗެއް ގަންގަން ފިރިމީހާ ވޮލެޓްއިން ލާރި ނެގީ. ގެޔަށް އައީމަ ލާރި ނެގި ވާހަކަ ބުނީމަ އަނިޔާ ކުރަންފެށީ. " މި އަންހެން މީޙާ ކިޔާދިނެއެވެ.

މީނާގެ ފިރިމީހާގެ މައްޗަށް ގެވެށި އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާއިރު، މި އަންހެން މީހާއަށް ހަސްފަތާލުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު